Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމީ ބަދަލުތައް

ކުދި ގައުމުތައް ދުނިޔެއިން ފޮހެވިދިޔަ ނުދިނުމަށް 1.5 ޑިގްރީގެ އަމާޒަށް ވާސިލްވާންޖެހޭ: ރައީސް ނަޝީދު

މޫސުމީ ބަދަލުތަކުގެ އަސަރު ކުރިއަށްވުރެ ބޮޑަށް މިހާރު ފެންނަމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 ނޮވެމްބަރު 2021 | ހުކުރު 16:37
ރައީސް ނަޝީދު ކޮޕް26 ލެޖިސްލޭޓަރސް ސަމިޓުގައި

ރައީސް ނަޝީދު ކޮޕް26 ލެޖިސްލޭޓަރސް ސަމިޓުގައި

ކުދި ގައުމުތައް ދުނިޔެއިން ފޮހެވިގެން ދިޔަ ނުދިނުމަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔަ ނުދީ ހިފެހެއްޓުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކޮޕް26ގެ ލެޖިސްލޭޓަރސް ސަމިޓުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުޑަ ގައުމަކުން ފެންނަ އަސަރުތައް މާ ބޮޑު ކަމަށާއި ރާއްޖެއަކީ ވަރަށް ތިރީގައި އޮތް ގައުމެއް ކަމުން ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރަކުން ރަށްތައް ގިރުމާއި މިނޫންވެސް އެފަދަ ކަންކަން މިހާރު ފެންނަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ ފިނި ހޫނުމިން މިހާރު ހުރި ވަރުން ޖައްވު ހޫނުވުމާއި، ހުއްޓާނުލާ ވިއްސާރަވެހުމާއި، ހޫނު ގަދަ މޫސުން ދިގު މުއްދަތަކަށް ދެމިގެންދިއުމާއި، މުރަކަތައް މަރުވުމާއި، ކަނޑުގައި އުޅޭ ދިރުންތައް މަދުވުމާއި، ފެން ތަޣައްޔަރުވުންފަދަ ކަންކަން މިހާރުވެސް ދިމާވަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އަހަރުތަކެއް ކުރިން ނުފެންނަ އެތައް ކަމެއް މިހާރު ފެންނަމުންދާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ކޮޕް26 އެހާ މުހިންމުވާ ސަބަބަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ލިބޭ އެންމެ ފަހު ފުރުސަތަށްވުން ވެސް އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުންތަކާއި މުރަކަތައް ނެތިދިޔަ ނުދިނުމަށާއި، ރާއްޖެ ފެނުން މަތީގައި ބޭއްވުމަށް އަދި ކުދި ގައުމުތައް ދުނިޔެއިން ފޮހެވިގެން ދިޔަ ނުދިނުމަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔަ ނުދީ ހިފެހެއްޓުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ބޯޓު ދެލި އެންދުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ބޯޓު ދެލި އެންދުމަކީ މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް މަގުފަހިކުރުވާ ކަންތައް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ގައުމުތަކުން ނެޓް ޒީރޯއަށް ވާސިލްވުމަށް އަމާޒުހިފާފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި 2024 ވަނަ އަހަރުގެ ކުރިން 500 ބިލިއަން ޑޮލަރު ނުލިބިއްޖެނަމަ މޫސުމީ ބަދަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ލިބޭނެކަމުގެ އުންމީދު ގެއްލޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކޮޕް26 ނިމުމުގެ ކުރިން މިކަމަށް ނިންމުންތަކެއް ނިންމަންޖެހޭކަމަށް ވިދާޅުވިއެވެ.

ކޮޕް26ކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
02 ފެބުރުއަރީ 2024

ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟

02 ފެބުރުއަރީ 2024
ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު