Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިކުރާ މިސްކިތުގެ މައްސަލަ

ޒިކުރާ މިސްކިތު ކޮރަޕްޝަނާއި ގުޅޭ ދައުވާ ޑރ ޒިޔާދުގެ މައްޗަށް ސާބިތެއް ނުވި!

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުން ކުރިއަށް ގެންގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2021 | އަންގާރަ 12:16
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައަކީ، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އޭސީސީން ޕްރޮސެކިއުޓަރ (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލައެކެވެ.

Advertisement - newsAdvertisement

ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ, މި މައްސަލައިގައި އޭނާއާއެކު ދައުވާ އުފުލާފައިވާ މ. މުހައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްސަލައާ ވެސް އެކުގައެވެ. އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

ޚުލާސާ ބަޔާނުގައި ފާހަގަކުރި ކަންކަން:

މި މައްސަލައިގައި ޚުލާސާ ބަޔާން އިއްވާފައިވަނީ 5 އޮކްޓޯބަރު 2021 ގައެވެ. ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ވަޒީރެއްގެ ޙައިސިއްޔަތުން އެއްބަސްވުމުގެ ޒިންމާ ޑރ. ޒިޔާދު ބާޤިރު ނަންގަވަން ޖެހޭނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން ބަންޑާރަނައިބުގެ އޮފީހުން ނުވަތަ މިނިސްޓްރީގެ ޤާނޫނީ ސެކްޝަނުން ނަމަވެސް، ޤާނޫނީ ލަފައެއް ހޯއްދަވާފައި ނުވާކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މިއީ ރައީސް އޮފީހުން އަންގައިގެން ކުރި ކަމެއްކަން ދިފާއުން ފާހަގަކޮށްފައި ވީނަމަވެސް، ރައީސްގެ އެންގެވުމަށް ވަޒީރަކަށް ކޮންމެ ކަހަލަ ކަމެއްވެސް ކުރެވިދާނެތޯ ދައުލަތުން ސުވާލު އުފެއްދިއެވެ. އެގޮތުން މި މަޝްރޫއު އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކުރިއަށް ގެންގޮސް، ޕްރޮޕޯސަލްގައިވާ އަދަދަށްވުރެ އިތުރަށް ފަންގިފިލާ ހިމަނައިގެން އެއްބަސްވުން ޙަވާލުކޮށްފައިވާއިރު، މިއީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުންކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ. ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުން ވަނީ މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ދިފާއުން ވެސް މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވާއިރު ދިފާއުން ވަނީ ދައުވާތަކަށް އިންކާރު ކޮށްފައެވެ. އަދި މިއީ ރައީސް އޮފީހުން އަންގައިގެން ކުރި ކަމެއްކަން ދިފާއުން ފާހަގަކުރިއެވެ. މި މައްސަލައިގައި, މައްސަލަ ދިމާވެގެން އުޅޭ އެއްބަސްވުމުގައި ހިމެނެނީ އިދާރީ ކުށްތަކެއްކަން ފާހަގަ ކުރައްވައި ދިފާއީ ވަކީލު ވިދާޅުވީ، ފިނޭންސް މިނިސްޓްރީންވެސް އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އޭރު ހުއްދަ ދީފައިވަނީ އެއްބަސްވުމުގައިވާ ކުށްތަކާއެކު ކަމަށެވެ. އަދި އެ މައްސަލަ ފާހަގަވި ހިސާބުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށީ އޭސީސީންވެސް އަދި ނޫސްތަކުންވެސް އެ ވާހަކަތައް ދެއްކުމުގެ ކުރިންކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، އެކަމުގައި ޖިނާއީ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. ދިފާއުން ވަނީ އެކަމާ ގުޅޭ ކިތާބީ ހެކިތައްވެސް ހުށައަޅާފައެވެ.

ޙުކުމް:

މި މައްސަލައިގެ ޙުކުމުގައި ބުނެފައިވަނީ، އިދާރީ އޮޅުމެއްގެ ސަބަބުން ޕްރޮޕޯސަލްގައިވާ އަދަދަށްވުރެ އިތުރަށް ފަންގިފިލާ ހިމަނައިގެން އެއްބަސްވުން ޙަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައި އޮތް އިދާރީ މައްސަލައެއް މިނިސްޓްރީގެ އެކި މުވައްޒަފުންނާއި، ވެރިންނާއި، ފިނޭންސް މިނިސްޓްރީއަށްވެސް ފާހަގަނުވިއިރު، އެ މައްސަލަ ޑރ ޒިޔާދު ބާޤިރުއަށް ފާހަގަވާން ޖެހޭނެކަމަށް ސަބަބުވެރި އިންސާނެއްގެ ނަޒަރުން ނުބެލެވޭ ކަމަށެވެ. ޑރ ޒިޔާދުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ބަލާ އުންސުރުތައް ސާބިތުވޭތޯ ބަލާއިރު، ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލު އަދި ޑރ ޒިޔާދުގެ ނުބައި ނިޔަތެއް ފާހަގަވާން ނެތްކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ވަޒީރެއްގެ ޙައިސިއްޔަތުން އެއްބަސްވުމުގެ ޒިންމާ ޑރ. ޒިޔާދު ބާޤިރު ނަންގަވަން ޖެހޭނެކަަމަށް ދައުލަތުން ފާހަގަކޮށްފައިވީނަމަވެސް، މި އެއްބަސްވުމުގައި ޑރ ޒިޔާދު ސޮއި ކުރައްވާފައިވުމަކީ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކޮށްފައިވާ ކަމެއްކަން އެނގެން ނެތްކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން ވަނީ ޑރ ޒިޔާދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމަށް ކުރި އަމަލެއް ބުނެދެވިފައިނުވާކަމަށް ނިންމާފައެވެ. އަދި ކުށް އިބާރާތެއް އޮތްކަން ފާހަގަވި ހިސާބުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިކަންވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، އިބްރާހީމް ޢަބްދުﷲ ސައީދަކީ މިސްކިތްތަކާއި އިމާރަތްކުރުމާބެހޭ ސެކްޝަންގެ އިސްވެރިޔާ ކަމަށާއި، ޓެކްނިކަލް ރިޕޯޓު އެކުލަވާލުމުގައި އޭނާގެ ދައުރު އޮތްކަން އެނގެން އޮންނަކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެސްޖޭ ކޮންސްޓަރްޝަނާ ޕްރޮޖެކްޓް ޙަވާލުކުރީ ފިނޭންސްގެ ކޮމިޓީން ހުއްދަދީ، ރައީސް އޮފީހުން އަންގައިގެންކަން އެނގެން އޮންނަކަމަށް ޙުކުމުގައި ބުނެފައިވެއެވެ. އަދި އެއްބަސްވުމާއި ގުޅިގެން ލީގަލް އޮޕީނިއަން ހޯދާފައި ނުވުމަކީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ދައުލަތުން ބުނި ނަމަވެސް، ޕްރޮޖެކްޓުގެ އެއްބަސްވުމާއި ހަމައަށް ވާސިލުވުމުގެ މަރުޙަލާގައި އިބްރާހިމް އަބްދުﷲ ސައީދުގެ ދައުރެއް ނެތްކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޝަރީއަތުން ވަނީ ދައުލަތުގެ ދައުވާގައި ފާޅުކަން ބޮޑު ގޮތެއްގައި އުނިކަންތައްތަކެއް ހުރިކަމަށްވެސް ބަޔާންކޮށްފައެވެ. އަދި މި މައްސަލައިގައި ޑރ ޒިޔާދުއާއި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާކަމަށް ޙުކުމް ކޮށްފައެވެ.

ޒިކުރާ މިސްކިތު ކޮރަޕްޝަންކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު