Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމުން ނޫނޯ ވަކިކުރުން

ހަތަރު މަހަށްފަހު ޓޮޓެންހަމުން ނޫނޯ ވަކިކޮށްފި

1 ނޮވެމްބަރު 2021 | ހޯމަ 10:52

މި ފަހުން ޓޮޓެންހަމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ނޮވެމްބަރު 2021 | ހޯމަ 10:52
ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ

ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަގާމާ ޕޯޗުގަލުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަވާލުވިތާ ހަތަރު މަހަށްފަހު، އޭނާ މަގާމުން ވަކިކުރަން އެ ކުލަބުގެ ބޯޑުން ނިންމައިފިއެވެ.

ޓޮޓެންހަމުގެ ކޯޗުގެ މަގާމާ އުމުރުން 47 އަހަރުގެ ނޫނޯ ހަވާލުވީ މިދިޔަ ޖޫން މަހުގެ ފަހިކޮޅެވެ. މިދިޔަ ސީޒަނަށްފަހު ވުލްވްސްގެ ކޯޗުކަމުން ވަކިވެ ނޫނޯ ޓޮޓެންހަމާ ހަވާލުވިއިރު، އޭނާ ވަނީ ޓޮޓެންހަމާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ފަހަރު ޓޮޓެންހަމުން ދާއިމީ ކޯޗެއްގެ ގޮތުގައި ނޫނޯ ހަމަޖެއްސީ އެ ޓީމުގެ ކޯޗުކަމުން ޖޯސޭ މޮރީނިއޯ ވަކިކުރިތާ 73 ދުވަސް ފަހުންނެވެ. މޮރީނިއޯ ވަކިކުރުމަށް ފަހު މިދިޔަ ސީޒަނުގެ ފަހު ބައިގައި ޓޮޓެންހަމަށް ކޯޗުކޮށްދިނީ ޔޫތު ޓީމުގެ ކޯޗު ރަޔާން މޭސަންއެވެ.

ނޫނޯއާއެކު މި ސީޒަނުގެ ކުރީކޮޅު ޓޮޓެންހަމުން ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް، މި ފަހަކަށް އައިސް އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެއާއެކު ހޯމަ ދުވަހު ބޭއްވި ކުލަބުގެ ބޯޑު މެންބަރުންގެ ބައްދަލުވުމެއްގައި ވަނީ ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ނޫނޯ ވަކިކުރަން ނިންމާފައެވެ. ކޯޗުގެ މަގާމުން ނޫނޯ ވަކިކުރުމަށްފަހު ދިން އިންޓަވިއުއެއްގައި ޓޮޓެންހަމުގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީ ބުނީ އެ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ނޫނޯއާއި އޭނާގެ ކޯޗިން ޓީމުން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި މި ނިންމުން ނިންމަން ޖެހުނީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ކޯޗުގެ މަގާމުން ނޫނޯ ވަކިކުރި ނަމަވެސް، އޭނާއަށް އަބަދުވެސް ޓޮޓެންހަމުން މަރުހަބާ ކިޔާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނޫނޯ ވަކިކޮށް މި ވަގުތު ވަޒީފާއެއް ނެތި ހުރި އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން ޓޮޓެންހަމުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ޓޮޓެންހަމާ ގުޅެން ކޮންޓޭ މިހާރު އެއްބަސްވެފައިވާ ކަމަށާއި، ދާދި އަވަހަށް އޭނާ އިންގްލެންޑަށް ދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ނޫނޯއާ ޓޮޓެންހަމް ހަވާލުވުމުގެ ކުރިން އެ ކުލަބުން ވަނީ ގިނަ ކޯޗުންތަކަކާ މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ކޮންޓޭވެސް ހިމެނެއެވެ. ކޮންޓޭ ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނަށް ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗުކަން ދޫކޮށްލާފައެވެ.

ނޫނޯ އެސްޕިރީޓޯ ސަންޓޯޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
10 ޑިސެމްބަރު 2024

ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ

10 ޑިސެމްބަރު 2024
ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ
09 ޑިސެމްބަރު 2024

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް

09 ޑިސެމްބަރު 2024
ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް
24 ނޮވެމްބަރު 2024

ޓޮޓެންހަމް އަތުން ބަލިވެ، ސިޓީ ޕްރެޝަރަށް

24 ނޮވެމްބަރު 2024
ޓޮޓެންހަމް އަތުން ބަލިވެ، ސިޓީ ޕްރެޝަރަށް
04 ނޮވެމްބަރު 2024

އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

04 ނޮވެމްބަރު 2024
އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
31 އޮކްޓޯބަރު 2024

ސިޓީ ބަލިކޮށް، ޓޮޓެންހަމް ކުއާޓާ ފައިނަލަށް

31 އޮކްޓޯބަރު 2024
ސިޓީ ބަލިކޮށް، ޓޮޓެންހަމް ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް