Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ އާއި ބަހްރޭނުން ގުޅުން ބަދަހިކުރުން

ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ބަހްރޭނުގެ އެހީތެރިކަން ހޯދަނީ

2 ނޮވެމްބަރު 2021 | އަންގާރަ 10:25

ބަހްރޭނުގެ މިނިސްޓަރުގެ ރަސްމީ ދަތުރުފުޅެއްގެ އިޝާރާތެއް ދީފައިވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ނޮވެމްބަރު 2021 | އަންގާރަ 10:25
ބަހްރޭނުގެ ޔޫތު މިނިސްޓަރު އައިމަން ތައުފީގާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބައްދަލުކުރެއްވުން

ބަހްރޭނުގެ ޔޫތު މިނިސްޓަރު އައިމަން ތައުފީގާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބައްދަލުކުރެއްވުން

ބަހްރޭނުގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އެފެއާޒް އައިމަން ތައުފީގް އަބްދުއްރަހްމާނާއި ރާއްޖޭގެ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙްމަދު މަޚްލޫފް ބައްދަލުކުރައްވައިފިއެވެ.

މި ދެ ބޭފުޅުންގެ މެދުގައި ރަސްމީ މަޝްވަރާތައް ހޯމަ ދުވަހުގެ ވަގުތެއްގައި ވަނީ ބަހްރޭނުގައި ކުރިއަށްގެންގޮސްފައެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ފުޓްބޯޅަ އާއި، ވޮލީބޯޅަ އާއި، ޓޭބަލް ޓެނިސް އަދި ހޭންޑްބޯޅަ ކުރިއެރުވުމަށް ބަހްރޭނުގެ ވަޒީރާއެކު މަޝްވަރާތައް ކުރިއަށްގެންދެވުނު ކަމަށެވެ. އަދި މަޚްލޫފް ވަނީ ރާއްޖޭން ބަހްރޭނުގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އެފެއާޒް އައިމަން ތައުފީގް އަބްދުއްރަހްމާނަށް މަރުހަބާ ދެންނެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، ރަސްމީ ދަތުރުފުޅެއްގެ އިޝާރާތެއްވެސް ދެއްވާފައެވެ.

ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ބަހްރޭނުން ގުޅުން ބަދަހިކުރަން މަޝްވަރާކުރިއިރު، މީގެ ކުރިން މަޚްލޫފް އިސްވެވަޑައިގެން ހުންނަވައި ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ވަނީ އެކި ގައުމުތަކާ މަޝްވަރާކޮށް، ގުޅުން ބަދަހިކުރައްވާފައެވެ.

ކުޅިވަރުގެ ދާއިރާއިން މި ވަގުތު ރާއްޖެއަށް އެންމެ ބޮޑަށް އެހީވަމުން އަންނަ އެއް ގައުމެއްގެ ގޮތުގައި އިންޑިއާ ފާހަގަކޮށްލެވޭއިރު، ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ 40 މިލިޔަން ޑޮލަރުގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެކްޒިމް ބޭންކް އަދި ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ސޮއިކޮށްފައެވެ.

އަހުމަދު މަޚްލޫފްކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
22 ޖޫން 2023

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
08 މެއި 2023

ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

08 މެއި 2023
ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް