Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް

ސިއްހީ ނިޒާމު: ހާލަތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ގަބޫލުކުރަނީތަ؟

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ އަދަދު މަދު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2021 | އާދީއްތަ 12:47
ކޮވިޑްގެ ހާލަތުގައި ސިއްހީ ޚިދުމަތްތެރިން ގައުމީ މަސައްކަތުގައި

ކޮވިޑްގެ ހާލަތުގައި ސިއްހީ ޚިދުމަތްތެރިން ގައުމީ މަސައްކަތުގައި

މުޅި ދުނިޔެ ކުޑަ ކަކޫ މައްޗަށް ތިރިކުރި ކޮވިޑް-19 އާއެކު ދިވެހީންގެ ދިރިއުޅުމަށްވެސް ބޮޑު ބަދަލުތަކެއް އައެވެ. ސިއްހީ ނިޒާމުގެ މުހިންމުކަމާ، ސިއްހީ ނިޒާމުގެ ހާލަތު އެންމެ ބޮޑަށް އެނގިގެންދިޔައީ ކޮވިޑާއެކުއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޑަކުޓަރުންނާއި، ނަރުހުން އަދި ސިއްހީ އޮފިޝަލުންނާއި، ސިއްހީ ދާއިރާގެ މަސައްކަތްތެރީންގެ ޚިދުމަތަށް އެންމެ ބޭނުންވި ދަނޑިވަޅަކީ ކޮވިޑުގެ ހާލަތު ގޯސްވި ދުވަސްވަރެވެ.

އަދިވެސް ހާލަތު އޮތީ މިހެންނެވެ. އައު އާންމު ހާލަތާއެކު ދިވެހީން ދިރިއުޅެން ދަސްކުރި ނަމަވެސް ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތް ދުވަހަކުވެސް ދިވެހީން ހަނދާން ނުނެތޭނެކަން ކަށަވަރެވެ. ސަބަބަކީ ގައުމުގެ އެންމެ އިސް ފަރާތް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާވެސް ކޮވިޑްގެ ހާލަތުގައި ސިއްހީ ޚިދުމަތްތެރިންގެ ލަފާގެ މަތިން ކަންކަން ނިންމެވުމުންނެވެ. މިއީ ކޮވިޑްގެ ރާޅުން ދިވެހިން ސަލާމަތް ވުމުގެ އަސްލޭ ބުނުވިދާނެއެވެ.

ހާލަތު ބަދަލުވެއްޖެއެވެ. ކޮވިޑާއެކު ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް އިންތިހާއަށް ފެންމަތި ވެއްޖެއެވެ. މިއީ ޒަމާންވީ މައްސަލަތަކެކެވެ. އެހެންނަމަވެސް ހައްލު ނުލިބިވާ ބޮޑު މައްސަލަތަކެކެވެ. ރަށްރަށުގައި އެމްބިއުލާންސެއް ނެތެވެ. އަވަސް ފަރުވާ ދެވޭނެ މިންވަރުވެސް ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުގައި ނެތެވެ. ޑަކުޓަރުންނާއި ނަރުހުން މަދެވެ. ހެލްތު ވޯކަރުން މަދެވެ. މިހިރި މިހިރި ކަންކަމަށް ބަލާއިރު، ސިއްހީ ނިޒާމުގައި އެންމެ ބޮޑު މައްސަލައަކީ މިއީ ކަމަށްވެސް ބުނެވިދާނެއެވެ.

ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން ހެލްތު ވޯކަރެއް ވިދާޅުވީ، ދުވަހުދާ ހަތަރުދަމު މަސައްކަތް ކޮށްގެން ލިބޭ މުސާރައަކީ 15،000 ރުފިޔާ ކަމަށެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނައިރު، މިއަދާއި ހަމައަށްވެސް މަސައްކަތުގެ އޮނިގަނޑު ހެދިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން ހަބަރުތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދި އެއް ޚަބަރަކީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ޑަކުޓަރުން ހޯދަން ކުރި އިއުލާންގެ ޚަބަރެވެ. މިލިއަނުން ލޯނު ނަގައި ޑަކުޓަރުކަން ކިޔަވައިގެން ރާއްޖެ އަންނަ ޑަކުޓަރަށް ސަރުކާރުގެ މައި ހޮސްޕިޓަލުގައި މަސައްކަތް ކޮށްގެން ދޭން ކަނޑައަޅާފައިވާ މުސާރައަކީ 15،000 ރުފިޔާއެވެ. އެއާއެކު އައިޖީއެމްއެޗަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މަސައްކަތްތެރީން ވަނީ މިއީ ޑަކުޓަރުންނަށް "ޖޯކު" ޖެހުން ކަމުގައި ބުނެފައެވެ.

ސިއްހީ ދާއިރާގަ ހުރި މައްސަލަތައް ހައްލުކުރުމަށް ކޮންމެ ސަރުކާރަކުންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު، ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތަކުލީފުތައް އަޑުއަހާ އެކަމަށް ހައްލު ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް މިއިން މުވައްޒަފަކާ މަޝްވަރާކޮށް މުވައްޒަފުންގެ ކެކުޅުންތައް އަޑުއެހި ސަރުކާރެއް ނެތެވެ. ދާއިރާ ތަރައްގީވާނީ ދާއިރާގެ މުވައްޒަފުންގެ ކެކުޅުންތަކަށް ހައްލު ލިބިގެންކަން ކަށަވަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

18 ސެޕްޓެމްބަރު 2018
ރާއްޖޭގެ ސިޔާސީ ޕާޓީ ނިޒާމުގެ ޙަޔާތުގައި ލަދުވެތި ދުވަހެއް!

ރާއްޖޭގެ ސިޔާސީ ޕާޓީ ނިޒާމުގެ ޙަޔާތުގައި ލަދުވެތި ދުވަހެއް!

31 މެއި 2018
ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

19 މެއި 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ޓްރީ ޓޮޕް ހޮސްޕިޓަލް: ސިއްހީ ހިދުމަތަށް އިންގިލާބެއް

ޓްރީ ޓޮޕް ހޮސްޕިޓަލް: ސިއްހީ ހިދުމަތަށް އިންގިލާބެއް

27 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު