Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން

ރާއްޖެއަށް 15 ކިލޯގެ ކޮކެއިން އެތެރެކުރި ބްރެޒިލް އަންހެން މީހާގެ ބަންދު ދަމަހައްޓައިފި

1 ނޮވެމްބަރު 2021 | ހޯމަ 06:33

އޭނާއަކީ އެއްވެސް ވަރަކަށް އިނގިރޭސި ދަންނަ މީހެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ނޮވެމްބަރު 2021 | ހޯމަ 06:33
ކްރިމިނަލް ކޯޓް- ކޯޓުން ވަނީ ލިއެކިއުންތައް ޙަވާލު ކުރުމަށް ދައުލަތަށްވެސް 3 ދުވަހުގެ މުއްދަތެއް ދީފައި

ކްރިމިނަލް ކޯޓް- ކޯޓުން ވަނީ ލިއެކިއުންތައް ޙަވާލު ކުރުމަށް ދައުލަތަށްވެސް 3 ދުވަހުގެ މުއްދަތެއް ދީފައި

ރާއްޖެއަށް 15 ކިލޯގެ ކޮކެއިން އެތެރެކުރި ބްރެޒިލް އަންހެން މީހާގެ ބަންދު ދަމަހައްޓައިފިއެވެ.

މި މައްސަލައިގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ އުފުލާފައިވަނީ ޖެކުއެލިން ފިލެޓޯ މަންސިނި ނަމަކަށް ކިޔާ ބްރެޒިލްއަށް ނިސްބަތްވާ އަންހެނެއްގެ މައްޗަށެވެ.

Advertisement - newsAdvertisement

އޭނާއަކީ އެއްވެސް ވަރަކަށް އިނގިރޭސި ދަންނަ މީހަކަށް ނުވާތީ ތަރުޖަމާ ކުރުމުގައި މިވަގުތު ވަނީ އެކި ކަހަލަ ދަތިތައް ކުރިމަތިވެފައެވެ. އެކަން ހޯމަ ދުވަހުގެ ދިފާއުން ވެސް ފާހަގަކޮށްފައިވާއިރު، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންދާނީ ދިފާއީ ވަކީލާއި ދައުވާލިބޭ ފަރާތް ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ. ޝަރީއަތުން ވަނީ ދައުލަތަށް ވެސް ލިއެކިއުންތައް ފޯރުކޮށްދޭން 3 ދުވަހުގެ މުއްދަތެއް ދީފައެވެ.

އޭނާގެ ބަންދު މަޖިލީހުގައި މައްސަލަ ބަލާ ފުލުހުންގެ އައިއޯވެސް ވަނީ މަންސިނީއަށް އިނގިރޭސި ބަސް ނޭންގޭކަމަށާއި، އޭނާއަށް އެނގެނީ ޕޯޗުގީޒް އަދި ސްޕެއިން ބަސްކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް ގާނޫނީ އިންޒާރުވެސް ދީފައިވަނީ ގޫގަލް ޓްރާންސްލޭޓަރ މެދުވެރިކޮށެވެ.

މި މައްސަލައާ ގުޅޭގޮތުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެތަކެތި ޓެސްޓް ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި ތަކެތީގެ ބަރުދަނުގައި 3.197 ކިލޯގްރާމް ހުރި ކަމަށާއި، މަގުމަތީ އަގު 15،985،000.00 ރުފިޔާއަށް އަރާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އަޑުއެހުމުގައި ދައުވާލިބޭ ޓްރާންސްލޭޓަރެއް ބައިވެރިވެފައިވާއިރު, މަންސިނީ ވަނީ އޭނާއަށް ލިބޭ ކާތަކެތި ކުޅި ކަމުން ކާން އުނދަގޫ ކަމަށާއި، ބަންދު ކުރިފަހުން މިހާތަަނަށް 12 ކިލޯ ލުއިވެފައިވާކަމަށް ބުނެފައެވެ. ޝަރީއަތުން ވަނީ އެކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ދައުލަތުންވެސް ބެލުމަށް އަންގަވާފައެވެ.

ޝަރީއަތުން ވަނީ މަންސިނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމެވި ނިންމެވުން ދަމަހައްޓަވާފައެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް