Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަނަދޫ ބަނދަރު ބޭނުންކުރުމުގެ އުސޫލުތައް

ނ. މަނަދޫ ބަނދަރު ބޭނުންކުރާނެ އައު އުސޫލު ތަކެއް ކަނޑައަޅައިފި

3 ނޮވެމްބަރު 2021 | ބުދަ 13:59

މުނިސިޕަލް ސަރވިސްގެ ފަރާތްތައް މެދުވެރިކޮށް އަންނަނީ ބަނދަރު ބަލަހައްޓަމުން

މަލީހާ ރަޝީދު
މަލީހާ ރަޝީދު | 3 ނޮވެމްބަރު 2021 | ބުދަ 13:59
ނ. މަނަދޫ ބަނދަރު ސަރަހައްދު

ނ. މަނަދޫ ބަނދަރު ސަރަހައްދު

ނ.މަނަދޫ ބަނދަރު ބޭނުންކުރާނެ އައު އުސޫލުތަކެއް މަނަދޫ ކައުންސިލުން ކަނޑައަޅާއިފިއެވެ.

މަނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އާ އުސޫލަށް ޢަމަލު ކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަޙްމާން ޞަބީޙް ރާއްޖެ އެމް.ވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަވައިދަށް އަމަލުކުރުމުގެ މައިގަނޑު މަގުސަދަކީ, އުސޫލުތަކަކާއެކު ބަނދަރު ތަރުތީބު ކުރެވި, ބަނދަރު އޭގެ އެންމެ އެކަށޭނެ ގޮތުގައި ބޭނުން ކުރުން ކަމަށެވެ. ބަނދަރު ބޭނުން ކުރުމުގައި މިހާރު ވެސް ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ޞަބީޙް ވިދާޅުވީ, ބައެއް ފަރާތް ތަކުން ހިލައާއި ހިލަވެލި ފަދަ ތަކެތި ބަނދަރު މަތީގައި ބަހައްޓާފައި ހުންނަ ކަމަށާއި, މަސް ދުވަސް ވާއިރުވެސް މިތަކެތި ބަނދަރު ސަރަހައްދުން ނުނަގާ ހުންނަ ކަމަށެވެ. އަދި ސިޑި ކައިރީގައި މިފަދަ ތަކެތި ހުރުމުގެ ސަބަބުން ބަލި މީހުން އަރުވާ ބޭލުމަށް ދަތިތަކެއް ކުރިމަތިވެ، އެމްބިއުލާންސް ވެސް ކައިރި ނުކުރެވޭކަމަށެވެ. މީގެ އިތުރުން ކަށިވެލި ފަދަ ތަކެތި ބަހައްޓާއިރު ސަތަރި ނުވަތަ ތަރަފާލު ނާޅައި ކަށިވެލި އެޅުމަށްފަހު, އެ ސަރަހައްދުން ކަށިވެލި ހުސްކުރާއިރުގައި ރަނގަޅަށް ނުނެގި ހުރުމުގެ ސަބަބުން, ބަނދަރު ސަރަހައްދު ސާފުކޮށް ބަލަހައްޓާ ފަރާތްތަކަށް އުދަނގޫތަކާ ކުރިމަތިވާ ކަމަށެވެ.

މި އުސޫލުތަކުގައި މުދާ އަރުވާ ބޭލުމަށް ވަކި ގަވައިދުތަކެއް ހެދިފައިވެއެވެ. އަދި ބަނދަރުގެ ބޭނުން ކުރާ ފަރާތްތަކަށް ބަނދަރު ސާފުކުރުމަށާއި ބަނދަރަށް ލިބޭ ގެއްލުންތަށް މަރާމާތުކުރުމަށްޓަކައި ގަވައިދުތަކެއް ހެދިފައިވެއެވެ. މީގެ އިތުރުން ބަނދަރު ބޭނުން ކުރާ ފަރާތްތަކުގެ އިހުމާލުން ބަނދަރަށް ލިބޭ ގެއްލުންތަށް މަރާމާތު ނުކޮށްދީފިނަމަ އަމަލު ކުރާނެ އުސޫލާއި, މައްސަލަ ހައްލު ކުރުމަށް ހިނގާ ޚަރަދާ ގުޅޭގޮތުން ވެސް އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ.

މަނަދޫ ކައުންސިލްގެ ރައީސް ޞަބީޙް ވިދާޅުވީ މުނިސިޕަލް ސަރވިސްގައި އުޅުއްވާ ފަރާތްތައް މެދުވެރިކޮށް މިހާރުވެސް މަނަދޫ ބަނދަރު ބަލަހައްޓަމުން އަންނަ ކަމަށެވެ.

ނ.މަނަދޫ

އިތުރަށް ކިޔާލަން

08 އެޕްރީލު 2023

އަނިޔާތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާގެ މަރާގުޅޭ މައުލޫމާތު އެނގޭނަމަ ހިއްސާކޮށްދިނުމަށް ފުލުހުން އެދިއްޖެ

08 އެޕްރީލު 2023
އަނިޔާތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާގެ މަރާގުޅޭ މައުލޫމާތު އެނގޭނަމަ ހިއްސާކޮށްދިނުމަށް ފުލުހުން އެދިއްޖެ
28 މާރިޗު 2022

މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށިލުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

28 މާރިޗު 2022
މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށިލުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް