Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްލާސްޓިކު ބޭނުންނުކުރާ ގައުމަކަށްވުން

ޕްލާސްޓިކާ ނުލައި ރާއްޖެ

ރާއްޖޭގައި އަހަރަކު 43134 ޓަނާއި ގާތްކުރާ އަދަދަކަށް ޕްލާސްޓިކް ކުނި އުފައްދާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 10:03
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަންނަނީ މަސައްކަތްކުރަމުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަންނަނީ މަސައްކަތްކުރަމުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ރާއްޖެއިން ހުއްޓާލުމުގެ އަމާޒު ހާސިލްކުރުމަށް ކަނޑައަޅާފައިވަނީ 2023ގެ ނިޔަލަށެވެ. އެ ޕްލޭނުގެ ދަށުން، އިމްޕޯޓެކޭ އެއްގޮތަށް، ބައެއް އެއްޗެހި ރާއްޖޭގައި އުފެއްދުން ވެސް ކުރިއަށް އޮތް ދެއަހަރާއި ބައިގެ ތެރޭ މަނާކުރާނެއެވެ. އެލަނޑުދަނޑި ހާސިލްކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާއެކު އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓް އާންމުކުރާގޮތަށް ގާނޫނަށް ވަނީ ބަދަލުގެނެސްފައެވެ. މިއާއެކު މިއަހަރުގެ ޖޫން މަހު ވަނީ 8 ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކޮށްފައެވެ.

ދެން މަސައްކަތް ކުރެވެމުންދިޔައީ އެފަދަ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން ގާނޫނީ ގޮތުން މަނާކުރުމަށެވެ. އެގޮތުގެމަތިން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ވަނީ މިހާރު އިސްލާހު ގެނެސްފައެވެ.

ޕްލާސްޓިކަކީ އަދި ވަކިން ޚާއްސަކޮށް އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ބާވަތުގެ ޕްލާސްޓިކަކީ ބޭނުންކުރަން ވަރަށް ފަސޭހަ އެއްޗަކަށްވާއިރު ވަރަށް ފުޅާކޮށް ވަރަށް ގިނަ ކަންކަމުގައި އޭގެ ފައިދާތައް ޕްލާސްޓިކްގެ ޒަރީއާއިން ހޯދެމުންދެއެވެ. އަދި ޕްލާސްޓިކަކީ ނިސްބަތުން އަގުހެޔޮ އުފައްދަން ފަސޭހަ އެއްޗެއްކެވެ. އެހެންކަމުން ތިމާވެއްޓަށް ނުރައްކާތެރި ޕްލާސްޓިކް ދުނިޔޭގައި އުފައްދާ ބޭނުންކުރަމުން އަންނަނީ ސިއްސައިގެން ދާ ވަރަށެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ޕްލާސްޓިކް އުފައްދަން ފަށާފައިވަނީ 1907 ވަނަ އަހަރުއެވެ. 1950 ވަނަ އަހަރާ ހަމައަށް އައިއިރު 1.6 މިލިއަން ޓަނުގެ ޕްލާސްޓިކް ދުނިޔޭގައި އުފައްދަމުން އައެވެ. 1919 ވަނަ އަހަރާ ހަމައަށް އައިއިރު 359 މިލިއަން ޓަނުގެ ޕްލާސްޓިކް އުފައްދަމުން އައިސްފައިވެއެވެ. މިހާރުގެ އަންދާޒާތަކަށް ބަލާއިރު 2025 ވަނަ އަހަރު އަންނައިރު ދުނިޔޭގައި ޕްލާސްޓިކް އުފައްދާ ނިސްބަތް 380 މިލިއަން ޓަނަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖޭގައި އަހަރަކު 43134 ޓަނާއި ގާތްކުރާ އަދަދަކަށް ޕްލާސްޓިކް ކުނި އުފައްދާކަމަށް، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއި އެން.އައި.ޖީ ކެޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާ ރިޕޯޓުން ދައްކައެވެ. މޯޕާ އާއި އެން.އައި.ޖީގެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގައި އުފެދޭ ކުނީގެ 12 އިންސައްތަ ހިއްސާކުރަނީ 43134 ޓަނާއި ގާތްކުރާ އަދަދެއްގެ ޕްލާސްޓިކެވެ. 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު، ޕްލާސްޓިކް އިމްޕޯޓް ކުރެވޭ މިންވަރު އަހަރަކު 17 އިންސައްތަ އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކާއިރު، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އިމްޕޯޓުގެ ހަތަރު އިންސައްތަ އަކީ ޕްލާސްޓިކާއި ރަބަރުގެ ބާވަތްތަކެވެ.

2019 ވަނަ އަހަރު އެތެރެކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

ޖޫސް ބޯ ހޮޅި - 15.3 މިލިއަން

ޑިސްޕޮސިބަލް ތަށި - 12 މިލިއަން

ލަންޗް ބޮކްސް - 9.5 މިލިއަން

ޕްލާސްޓިކް ކޮތަޅު - 133.4 މިލިއަން

ސުޕާރީ - 152،367 ކިލޯގެ ސުޕާރީ އެއީ 1.3 މިލިއަން ޕެކެޓް ސުޕާރީ

ޕްލާސްޓިކް ތަށި - 11.9 މިލިއަން

ކަފަބުރު - 31.5 މިލިއަން

މިއީ ހަމައެކަނި އެންމެ އަހަރެއްގެ ތެރޭގައި އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކްގެ ބާވަތްތަކުން އުފައްދާފައިވާ ތަކެތި ރާއްޖެ އެތެރެކޮށްފައިވާ ގޮތެވެ.

ރާއްޖޭގެ ސިންގަލް ޔޫސް ޕްލާސްޓިކްގެ ހާލަތު މިހާރަށްވުރެ ރަނގަޅުކޮށް މިވެއްޓަކީ ޕްލާސްޓިކާ ދުރު ވެއްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޕްލޭނެއްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކު ބޭނުންކުރުން މަދުކުރަމުން ގޮސް 2030 ގެ ނިޔަލަށް މައިގަނޑު ހުރިހާ ބާވަތެއް ތިމާވެއްޓާ ރަހުމަތްތެރި ބާވަތްތަކަށް ބަދަލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނާއެކު މިއަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ލިސްޓުގައިވާ ބާވަތްތަކަކީ:

މީގެ އިތުރުން އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނެއެވެ.

މިލަނޑުދަނޑިއާ ހަމައަށް ވާސިލުވެވިއްޖެނަމަ ރާއްޖެ މުސްތަގުބަލުގައި ފެނިގެންދާނީ ޕްލާސްޓިކާ ނުލައެވެ. ދުނިޔެއަށް ކުރިމަތިވަމުން އަންނަ މޫސުމީ ބަދަލުތަކުގެ ސަބަބުން އެކަމުގެ ގެއްލުން އެންމެ ބޮޑަށް ކުރާ އެއް ގައުމަކަށް ރާއްޖެވެގެންދާއިރު ވެއްޓަށް ގެއްލުންވާ މިފަދަ ތަކެތިން ވެށި ސަލާމަތްކޮށް ރައްކާތެރިކުރަންޖެހެއެވެ. އާންމުންގެ އަމަލުތައްވެސް އެގޮތަށް ބައްޓަންކޮށް ވީހާވެސް ތިމާވެއްޓަށް ގެއްލުންދޭ ޕްލާސްޓިކާ ދުރުވާން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު