Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯފަން ކުދިންގެ ޖަމުޢިއްޔާ

ބޭނުންޖެހިފައިވާ ފަރާތްތަކަށް އަޅާލުމާއި އުފާވެރިކަން ހޯދައި ނުދެވޭ މުޖުތަމައަކީ ބަދުނަސީބު މުޖުތަމައެއް - އިމްރާން

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އަޅާލުމަށްޓަކައި އެފަރާތްތަކަކީ މުޖުތަމައުގެ ފުރިހަމަ ބައިވެރިންގެ ގޮތުގައި ހެދުމަށް ސަރުކާރުން ޕްރޮގްރާމްތައް ހިންގާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 05:19
ލޯފަން ކުދިންގެ ޖަމުޢިއްޔާގެ ވެބްސައިޓް ހޯމް މިނިސްޓަރ އިފްތިތާހުކޮށްދެެއްވަނީ

ލޯފަން ކުދިންގެ ޖަމުޢިއްޔާގެ ވެބްސައިޓް ހޯމް މިނިސްޓަރ އިފްތިތާހުކޮށްދެެއްވަނީ

މުޖުތަމައުގެ ތެރޭގައި ދިރިއުޅޭ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރިހަމަ އަޅާލުމާއި އުފާވެރިކަން ލިއްބައި ނުދެވޭ މުޖުތަމައަކީ ވަރަށް ބަދުނަސީބު، އަބާއްޖަވެރި މުޖުތަމައެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ލޯފަން ކުދިންގެ ޖަމްޢިއްޔާ، ބްލައިންޑް އެންޑް ވިޜުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން މާލޭގައި ކުރިއަށް ގެންދިޔަ އެ ސޮސައިޓީގެ އަހަރީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މުޖުތަމައެއްގެ ބަދަހިކަމާ އުފާވެރިކަމާއި، ދުޅަހެޔޮކަން ވަޒަން ކުރުމުގެ އެންމެ މުހިންމު މިންގަނޑަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެހެން އަފްރާދުންނާއި އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މުޖުތަމައަކުން ލިއްބައިދޭ އެހީތެރިކަމާއި އޯގާވެރިކަމާއި އުފާވެރިކަން ކަމަށެވެ. މި ރޮނގުން ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޔޫތް މިނިސްޓްރީއާ ގުޅިގެން ލޯފަން ކުދިންގެ ޖަމްޢިއްޔާއިން ކުރިއަށް ގެންދިޔަ ކޭމްޕަކީ އެތައް އަޚުންނަކާއި، އުޚްތުންނެއްގެ ހިތަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހުރިހާ މިނިސްޓްރީތަކުން އަދި ދައުލަތުގެ ހުރިހާ މުއްސަސާތަކުން މިކަމާ އަޅާލުމަށް ވަރަށް ބޮޑު ސަމާލުކަމެއް ލޯފަން ކުދިންގެ ޖަމްޢިއްޔާގެ ފަރާތުން ގެނެސްދެވިދާނެ ކަމަށެވެ. އަދި ހަފްތާއެއްގެ ނިޔަލަށް ހިންގި ކޭމްޕުގެ ސަބަބުން އެކަމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދިންކަން މިނިސްޓަރ އިމްރާންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިއީ އަޅުގަނޑުމެން އެންމެން އެދިމާއަކަށް މަސައްކަތް ކުރަންވީ ދިމާ ކަމަށާއި، ޚާއްސަކޮށް އިސްލާމީ މުޖުތަމައެއްގެ މިފަދަ ޙާޖަތާއި ބޭނުންތެރިކަން ޖެހިފައިވާ އަފްރާދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤުރުއާނާއި ސުންނަތާއި ރަސޫލުއްﷲ ސައްލައްﷲ އަލައިހި ވަސައްލަމަގެ ސީރަތުގައި ވަރަށް މަތިވެރި ނަމޫނާތައް އެބަހުރި ކަމަށް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އަޅާލުމަށްޓަކައި އެފަރާތްތަކަކީ މުޖުތަމައުގެ ފުރިހަމަ ބައިވެރިންގެ ގޮތުގައި ހެދުމަށް ސަރުކާރުގެ ފަރާތުން ހިންގަވާ ޕްރޮގްރާމްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފަށް ޝުކުރު އަދާކުރައްވާފައެވެ.

މނިސްޓަރ ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ތަފާތު ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލްކަމާއި ފުދުންތެރިކަން އެބަހުރި ކަމަށާއި ބޭނުންވަނީ އެކަންކަން ރަނގަޅަށް ތަރުތީބުކޮށްގެން ހިންގުން ކަމަށެވެ. އަދި އެކުދިންނަށް ޓަކައި ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނާއި ހުނަރު ދީގެން، މުޖުތަމުގައި ބޭނުންހިފޭނެ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ އިސްނަގައިގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ތަރުތީބުވެގެން، ޚާއްސަކޮށް ޔޫތް މިނިސްޓްރީން އެމަސައްކަތަށް އިތުރަށް ސަމާލުކަމެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި އެ މަސައްކަތުގައި ސަރުކާރުގެ ހުރިހާ މުވައްސަސާތައް ބައިވެރިވެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިކޮށް ހުރިހާ ކުދިންނަކީ އުފާވެރި ހިތްހަމަޖެހޭ ހަޔާތެއް ވޭތުކޮށް އަދި މުޖުތަމުގައި އެކުދިންނަށް ފުރިހަމަ ދައުރަކާއި ފުރިހަމަ މަގާމެއް ލިބިގެންވާ ބަޔަކަށް ހަދައިދިނުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރ ޢިމްރާން ވަނީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ވެބްސައިޓް ލޯންޗްކޮށްދެއްވުމުގެ އިތުރުން އެޖަމްއިއްޔާގެ މަދަހަ އަލްބަމް ވެސް ނެރެދެއްވާފައެވެ.

މިނިސްޓަރ އިމްރާންހޯމް މިނިސްޓަރު، އިމްރާން އަބްދުﷲމިނިސްޓްރީ އޮފް ހޯމް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

23 މާރިޗު 2024
ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު

ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު

20 ޑިސެމްބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
ސިޔާސީ މަސައްކަތަށް ނިކުންނަވާނީ ފާޑުކިޔުންތައް އަންނާނެކަން އެނގި ތަހަންމަލް ކުރުމުގެ ވިސްނުމާއެކު: އިމްރާނު

ސިޔާސީ މަސައްކަތަށް ނިކުންނަވާނީ ފާޑުކިޔުންތައް އަންނާނެކަން އެނގި ތަހަންމަލް ކުރުމުގެ ވިސްނުމާއެކު: އިމްރާނު

06 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު