Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ

ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި މުޖުތަމައުގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވޭ: ނާއިބު ރައީސް

ރަނގަޅު ޖީލެއް ބިނާކުރުމަކީ ހަމައެކަނި މުދައްރިސުންނާއި ބެލެނިވެރިންގެ އެކަނި ޒިންމާއެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ނޮވެމްބަރު 2021 | އާދީއްތަ 14:14
ނާއިބު ރައީސް ފައިޞަލް ނަސީމް

ނާއިބު ރައީސް ފައިޞަލް ނަސީމް

ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި މުޖުތަމައުގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ, ރަނގަޅު ޖީލެއް ބިނާކުރުމަކީ ހަމައެކަނި މުދައްރިސުންނާއި ބެލެނިވެރިންގެ އެކަނި ޒިންމާއެއް ނޫން ކަމަށެވެ. އެކަމުގައި މުޖުތަމައުގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު ވިސްނާލަންޖެހޭ ގިނަކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި ނާއިބު ރައީސް ވިދާޅުވީ, ކަންތައްތައް ހޯދާ, ބަލާ މީހުންނަށް ވާންޖެހޭ ކަމަށެވެ. އަދި އަޚުންތަކެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކު ދިރިއުޅެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ބޭރު ގައުމުތަކުގައި ހިނގާ ކަންތައްތައް މިނިޓެއްގެ ތެރޭގައި ރާއްޖެއާ ހަމައަށް ވެސް ފޯރާ ޒަމާނެއްގައި އެ ގައުމުތަކުން ރަނގަޅު ކަންތައްތަކެއް ފެނިގެންދާއިރު, ދޫކޮށްލަން ޖެހޭ ގޯސް ކަންތައްތައް ވެސް އެބަހުރި ކަމަށް ފައިޞަލް ވިދާޅުވިއެވެ.

ދަރިންގެ ކިބައިގެ އިސްލާމްދީނުގެ ހަރުދަނާ އުސޫލުތައް އަށަގެންނެވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި, އިސްލާމްދީން ދައްކުވައިދޭ އެންމެ މުހިންމު ކަމަކީ ރިވެތި އަޚުލާގާއި އަޅާލުމާއި ހިތްހެޔޮކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީހަކަށްކޮށްދޭ ހެޔޮކަމަކުން ނުވަތަ ބުނާ ބަހަކުން ނުވަތަ ދެވޭ ހިނިތުންވުމަކުން އަތުންދާ އެއްވެސް އެއްޗެއް ނެތްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ދަތި ހާލަތުގައި އުޅޭ މީހަކަށް އެހީތެރިވެދިނުމުން އެއީ އަމިއްލަ ނަފްސަށް ލިބޭ ވަރަށް ބޮޑަށް އުފަލަކަށް ވެގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދާން ބޭނުންވާ މަގުން ކާމިޔާބު ކަމާއެކު ދެވޭނީ އެގޮތަށް އަމަލުތައް ބަހައްޓައިގެން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުޖުތަމައުގައި އުޅޭއިރު ދަރިންގެ ކަންތައްތައް ގާތުން ބަލައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށާއި, ރަނގަޅު ދަރިންތައް ގައުމެއްގައި އުފެދެނީ ނުހަނު ގިނަ މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ.

މިހާރު ކަންތައްތައް އޮތީ ކުރީގައި އޮތް ގޮތަށް ނޫން ކަމަށާއި, ދަރިންގެ ކަންތައްތައް ކައިރިއިން ބަލައި އެކުދިން ހިނގާ މަގު ރަނގަޅަށް ބަލަން ޖެހޭ ކަމަށް ފައިޞަލް ވިދާޅުވިއެވެ.

ކޮވިޑަކީ ހަޔާތުގައި ނުފެންނަ ވަރުގެ ބޮޑު އިމްތިހާނެއް ކަމަށާއި, މިކަހަލަ ކަންތައްތަކުން ފިލާވަޅު ލިބިގަންނަން އެބަޖެހޭ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
30 އޮކްޓޯބަރު 2023

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް
27 އޮކްޓޯބަރު 2023

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް
24 އޮކްޓޯބަރު 2023

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް
23 އޮކްޓޯބަރު 2023

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު