Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގަށް ދިން ޑްރޯންގެ ހަމަލާތަށް

ޑްރޯން ހަމަލާތަކަށްފަހު އިރާގުގެ ބޮޑުވަޒީރުގެ ހާލުކޮޅު ރަނގަޅު ކަމަށް އަސްކަރިއްޔާއިން ހާމަކޮށްފި

7 ނޮވެމްބަރު 2021 | އާދީއްތަ 10:19

މި ހަމަލާ ދީފައިވަނީ މިދިޔަ މަހު އިރާގުގެ ވެރިރަށް ތެހެރާނުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 7 ނޮވެމްބަރު 2021 | އާދީއްތަ 10:19
އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދިމީ

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދިމީ

އިރާގުގެ ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ޑްރޯން ހަމަލާތަކަށްފަހު ބޮޑުވަޒީރުގެ ހާލުކޮޅު ރަނގަޅު ކަމަށް އިރާގުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ބޮޑުވަޒީރު މަރާލަން އުޅުނު ކަމަށް އިރާގުގެ އަސްކަރިއްޔާއިން ބުނާ ޑްރޯން ހަމަލާތައް ދީފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އަދި ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅަށް އަމާޒުކޮށް ބޮން ތަކެއް ގޮއްވާލި ނަމަވެސް، ބޮޑުވަޒީރު ވިދާޅުވީ އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެފައިވާ ކަމަށެވެ.

ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި މި ހަމަލާގައި ބޮޑުވަޒީރުގެ ޕާސަނަލް ޕްރޮޓެކްޝަން ޑީޓެއިލްގެ ގިނަ ބަޔަކަށް އަނިޔާވި އިރު، މި ހަމަލާ ދީފައިވަނީ މިދިޔަ މަހު އިރާގުގެ ވެރިރަށް ތެހެރާނުގައި ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ކުރި މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އަދި ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހުށަހަޅާފައިވެއެވެ.

"އިރާގުގެ ދައުލަތުގެ މައި ތަނބަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ މި ފާޅުކަން ބޮޑު އަމަލު އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން" ތަރުޖަމާނު ނެޑް ޕްރައިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. "އިރާގުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމުގެ ދައުވާ އުފުލާފައިވާ އިރާގުގެ ސަލާމަތީ ބާރުތަކާ އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން މުއާމަލާތް ކުރަމުން، މި ހަމަލާ ތަހުގީގު ކުރަމުންދާއިރު އަހަރުމެންގެ އެހީތެރިކަން ވަނީ ހުށަހަޅާފައި."

އިރާގު ސިފައިންގެ ކޮމާންޑަރު އިން ޗީފްގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ، ޑްރޯން ހަމަލާއަށްފަހު ސަރުކާރުގެ އިމާރާތްތަކާއި، ބޭރުގެ އެމްބަސީތައް ހުންނަ ބަޣުދާދުގެ ފޯރިގަދަ ގްރީން ޒޯންގެ ތެރޭގައި ސަލާމަތީ ހާލަތު ސްޓޭބަލް ކަމަށެވެ.

"މި ހަމަލާ ދިނީ ކާކުކަން ބުނަން އަދި މާ އަވަސް،" ސަލާމަތީ ތަފުސީލުތަކަށް ކޮމެންޓް ކުރުމުގެ ހުއްދަ ލިބިފައި ނުވާތީ، ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސެކިއުރިޓީ އޮފިޝަލް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އިންޓެލިޖެންސް ރިޕޯޓްތައް ޗެކްކޮށް، އިނީޝިއަލް އިންވެސްޓިގޭޝަން ނަތީޖާގެ އިންތިޒާރުގައި އަޅުގަނޑުމެން މި ތިބީ ކުށްވެރިންނަށް އިނގިލި ދިއްކުރާނެ ވަގުތަކަށް އިންތިޒާރު ކޮށްގެން" ކަމަށް ވެސް ސެކިއުރިޓީ އޮފިޝަލް ވިދާޅުވިއެވެ.

ގްރީން ޒޯންގައި ހުންނަ ބޮޑުވަޒީރު ދިރިއުޅުއްވާ ގެއަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ގްރީން ޒޯން ކައިރީގައި ގާއިމްވެ ތިބި ހުޅަނގުގެ ޑިޕްލޮމޭޓުން ވިދާޅުވީ، އެ ސަރަހައްދުގައި ގޮއްވާލި ބޮމާއި ބަޑީގެ އަޑު އިވުނު ކަމަށެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ޕާލަމެންޓާއި ސަރުކާރުގައި ބާރު ފުޅާކޮށްފައިވާ އީރާނާ ގުޅިފައިވާ މިލިޝިއާ ގްރޫޕްތަކަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގެ ނަތީޖާއާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. ހުކުރު ދުވަހު މުޒާހަރާގެ ބައިވެރިން ގްރީން ޒޯން ކައިރީގައި ފުލުހުންނާ ދިމާއަށް ގަލުން ހަމަލާދީ، މުޒާހަރާގެ ބައިވެރިން ވަނީ ހަމަނުޖެހުން ފާޅުކޮށް އެތައް އޮފިސަރުންނަކަށް އަނިޔާކޮށްފައެވެ.

ބަޣުދާދުގެ ސެކިއުރިޓީ އަދި ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ފުލުހުން ރައްދުގައި ކަރުނަ ގޭހާއި، ލައިވް ބަޑީގެ ހަމަލާތައް ދީ މުޒާހަރާކުރާ މީހެއް މަރާލާފައިވެއެވެ. މިނިވަން ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އިންތިޚާބުގެ ނަތީޖާއަކީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާމެދު ރުޅިވެރިކަން ފާޅުކުރުމުގެ ގޮތުން ނެރުނު ނަތީޖާއެއް ކަމުގައެވެ.

އިރާގު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

14 ޑިސެމްބަރު 2025
އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް
14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
03 ފެބުރުއަރީ 2024

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
17 ޖުލައި 2023

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!
11 މެއި 2023

މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!

11 މެއި 2023
މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!
14 ޖެނުއަރީ 2023

އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!

14 ޖެނުއަރީ 2023
އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް