Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާންގެ ނިއުކްލިއަރ މުއާހަދާ

އީރާންގެ ނިއުކްލިއަރ މުއާހަދާގެ މަޝްވަރާތައް މި މަހުގެ 29ގައި ފަށަނީ

ހަ ޤައުމަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 02:13
އީރާންގެ ނިއުކްލިއަރ ޕްލާންޓްއެއް

އީރާންގެ ނިއުކްލިއަރ ޕްލާންޓްއެއް

އީރާންގެ ނިއުކްލިއަރ މުއާހަދާގެ މަޝްވަރާތައް މި މަހުގެ 29ގައި ފަށަން ނިންމައިފިއެވެ.

އީރާންގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ އަލީ ބާގިރީ ވިދާޅުވީ އެ ޤައުމުގެ ސަރުކާރުން މި މަހުގެ 29 ވަނަ ދުވަހު ޤައުމުތަކާއެކު ވިއެނާގައި ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އީރާނުގެ ނިއުކްލިއަރ މުއާހަދާ އިން ވަކި އިމެއްގައި ހިފެހެއްޓުމަށް، 2015 ވަނަ އަހަރު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ސޮއިކޮށްފައިވާ ނިއުކްލިއަރ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވެ، ފުރިހަމައަށް އަމަލުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ބައިޑެންގެ ސަރުކާރުން ބުނެފައިވަނީ އީރާންގެ ނިއުކްލިއަރ މުއާހަދާގެ މަޝްވަރާގައި އެ ޤައުމުން އިނގިރޭސިވަލާތާއި ޗައިނާ، ފްރާންސް، ޖަރުމަންވިލާތުގެ އިތުރުން ރަޝިއާއެކު ބައިވެރިވާނެ ކަމަށެވެ.

އީރާންގެ ނިއުކްލިއާ މުއާހަދާއިން އެމެރިކާ އަމިއްލައަށް ވަކިވީ 2018 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނެރުއްވި ރިޔާސީ ގަރާރަކުންނެވެ. އެމެރިކާއިން ވަނީ އޭގެފަހުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭ ގޮތަށް އިރާނާއެކު ސޮއިކުރެވިގެން ދިޔަ ނިއުކްލިއަރ ހަކަތަ އުފެއްދުން މަދުކުރުމުގެ އެއްބަސްވުމަކީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު ސޮއިކުރެވުނު އެއްބަސްވުމެކެވެ. އޭރު ޖޯ ބައިޑެން ހުންނެވީ ނާއިބުރައީސްގެ މަގާމުގައެވެ.

އީރާންގެ ނިއުކްލިއާ މުއާހަދާގެ ނަމުން މަޝްހޫރުވެފައިވާ "ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) ގައި އީރާނާ އެކުގައި ޖުލައި، 14، 2015 ގައި ސޮއިކޮށްފައިވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރު ގައުމާއި ޖަރުމަނާއި ވިލާތުގެ އިއްތިހާދެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން ހަމަލާ ދިނުމުގެ ކުރިން އީރާނުން ފައްކާ ކޮށްފައި ހުރި ޔޫރޭނިއަމް ސިއްރު ތަނަަކަށް ގެންދިޔަ ކަން އެމެރިކާ އަކަށް ނޭނގޭ

އެމެރިކާ އިން ހަމަލާ ދިނުމުގެ ކުރިން އީރާނުން ފައްކާ ކޮށްފައި ހުރި ޔޫރޭނިއަމް ސިއްރު ތަނަަކަށް ގެންދިޔަ ކަން އެމެރިކާ އަކަށް ނޭނގޭ

27 ޖޫން 2025
ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ އަށް އެއްބާރުލުން ނުދޭން އީރާނުގެ ގާނޫނު ހަދާ މަޖިލިހުން ފާސް ކޮށްފި

ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ އަށް އެއްބާރުލުން ނުދޭން އީރާނުގެ ގާނޫނު ހަދާ މަޖިލިހުން ފާސް ކޮށްފި

25 ޖޫން 2025
އީރާނުގައި ޔޫރޭނިއަމް ފައްކާ ކުރިއަސް ނުކުރިއަސް  އެއީ އެމެރިކާ އާ ކޮން ބެހޭ ކަމެއް؟: ރޫހާނީ ލީޑަރު އާޔަތުﷲ

އީރާނުގައި ޔޫރޭނިއަމް ފައްކާ ކުރިއަސް ނުކުރިއަސް އެއީ އެމެރިކާ އާ ކޮން ބެހޭ ކަމެއް؟: ރޫހާނީ ލީޑަރު އާޔަތުﷲ

04 ޖޫން 2025
އީރާނުގެ އިންޒާރު: ނިއުކްލިއަރ ފެސިލިޓީ އަކަށް ހަމަލާ ދީފި ނަމަ ވަގުތުން މުޅި ސަރަހައްދު ހަނގުރާމައިގެ ތެރެއަށް ވެއްޓޭނެ

އީރާނުގެ އިންޒާރު: ނިއުކްލިއަރ ފެސިލިޓީ އަކަށް ހަމަލާ ދީފި ނަމަ ވަގުތުން މުޅި ސަރަހައްދު ހަނގުރާމައިގެ ތެރެއަށް ވެއްޓޭނެ

01 ފެބުރުއަރީ 2025
އީރާންގެ ދެމިއޮތުމަށް ނުރައްކާ ކުރާނަމަ ނިއުކްލިއަރ ހަތިޔާރު އުފައްދާނަން: އީރާން

އީރާންގެ ދެމިއޮތުމަށް ނުރައްކާ ކުރާނަމަ ނިއުކްލިއަރ ހަތިޔާރު އުފައްދާނަން: އީރާން

09 މެއި 2024

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު