Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ފަތުރުވެރިކަން

ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގާމެދު ސުވާލު އުފައްދަން ފަށައިފި

މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2021 | އަންގާރަ 11:11
ފަތުރުވެރިން

ފަތުރުވެރިން

ދިވެހިރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އިގްތިސާދުގެ 45 އިންސައްތަ މި ސިނާއަތުން ހިއްސާކުރާއިރު، މި ސިނާއަތަކީ ރާއްޖޭގޭ އިގްތިސާދަށް ނުހަނު މުހިންމު ސިނާއަތެކެވެ. މި ސިނާއަތުގެ މުހިންމުކަން މި ފަހުންވެސް ވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ. އެއީ ކޮވިޑް-19 ގެ ހާލަތާއެކު މުޅި ގައުމު ލޮކްޑައުންކުރަން ޖެހުނު ހިސާބުންނެވެ.

ކޮންމެ ސިނާއަތަކަށްވެސް އެކި އެކި ގޮންޖެހުން ދިމާވާހެން މި ސިނާއަތަށްވެސް އެކި ގޮންޖެހުންތައް ދިމާވެއެވެ. އެގޮތުން ކޮވިޑް-19 އަކީ މިފަދަ ގޮންޖެހުމެކެވެ. އަދި މިހާރު އެންމެ ދެކެވެމުންދާ އެއް ވާހަކަ ކަމަށްވާ މޫސުމީ ބަދަލުތަކަކީވެސް ގޮންޖެހުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާ ދުވަސްވަންދެންވެސް ދެމި މިއޮތީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ސަބަބުންނެވެ. މޫސުމީ ބަދަލުތަކަކީ ރާއްޖޭގެ ގުދުރަތީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.

ރާއްޖެއަކީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ތިރިކޮށް އުފެދިފައި އޮތް ގައުމަކަށްވެފައި، ނާޒުކު ތިމާވެއްޓެއް ލިބިގެންވާ ގައުމަކަށް ވުމާއެކު، މިފަދަ ގައުމަކުން މޫސުމީ ބަދަލުތަކުގެ އަސަރު މާ ބޮޑަށް ފެނިގެންދާނެއެވެ. މިކަމަށް ހައްލު ހޯދުމަށް ރާއްޖެއިން މި ވާހަކަތައް ދުނިޔޭގެ ފެންވަރުގެ އެކި ފޯރަމްތަކުގައި ދައްކަމުންދާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އެޅިދާނެ ހިޔަންޏަކަށް ވެދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދެއެވެ. މި ދުވަސްވަރަކީ ބޭރު ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅަކަށް ވުމާއެކު މިކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ ދާދި ފަހުން ލަންޑަންގައި ކުރިއަށްދިޔަ ޑަބްލިއުޓީއެމް ސަމިޓުގައިވެސް އެ ވާހަކަތައް އައި ކަމަށެވެ. އެމްއެމްޕީއާރުސީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް އެ ސުވާލު އައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޒަމާނަކީ އީޖާދީ އެކި ކަންކަން ތައާރަފުވަމުން އަންނަ އިރެއް ކަމަށެވެ. އެހެންކަމުން މި ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވާނެ ގޮތްތަކެއްވެސް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔެ ހޫނުވުމުގެ މައްސަލައިގައި ރާއްޖެއިން ހިއްސާކުރަނީ ވަރަށް ކުޑަ މިންވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މި ކަމުގެ ނޭދެވޭ އަސަރުތައް އެންމެ ފުރަތަމަ ކުރަމުންދަނީ ރާއްޖެއަށް ކަމަށާއި، އެހެންކަމުން ދުނިޔެ ހޫނުވުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމުތަކުން ރާއްޖެއިން މިކަމުން ސަލާމަތްވުމަށް އެހީވެދިނުމަށް މިނިސްޓަރ އެދިލެއްވިއެވެ. އެހެން ބައެއްގެ ނޭއްގާނީ އަމަލުތަކެއްގެ ސަބަބުން އޭގެ އަސަރު ރާއްޖެއަށް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރެވެން ހުރި ކަންކަން މިހާރުވެސް ގެންދަނީ ކުރަމުންނެވެ. އެގޮތުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއިި، 2030 ވަނަ އަހަރުގެ ކުރިން ނެޓް ޒީރޯއަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ. މިކަމުގެ ހެޔޮ އަސަރު ސީދާ ރާއްޖޭގެ އިގްތިސާދަށްވެސް ކުރާނެއެވެ. ފަތުރުވެރިކަން ރަނގަޅުވެގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާލާއިރު، ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިން އެއްކޮށް ހުއްޓުމަކަށް އައުމަށްފަހު މިހާރު ވަނީ ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހިސާބަށް އަނބުރާ ވާސިލްވުމަށް މިސްރާބު ޖަހާފައެވެ. މިކަން ޓުއަރިޒަމް މިނިސްޓަރވެސް ފާހަގަކުރެއްވިއެވެ. ރާއްޖެއިން މިހާރު ވަނީ މިއަހަރަށް ކަނޑައެޅި އެއް މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒުވެސް ހާސިލްކޮށްފައެވެ. އަދި މިހާރު ވަނީ އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް އައު އަމާޒެއް ކަނޑައަޅާފައެވެ. ކޮވިޑް-19ގެ އިތުރު ރާޅަކާ ކުރިމަތިލާން ނުޖެހޭނަމަ މި އަމާޒަށް ވާސިލްވެވޭނެ ކަން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ފާހަގަކުރައްވައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްކްލައިމެޓް ޗޭންޖް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު