Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ އަސްކަރީ ބާރު

އިރާނުން ބެލިސްޓިކް މިސައިލް ހޯދަން ރަޝިއާ އިން މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުން ބުނެފި

އީރާނުން ވަނީ ރަޝިއާ އަށް ޑްރޯން ސަޕްލައިކޮށްދޭ ކަމަށް ބުނާ ބުނުންތައް ދޮގުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ޑިސެމްބަރު 2022 | ހޮނިހިރު 17:19
އިރާންގައި އުފެއްދި މިސައިލް ތަކެއް ބޭނުންކޮށްގެން ދިން ހަމަލާ އެއް

އިރާންގައި އުފެއްދި މިސައިލް ތަކެއް ބޭނުންކޮށްގެން ދިން ހަމަލާ އެއް

އިރާނުން ބެލިސްޓިކް މިސައިލް ހޯދަން ރަޝިއާ އިން މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޔޫއެންގެ އެމްބެސެޑަރ ބަރްބަރާ ވުޑްވާރޑް ހުކުރު ދުވަހު ވިދާޅުވީ އަސްކަރީ އެއްބާރުލުމައި ޓެކްނިކަލް ސަޕޯޓުގެ ބަދަލުގައި އީރާނުން ބެލިސްޓިކް މިސައިލް ހޯދަން ރަޝިއާ އިން ހުށަހަޅާފައިވާ ކަަމަށެވެ. އޮގަސްޓުން ފެށިގެން އިރާނުން އެތައް ސަތޭކަ ޑްރޯންއެއް ރަޝިއާ އަށް ފޯރުކޮށްދީފައިވާ ކަމަށް ވުޑްވާރޑް ވަނީ ވިދާޅުވެފައެވެ. އަދި އޭރިއަލް އުޅަނދުތައް ނުވަތަ ޑްރޯން ވެސް އެ ގައުމުން ރަޝިއާ އަށް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން މިފަދައިން ބުނި ނަމަވެސް އީރާނުން ވަނީ ރަޝިއާ އަށް ޑްރޯން ސަޕްލައިކޮށްދޭ ކަމަށް ބުނާ ބުނުންތައް ދޮގުކޮށްފައެވެ. އަދި ރަޝިއާ އިން ވަނީ އެ ގައުމުގެ އަސްކަރިއްޔާއިން އިރާނުގެ ޑްރޯން ބޭނުންކޮށްގެން ޔޫކްރެއިން އަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެހެންނަމަވެސް ވުޑްވާރޑް ރިޕޯޓަރުންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ބެލިސްޓިކް މިސައިލްތައް ހިމެނޭހެން ހަތިޔާރު އިތުރުކުރުމުގެ މަސައްކަތް ރަޝިއާއިން ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން އީރާން އަށް ކުރިއަރާފައިވާ އަސްކަރީ އެހީތެރިކަން ލިބި، އެ ގައުމުގެ ހަތިޔާރުގެ ގާބިލްކަން އިތުރުވުމުގެ ބިރު ހީވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްރަޝިއާއިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

13 ޑިސެމްބަރު 2025
ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި
13 ޑިސެމްބަރު 2025

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

13 ޑިސެމްބަރު 2025
ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި
13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު