Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަމާލެ ބްރިޖް މަޝްރޫއު

ދައުރު ނިމުމުގެ ކުރިން ބްރިޖުގެ މައިގަނޑު މަސައްކަތްތައް ނިންމޭނެ: ފައްޔާޒް

މިހާރު ކުރިއަށްދަނީ ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ހަދާ ސަރވޭތައް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 އޮކްޓޯބަރު 2021 | އާދީއްތަ 18:00
ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

2022 ވަނަ އަހަރުގެ ނިމުމުގެ ކުރިން ތިލަމާލެ ބްރިޖުގެ މައިގަނޑު މަސައްކަތްތައް ނިމޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު ނުވަތަ ތިލަމާލެ ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ފެށިގެން އެ ދަނީ ކަމަށެވެ. މި މަސައްކަތަކީ ގިނަ ސަރވޭތަކަކާއި، ޑިޒައިންތަކެއް ހަދައިގެން ކުރާ މަސައްކަތެއް ކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ކޮންޓްރެކްޓަރުން ހަދަންޖެހޭ ސަރވޭގެ މަސައްކަތް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މި މަސައްކަތް ބިޑްކުރުމުގައި ދިމާވި ގާނޫނީ ބައެއް މައްސަލަތަކާ ގުޅިގެން މަސައްކަތް ހަވާލުކުރުމުގައި ލަސްތަކެއް ދިމާވި ކަމަށެވެ. އެހެންނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑުން ގަބޫލުކުރެވެނީ 2022 ވަނަ އަހަރުގެ ކުރިން ތިލަމާލެ ބްރިޖުގެ މައިގަނޑު މަސައްކަތްތައް ނިންމޭނެކަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން މި ދައުރު ނިމުމުގެ ކުރިން ވިލިނގިއްޔާ މާލެއާ ގުޅާލެވޭވަރު ކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ބްރިޖް އެޅުމުގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމެއް ދިމާވާނީ މާލެއާ ވިލިމާލެއާ ދެމެދު ބްރިޖް އެޅުމުގައި ކަމަށެވެ. އެދެމެދުގައި ވަރަށް ބޮޑު "ޑިޕްރެޝަން"އެއް އޮންނާނެ ކަމަށާއި، އެހެންވުމުން ވަރަށް ގިނަ އުނދަގޫތަކެއް ހުންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިފަދަ ކަންކަން ދިމާނުވާނަމަ މި މަސައްކަތް އެއަށްވުރެވެސް އަވަސްކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ގުޅީފަޅުގައި ގާއިމުކުރާ ޕޯޓުގެ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޕޯޓު އެޅުމަށް ބިން ހިއްކުމުގައި ގޮންޖެހުންތަކެއް ހުރިކަމަށާއި, އެހެންކަމުން މި މަސައްކަތް ޓެންޑަރއަށްވެސް ހުޅުވާލާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް 2022 ވަނަ އަހަރު ނިމުމުގެ ކުރިން ޕޯޓުގެ ކޮންކްރީޓް މަސައްކަތް ނިމިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މަސައްކަތްތަކުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުމަށް ހުއްޓަސް ޕޯޓާއި، ބްރިޖުގެ މަސައްކަތްވެސް ނުހުއްޓި ކުރިއަށްދާނެ ކަމަށާއި, މި ދައުރު ނިމޭއިރު ރައްޔިތުންނަށް އެ ތަސައްވަރު ފެންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑައަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫއު ނިންމައި، މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު، މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން، ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްތިލަމާލެ ބްރިޖް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
03 މެއި 2025

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި
18 ނޮވެމްބަރު 2024

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024
"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"
20 މާރިޗު 2024

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

20 މާރިޗު 2024
ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ
23 ނޮވެމްބަރު 2023

ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު

23 ނޮވެމްބަރު 2023
ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު
23 ނޮވެމްބަރު 2023

ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު

23 ނޮވެމްބަރު 2023
ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު
22 ނޮވެމްބަރު 2023

ރައީސް، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވައިފި

22 ނޮވެމްބަރު 2023
ރައީސް، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވައިފި
20 ނޮވެމްބަރު 2023

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު

20 ނޮވެމްބަރު 2023
ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް އާއި އެކު ޚިދުމަތްދޭ ފަރާތްތަކުން އިންޓަރނެޓް ގަންނަ އަގު 50 އިންސައްތަ ކުޑަކުރެވިގެންދާނެ - ފައްޔާޒް

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް އާއި އެކު ޚިދުމަތްދޭ ފަރާތްތަކުން އިންޓަރނެޓް ގަންނަ އަގު 50 އިންސައްތަ ކުޑަކުރެވިގެންދާނެ - ފައްޔާޒް
11 އޯގަސްޓު 2023

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: މިނިސްޓަރު ފައްޔާޒު

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: މިނިސްޓަރު ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު