Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައުޝަން ޖިއާންގެ މަރު

ޖިއާންގެ މަރުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ދިނުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ 31 އޮކްޓޯބަރުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ނޮވެމްބަރު 2021 | ހޯމަ 06:51
ރައުޝަން ޖިއާންގެ މަރާ ގުޅިގެން އޭނާގެ މައިންބަފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައުޝަން ޖިއާންގެ މަރާ ގުޅިގެން އޭނާގެ މައިންބަފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޑަބްލިއު ކޮންސްޓްރަކްޝަންއިން ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޙުކުމް ކޮށްފައިވާއިރު، އެ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދުމުން ހައިކޯޓުން ވަނީ އެ މައްސަލަ މިހާރު ބަލައިގެންފައެވެ. ވުމާއެކު، ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލު ކުރުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަކޮށް ޑަބްލިއު ކޮންސްޓްރަކްޝަން އިން ވަނީ ބަދަލު ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހަޅާފައެވެ.

ހައިކޯޓުން އެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައިވަނީ 31 އޮކްޓޯބަރުގައެވެ. އެގޮތުން ހައިކޯޓުން ވަނީ ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ ޖިއާންގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ 4،557،040.86 (ހަތަރު މިލިއަން ފަސް ލައްކަ ފަންސާސް ހަތްހާސް ސާޅީސް ރުފިޔުާ އަށްޑިހަ ހަ ލާރި) 31 އޯގަސްޓުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ.

އެގޮތަށް ނިންމަވާފައިވަނީ ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު މުޙައްމަދު ފައިސަލްގެ އިތުރުން، ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ އިއްތިފާޤުންނެވެ.

އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ފަސް މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ޖަލަށްލާން ހުކުމްކުރީ ދެ ބިދޭސީއެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކަކަށް ހަ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އަނެކަކުގެ މައްޗަށް އިއްވީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އިތުރު ދެ ބިދޭސީއަކު 7،200 ރުފިޔާ އިން ޖޫރިމަނާ ކުރަން ހުކުމްކުރިއެވެ.

މީގެ އިތުރުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއަރ ސައިޓް ސުޕަވައިޒަރު ހަސަންގެ މައްޗަށް ސާބިތުވީ، މީހަކު މަރުވެ ދިޔުމުގެ އިހުމާލެއް ކުރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 115،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ. ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގައި "ވައިކޭރިއަސް ލައިބިލިޓީ" ގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުން އެދި އާއިލާގެ ފަރާތުން ހުށައެޅި މައްސަލައެވެ. އެގޮތުން މި ޙާދިސާގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ނަގައިދިނުން ވަނީ އެދިފައެވެ.

ރައުޝަން ޖިއާންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު