Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސައްކަތްތެރިންގެ ހައްގުތައް

ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލްގެ ޑްރާފްޓް ވަނީ އޭޖީގެ ލަފަޔަކަށް ފޮނުވާފައި، އަންނަ އަހަރު ފާސްވާނެކަމަށް ބެލެވޭ: ފައްޔާޒު

ފައިނަލް ޑްރާފްޓް އޭޖީ އޮފީހަށް ފޮނުވާފައިވާއިރު އޭޖީގެ ލަފާ ލިބުމުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ނޮވެމްބަރު 2021 | ބުދަ 02:17
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ

މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ

ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ބިލްކަމުގައިވާ އޮކިޔުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެކްޓް އެކުލަވާލައި، މިހާރު އެޓާރނީ ޖެނެރަލްގެ ލަފަޔަކަށް އެދި ފޮނުވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މަސައްކަތްތެރިކަމުގެ ދާއިރާއާ ގުޅުންހުރި ބިލްތައް ހުރި ހިސާބުގެ ތަފްސީލު ދެއްވާފައެވެ. މިއަހަރުގެ މޭޑޭއާ ދިމާކޮށް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ބިލެއް މި އަހަރުތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރ. އަލިފުށީގައި ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެސް މިނިސްޓަރ ވަނީ މިބިލް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިކަން މިހާރު އޮތް ހިސާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފައިނަލް ޑްރާފްޓް އޭޖީ އޮފީހަށް ފޮނުވާފައިވާއިރު އޭޖީގެ ލަފާ ލިބުމުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެކަމަށެވެ. އަދި އެއަށްފަހު ރައްޔިތުންގެ މަޖިލީހަށް ބިލް ފޮނުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން އިންޑަސްޓްރިއަލް ރިލޭޝަން އެކްޓް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެބިލްގެ ޑްރާފްޓް ވެސް އޭޖީ އޮފީހުގެ ލަފަޔަކަށް ފޮނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު މިއަހަރު ތެރޭގައި މިބިލް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސައްކަތުގެ މާހައުލުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ މަންޒަރު ރާއްޖޭގައި އަންނަނީ ފެންނަމުންނެވެ. އެކަންކަން ހައްލުކުރުމަށް އަމަލުކުރާނެ ގާނޫނެއް ނެތްނަމަވެސް ކޮންމެވެސް ވަރެއްގެ ޕްރޮސީޖަރތަކެއް އެކުލަވާލާފައި އެބަހުއްޓެވެ. ނަމަވެސް އެންމެ އެކަށޭނެ ގޮތްތަކެއް އަދި މިހާތަނަށް ކަނޑައެޅިފައެއް ނުވެއެވެ. މިފަދަ ގާނޫނެއް ވުޖޫދުވުމުން މަސައްކަތްކުރާ ތަންތަނުގެ ރައްކާތެރިކަމުގެ މިންގަނޑުތަކެއް އެކުލަވާލެވި ނުރައްކާތެރި ހާދިސާތަކުން މުވައްޒަފުން ސަލާމަތްކޮށްދެވޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
18 ފެބުރުއަރީ 2025

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ
18 ނޮވެމްބަރު 2024

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024
"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު