Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިމަމްވޭޖް ކަނޑައެޅުމުން މަރުހަބާ ވިދާޅުވުން

މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒެއް: ރައީސް ނަޝީދު

8 ނޮވެމްބަރު 2021 | ހޯމަ 14:03

އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމެނިފައިވާ އަދި އެޖެންޑާ 19ގައިވެސް ބުނެފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ނޮވެމްބަރު 2021 | ހޯމަ 14:03
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރުކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒެއްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކަމަށްޓަކައި ސަރުކާރާއި މަޖިލީހަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމެނިފައިވާ އަދި އެޖެންޑާ 19ގައި ވެސް ބުނެފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެކަމަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް މުސާރަ ކަނޑައަޅައި, ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓަރ ވަނީ އެކަން އިއުލާންކުރައްވާފައެވެ. މިނިމަމް ވޭޖް ކަނޑައެޅުމަކީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވެފައިވާ ވައުދެކެވެ.

Advertisement - newsAdvertisement

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅިގެން އެމްޑީޕީން ވެސް ވަނީ ސަރުކާރަށް މަރުހަބާ ކިޔާފައެވެ. އެކަމާގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ, މިނިމަމް ވޭޖް ކަނޑައެޅުމަކީ އެމްޑީޕީގެ އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއްކަމުގައިވާ، ވަޒީފާއަދާކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ސަރުކާރުން ކަނޑައަޅުއްވައި އިޢުލާނުކުރައްވާފައިވާތީ، މި ތާރީޚީ ދުވަސް ފާހަގަކޮށް މި ޕާރޓީން ވަރަށް ހޫނު މަރުހަބާއެއް ކިޔާކަމުގައެވެ.

އެމް.ޑީ.ޕީން ރާއްޖޭގެ ރައްޔިތުންނަށާއި އަދި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޮޑެތި ހެޔޮ ބަދަލު ގެނައުމަށް ގެންގުޅޭ ތަސައްވުރާއި ސިޔާސަތުގެ ދަށުން، ވަޒީފާއަދާކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރައްވައި، އެގޮތުން ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅުއްވައި ވަނީ އިއުލާނުކުރައްވާފައެވެ. އެ ވައުދު ފުރިހަމަ ކުރުމުގެ ގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލު އެޖެންޑާ-19ގެ މަސައްކަތްތަކުގެ ދަށުން މީގެކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާއެކު، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މަސައްކަތްކުރައްވައި އެރުވި ލަފާއާއެކު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ވަނީ އެންމެ ކުޑަ އުޖޫރަ އިއުލާނުކުރައްވާފައެވެ.

ވަޒީފާއަދާކުރާ ފަރާތްތަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަންފެށުމުގެ ސަބަބުން, އަޚުލާގީ، އިޖްތިމާއީ އަދި އިގުތިސާދީ ގޮތުން ވަށާޖެހޭ އުސޫލަކުން ހެޔޮ ބަދަލުތަކެއް، ވަޒީފާއަދާކުރާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށާއި އިގުތިސާދަށާއި އަދި ރާއްޖެއަށް އަންނާނޭކަމަށް އެ ޕާރޓީން ދެކޭކަމަށެވެ. އަދި އެންމެހައި ފަރާތްތަކުން އިޚްލާސްތެރިކަމާއެކު މި ސިޔާސަތު ތަންފީޒުކުރައްވަމުން ގެންދަވާނޭކަމަށް އުންމީދުކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިމަމް ވޭޖްރައީސް ނަޝީދުއެމްޑީޕީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް