Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޓީ ހޯލް ތަރައްގީކުރުން

ޓީޓީ ހޯލް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރަނީ

7 ނޮވެމްބަރު 2021 | އާދީއްތަ 10:25

ގައުމީ މުބާރާތްތައް ބާއްވަމުން އައީ ޒުވާނުންގެ މަރުކަޒުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 7 ނޮވެމްބަރު 2021 | އާދީއްތަ 10:25
ޓީޓީ ހޯލުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޓީޓީ ހޯލުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހ. މުނިއުފާގައި ގާއިމުކޮށްފައިވާ ޓޭބަލް ޓެނިސް (ޓީޓީ) ހޯލް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މުނިއުފާގައި ޓީޓީ ފެސިލިޓީއެއް އެންމެ ފުރަތަމަ ތަރައްގީކުރީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ފަހަރު ޗައިނާގެ އެހީގެ ދަށުން އެތަން ހެދިއިރު، ޖުމްލަ ފަސް މޭޒު ވަނީ ބަހައްޓާފައެވެ. އެކަމަކު އެތަނުގައި އަދިވެސް އެންމެ އެކަށީގެންވާ ޖާގަ ނެތުމާއެކު ގައުމީ ފެންވަރުގެ މުބާރާތްތަކާއި އިންޓަ ސްކޫލް މުބާރާތް ބާއްވަމުން އައީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.

އެއާއެކު ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެ ހޯލު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުން އައު ފެސިލީޓީގައި 8-10 އަށް މޭޒު ބެހެއްޓިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި މުނިއުފާގައި ހަދާ ޓީޓީ ފެސިލިޓީގެ ސަބަބުން ކުޅުންތެރިންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ތަނަވަސްކަމާއެކު މަދުވެގެން އަށް މޭޒުގައި ކުޅެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އައްޔަ އިތުރަށް ވިދާޅުވީ މިހާރު މުބާރާތްތައް ބޭއްވެނީ އެހެން ކުޅިވަރުތަކަށްވެސް ބަލައިގެން ކަމަށާއި، އެހެންކަމުން ބޭނުންވާ ތާރީޚުގައި މުބާރާތްތައް ނުބޭއްވޭ ކަމަށެވެ. އެކަމަކު މުނިއުފާގައި އަޅާ ފެސިލިޓީގެ ސަބަބުން މުބާރާތްތައް ބާއްވަން ބޭނުންވާ ތާރީޚުގައި މުބާރާތްތައް ބޭއްވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުނިއުފާގައި ގާއިމުކޮށްފައިވާ ޓީޓީ ހޯލް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާއިރު، އެންމެ ފުރަތަމަ ޓީޓީ ކުޅުމަށް ބޭނުންކުރަމުން އައީ އެކުވެނި އިންޑޯއެވެ. އެކަމަކު އެތަން ބޭނުންކުރުމުން 2014 ވަނަ އަހަރު މަނާކުރުމާ އެކު ދެން ޓީޓީން ބަދަލުވީ ޒުވާނުންގެ މަރުކަޒުގައި ހެދި އިންޑޯ ކޯޓަކަށެވެ. ނަމަވެސް އޭގެ ފަހުން ރަސްފަންނުގައި ކޮރަލް ބްލެވާޑް ފްލެޓް އަޅަން ނިންމުމާއެކު، ޓީޓީއަށް އެ ތަނުން ނުކުންނަން ޖެހުނެވެ.

އޭގެ ފަހުން މުނިއުފާ ޓީޓީ ހޯލު ބޭނުންކުރަމުން އައިރު، މިދިޔަ އަހަރުގެ ފަހު ކޮޅު މި ސަރުކާރުން ވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ޓީޓީ ހޯލެއް ގާއިމުކޮށްފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
08 މެއި 2024

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް

08 މެއި 2024
ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
28 އޯގަސްޓު 2023

އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް

28 އޯގަސްޓު 2023
އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް