Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަނަދޫގައި އަންހެނަކު މަރާލާފައި އޮއްވައި ފެނުން

އަނިޔާތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާގެ މަރާގުޅޭ މައުލޫމާތު އެނގޭނަމަ ހިއްސާކޮށްދިނުމަށް ފުލުހުން އެދިއްޖެ

ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްޞަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން، ޕެތޮލޮޖިސްޓެއް މަނަދޫގައި އަންނަނީ ހަރަކާތްތެރިވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އެޕްރީލު 2023 | ހޮނިހިރު 15:49
ނައީމާ ދިރިއުޅުނު ގެ

ނައީމާ ދިރިއުޅުނު ގެ

ނ މަނަދޫގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރާގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ހިއްސާކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެގެން ފުލުހުންނަށް ރިޕޯޓްކުރީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް އެ ގެއަށް ވަނީ، އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާއެކު ނައީމާ މަރުވެފައި އޮއްވާ ފެނިފައިވާކަމަށެވެ.

Advertisement - newsAdvertisement

ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މިމައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއް ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްޞަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން، ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލިޖިސްޓް ނިންމުމުން ހަށިގަނޑު ވަނީ އާއިލާ އާ ހަވާލުކޮށްފައިކަމަށާއި، ނައީމާގެ ހަށިގަނޑު ހޮނިހިރު ދުވަހުގެ ހަވީރު 5:20ގައި ވަނީ ވަޅުލާފައިކަމަށް ފުލުހުން ބުނެއެވެ.

ނައީމާއަކީ އެރަށުގައި ކުނިކަހަން އުޅޭ މީހެކެވެ. އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހުވެސް ވިދާޅުވީ ފާއިތުވެދިޔަ ތިން މަސް ދުވަހު، ނައީމާއްތައަކީ ވޭޖް އުސޫލުން މަސައްކަތްކުރަމުން ދިޔަ މީހެއްކަމަށެވެ. ސަބީހު ވިދާޅުވީ ނައީމާއަކީ މަސައްކަތަށް ރަނގަޅު، ވަޒީފާއަށްވެސް ބަރާބަރަށް ނުކުތް މީހެއް ކަމަށެވެ. އަދި އޭނާއާމެދު އެއްވެސް ޝަކުވާއެއްވެސް ލިބިފައިނުވާކަމަށެވެ. ރަށުގައި މިފަދަ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު، މިއީ ދުވަހަކުވެސް ހީކުރިފަދަ ހާލަތެއް ނޫން ކަމަށް ސަބީހު ވިދާޅުވިއެވެ.

ނ.މަނަދޫމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު