Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލާ އީރާނުގެ ގުޅުން

އީރާންގެ ދެމިއޮތުމަށް ނުރައްކާ ކުރާނަމަ ނިއުކްލިއަރ ހަތިޔާރު އުފައްދާނަން: އީރާން

9 މެއި 2024 | ބުރާސްފަތި 10:47

އިޒްރޭލުން އެގައުމުގެ ނިއުކްލިއަރ ފެސިލިޓީއަށް ހަމަލާ އެއް ދީފިނަމަ، އީރާނުން މިހާތަނަށް ގެންގުޅެމުން އައި އަސްކަރީ ވިސްނުން ބަދަލު ކުރާނެ ކަމުގައި ވަނީ ބުނެފަ

ރާއްޖެ އެމްވީ | 9 މެއި 2024 | ބުރާސްފަތި 10:47
އިޒްރޭލާ އީރާނާ ދެމެދު އޮންނަ ނުތަނަވަސްކަން ގޯސްވީ، އޭޕްރީލް މަހު ސިރީއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާން އެމްބަސީއަށް އަމާޒުކޮށް އިޒްރޭލުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން

އިޒްރޭލާ އީރާނާ ދެމެދު އޮންނަ ނުތަނަވަސްކަން ގޯސްވީ، އޭޕްރީލް މަހު ސިރީއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާން އެމްބަސީއަށް އަމާޒުކޮށް އިޒްރޭލުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން

އިޒްރޭލުން އީރާނުގެ ދެމިއޮތުމަށް ނުރައްކާ ކުރާނަމަ، އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުން ނޫން ގޮތެއް ނޯންނާނެ ކަމަށް އެގައުމުގެ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީގެ މުޝީރު ކަމާލް ޚައްރާޒީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

އީރާންގެ ސްޓޫޑެންޓް ނިއުސް ނެޓްވޯކަށް ދެއްވި ބަސްދީގަތުމުގައި ޚައްރާޒީ ވިދާޅުވީ، ނިއުކްލިއަރ ބޮމެއް އުފެއްދުމަށް އީރާނުން ނިންމާފައި ނުވާކަމުގައެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، އިޒްރޭލުން އެގައުމުގެ ނިއުކްލިއަރ ފެސިލިޓީއަށް ހަމަލާ އެއް ދީފިނަމަ، އީރާނުން މިހާތަނަށް ގެންގުޅެމުން އައި އަސްކަރީ ވިސްނުން ބަދަލު ކުރާނެ ކަމުގައެވެ.

ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ގުޅޭ ގޮތުން އެންމެ ފަހުގެ ގޮތް ނިންމަވާނީ، އީރާނުގެ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީއެވެ. މިމައްސަލައިގައި ޚާމަނާއީ 2000 ވަނަ އަހަރު ނެރުއްވި ފަތުވާގައި ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ ދީނީ ގޮތުން ހަރާމް ކަމެއް ކަމުގައެވެ.

އިޒްރޭލާ އީރާނާ ދެމެދު އޮންނަ ނުތަނަވަސްކަން ގޯސްވީ، އޭޕްރީލް މަހު ސިރީއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާން އެމްބަސީއަށް އަމާޒުކޮށް އިޒްރޭލުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެންނެވެ. މިހަމަލާގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ 7 މެމްބަރުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ސީރިއާ އާއި ލެބަނާންގައި ހަރަކާތްތެރިވާ ގުދުސްފޯސްގެ ދެ ޖެނެރަލަކުވެސް ހިމެނެއެވެ.

މިހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް އަމާޒުކޮށް 300 އެއްހާ ރޮކެޓް ހަމަލާ ދީފައިވެއެވެ.

2017 ން ފެށިގެން އީރާނާ ލެބަނާން އާ ގުޅުން އޮންނަ ހިޒްބުﷲ ޖަމާއަތާ ގުޅުން ހުރި ކަމަށް އިޒްރޭލަށް ޝައްކު ކުރެވޭ ތަންތަނަށް ދޭތެރެ ދޭތެރޭން އިޒްރޭލުން އަންނަނީ ހަމަލާ ދެމުންނެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްއީރާންފަލަސްތީން - އިސްރާއީލް ހަމަނުޖެހުންއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް