Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއައިބީގެ ސީއީއޯ

އެމްއައިބީގެ ސީއީއޯ ހުންނެވީ ޗުއްޓީގައި، ސަސްޕެންޑެއް ނުކުރޭ: ބޭންކް

30 އޮކްޓޯބަރު 2021 | ހޮނިހިރު 06:23

ބޭންކިން ދާއިރާގައި 30 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އޮކްޓޯބަރު 2021 | ހޮނިހިރު 06:23
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އިހްތިޝާމް އަބްދުލްމުހައިމިން ސަސްޕެންޑްކޮށްފައިވާކަމަށް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރުތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

އޭނާ ސަސްޕެންޑް ކުރީ ފައިސާއާ ގުޅުންހުރި މައްސަލައެއްގައި ކަމަށާއި އޭނާ މިހާރު ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން އިސްލާމިކް ބޭންކުގެ މީޑިއާ އޮފިޝަލު ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިހްތިޝާމް މިވަގުތު ހުންނެވީ ރަސްމީ ލީވެއްގައި ރާއްޖެއިން ބޭރުގައި ކަމަށެވެ.

ބޭންކުން ވަނީ އޭނާއަށް އެއްވެސް ސަސްޕެންޝަން އޯޑަރެއް ނުވަތަ ސިޓީއެއްވެސް ދޫކޮށްފައި ނުވާކަން އެ ބޭންކުގެ ޝެއަރ ހޯލްޑަރުންނާއި، ކަސްޓަމަރުންނަށް ޔަގީން ކޮށްދީފައެވެ.

ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ މުހައިމިން މީގެ ކުރިން ވަނީ ބަންގްލަދޭޝްގައި ހުންނަ ޔުނައިޓެޑް ކޮމާޝަލް ބޭންކްގެ މެނޭޖިންގް ޑިރެކްޓަރުކަމާއި ޗީފް އެގްޒެކްޓިވް އޮފިސަރކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މުހައިމިން އަކީ ބޭންކިންގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.

2019 ވަނަ އަހަރު މަޤާމާ ހަވާލުވެވަޑައިގެން ވާހަކަ ދައްކަވަމުން އޭނާ ވަނީ އެމްއައިބީއާއެކު މަސައްކަތް ކުރަން ލިބުމުން އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ގާބިލުކަން އެބަހުރި ކަމަށާއި އެ ޚިދުމަތުގެ މައި ރޯލެއް އެމްއައިބީން އަދާކުރާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން އެމްއައިބީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ހާރިސް ހާރޫނެވެ. އޭނާ ވަނީ ބޭންކް ހުޅުވި ދުވަހުން ފެށިގެން (2009 ވަނަ އަހަރުން ފެށިގެން) 2018 ވަނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

ޔާމީނުގެ ހުންނަނީ ކްރިމިނަލް މައިންޑެއް، މިހާރު އެ ހުންނެވީ ކަނަކަށް ލާފައި: ރިޔާޒް

07 އޯގަސްޓު 2017
ޔާމީނުގެ ހުންނަނީ ކްރިމިނަލް މައިންޑެއް، މިހާރު އެ ހުންނެވީ ކަނަކަށް ލާފައި: ރިޔާޒް
29 ޖޫން 2017

ފިސްތޯލައިގެ ހަޤީޤަތް ހާމަކޮށްދެއްވަން އަދީބު ހުންނެވީ ތައްޔާރަށް!

29 ޖޫން 2017
ފިސްތޯލައިގެ ހަޤީޤަތް ހާމަކޮށްދެއްވަން އަދީބު ހުންނެވީ ތައްޔާރަށް!
18 މެއި 2017

މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި

18 މެއި 2017
މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި
18 މެއި 2017

އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

18 މެއި 2017
އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި
29 އެޕްރީލު 2017

މިހާރު ހުންނެވީ ބާކީވެފައިވާ، ލީޑަރަކަށް ވެސް ނުވާ ބޭފުޅެއް: ޝާހިދު

29 އެޕްރީލު 2017
މިހާރު ހުންނެވީ ބާކީވެފައިވާ، ލީޑަރަކަށް ވެސް ނުވާ ބޭފުޅެއް: ޝާހިދު
09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
25 މާރިޗު 2017

ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ

25 މާރިޗު 2017
 ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ
01 މާރިޗު 2017

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް