Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ އާއި ބަހްރޭނުން ގުޅުން ބަދަހިކުރުން

ބަހްރޭނުގައި ތަމްރީނުހެދުމުގެ ފުރުސަތު ރާއްޖޭގެ ވޮލީ އާއި ހޭންޑްބޯޅަ ޓީމުތަކަށް

3 ނޮވެމްބަރު 2021 | ބުދަ 14:10

ފުޓްބޯޅަ އާއި ޓީޓީ ކުރިއެރުވުމަށްވެސް މީގެ ކުރިން މަޝްވަރާކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ނޮވެމްބަރު 2021 | ބުދަ 14:10
ބަހްރޭނުގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ޝެއިޚް އަލީއާ މަޚްލޫފް ބައްދަލުކުރެއްވުން

ބަހްރޭނުގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ޝެއިޚް އަލީއާ މަޚްލޫފް ބައްދަލުކުރެއްވުން

ބަހްރޭނުގައި ތަމްރީނުހެދުމުގެ ފުރުސަތު ރާއްޖޭގެ ވޮލީބޯޅަ އާއި ހޭންޑްބޯޅަ ޓީމުތަކަށް ލިބިއްޖެއެވެ.

މި ފުރުސަތު ރާއްޖޭގެ ޓީމުތަކަށް ލިބިފައިވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބަހްރޭނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ބުދަ ދުވަހުގެ ވަގުތެއްގައި މަޚްލޫފް ވަނީ ބަހްރޭނުގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ޝެއިޚް އަލީ ބިން މުޙައްމަދު އަލް ޚަލީފާ އާއި އެ ގައުމުގެ ހޭންޑްބޯޅަ އެސޯސިއޭޝަނުގެ ރައީސް އަލީ މުޙައްމަދު އިސްހާގީއާ ބައްދަލުކުރައްވާފައެވެ.

ބަހްރޭނުގައި ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހު އެ ދެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ ވޮލީބޯޅަ އާއި ހޭންޑްބޯޅަ ޓީމުތަކަށް އެ ގައުމުގައި ތަމްރީނުހެދުމުގެ ފުރުސަތު ފަހިކޮށްދޭން އެއްބަސްވެފައެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖޭގެ ވޮލީބޯޅަ އާއި ހޭންޑްބޯޅަ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކުރިއިރު، ދެ ގައުމުގެ މެދުގައި ވޮލީބޯޅައިގެ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ބަހްރޭނުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު މަޚްލޫފް މަޝްވަރާކުރައްވަމުން އަންނައިރު، ހޯމަ ދުވަހު ވަޒީރު ވަނީ ބަހްރޭނުގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އެފެއާޒް އައިމަން ތައުފީގް އަބްދުއްރަހްމާނާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ވަނީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މަޚްލޫފް ވިދާޅުވީ ފުޓްބޯޅަ އާއި، ވޮލީބޯޅަ އާއި، ޓޭބަލް ޓެނިސް އަދި ހޭންޑްބޯޅަ ކުރިއެރުވުމަށް ބަހްރޭނުގެ ވަޒީރާއެކު މަޝްވަރާތައް ކުރިއަށްގެންދެވުނު ކަމަށެވެ. އަދި މަޚްލޫފް ވަނީ ރާއްޖޭން ބަހްރޭނުގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އެފެއާޒް އައިމަން ތައުފީގް އަބްދުއްރަހްމާނަށް މަރުހަބާ ދެންނެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، ރަސްމީ ދަތުރުފުޅެއްގެ އިޝާރާތެއްވެސް ދެއްވާފައެވެ.

އަހުމަދު މަޚްލޫފްކުޅިވަރާ ބެހޭ ވުޒާރާ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
22 ޖޫން 2023

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
08 މެއި 2023

ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

08 މެއި 2023
ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް