Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ރައީސް ޔާމީން

ޔާމީނުގެ ހުންނަނީ ކްރިމިނަލް މައިންޑެއް، މިހާރު އެ ހުންނެވީ ކަނަކަށް ލާފައި: ރިޔާޒް

7 އޯގަސްޓު 2017 | ހޯމަ 00:40

ރައީސް ޔާމީނަކީ ވަރަށް އަނިޔާވެރި ޚުދުމުޚްތާރު ބޭފުޅެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 7 އޯގަސްޓު 2017 | ހޯމަ 00:40
 ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް

ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް

ރައީސް އަބުދުﷲ ޔާމީނުގެ ހުންނަނީ ކްރިމިނަލް މައިންޑެއްކަމަށާއި، މިހާރު އެ ހުންނެވީ ކަނަކަށް ލާފައިކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅު އަބަދުވެސް ހުންނަނީ މީހަކަށް ލަގާއެއްދިނުމަށްކަމަށާއި، އެއީ ވަރަށް ހަސީލަތް ނުބައި ބޭފުޅެއްކަމަށެވެ.

Advertisement - newsAdvertisement

"ގާތް ބޭފުޅުން ވިދާޅުވޭ މޫނަށް ރުލެއްވެސް އަރުވާ ނުލައި ދޮގު ހަދާނޭ، އަޑު އަހާ މީހާއަށް ކޮންވިންސްވާ ވަރަށް ދޮގު ހަދައިގެން ވާހަކަ ދައްކަވާ ބޭފުޅެކޭ" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ ހުންނަނީ ވަރަށް ޚުދުމުޚްތާރު ސިފަތަކެއްކަމަށާއި، މީހުންނާއި ދޭތެރޭ އެމަނިކުފާނު ދެކިވަޑަގަންނަވަނީ ވަރަށް އަނިޔާވެރިކޮށްކަމަށެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނަކީ ކްރިމިނަލް މައިންޑެއް ގެންގުޅުއްވާ ބޭފުޅެއްކަމަށާއި، އަދި ވެރިކަމަށް ވަޑައިގެންވެސް ލީޑަރޝިޕް ދެއްކެވުމުގެ ބަދަލުގައި ރައްޔިތުނަށް އަނިޔާވެރިވަމުންދާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޖިލީހުގެ ހަތަރު މެންބަރުން އެއްވެސް ކަމަކާއި ނުލައި ގެންގޮސް ޖަލަށްލައި އަނިޔާވެރިވަމުންގޮސް، މިއަދު އޭގެން އެއް ބޭފުޅެއްގެ މަންމާފުޅު ނިޔާވުމުންވެސް ކުލުނާއި އިންސާނިއްޔަތުކަން އިސްކުރައްވާފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މެންބަރު ސައުދު ހުސެއިންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލީވެސް އަނިޔާވެރި ވިސްނުމެއްގައި ކަމަށާއި، ސައުދުގެ އެ މައްސަލައަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ފުރަތަމަ އެ މައްސަލަ ހުށައެޅުމުން އެމީހުން ބަލަން ދެކޮޅު ހެދި މައްސަލައެއްކަމަށެވެ. އެކަން ފުލުހުން ނުބަލަން ނިންމީ އެއީ އުފައްދަފައިވާ މައްސަލައެއްކަމަށް ބެލެވޭތީކަމަށް ރިޔާޒް ވިދާޅުވިއެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އެމައްސަލަ ބަލް ދެކޮޅު ހެދުމުންވެސް ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ފޮނުވައިގެން ތަހުގީގު ކުރުވީކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިފަދަ އަނިޔަވެރިކަމާއި ހުރެ، އޭނާ ވިދާޅުވިގޮތުގައި ކިރިޔާވެސް ވިސްނުމެއް ހުރި މީހަކުނަމަ ރައީސް ޔާމީނަށް އިތުބާރެއް ނުކުރައްވާނެއެވެ. އަދި އަރިހުގައި މަޖުބޫރުވެގެން ތިއްބެވި މެންބަރުންކޮޅުވެސް ތިއްބެވީ، އެމަނިކުފާނު ކޮންމެ ފަދަ ކަމެެއްވެސް ކޮށްފާނެކަމަށް ބަލައިގެންކަމަށް ވިދާޅުވިއެވެ.އޭގެ ހެއްކަކީ، އެންމެ އަރިހުގައި ތިއްބެވި މެންބަރުން ފެއަށް ޖެހިވަޑައިގެން އިދިކޮޅު ފަރާތްތަކާއި ގުޅުންކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔަމީންގެ އަނިޔާވެރިކަން ހުރި މިންވަރަށް މިސާލުދައްކަވަމުން ރިޔާޒް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ސޯޝަލް ގެދަރިންގ އަށް އާއްމުކޮށް ވަޑައިގަންނަވާ ކެފޭއެއް ފުނޑާލާ ޗިސް ޗިސްކޮށްލީވެސް "މި ރައީސް" އޯޑަރަށް ކަމަށެވެ.

"އިންސާނެއްގެ ސިފައިގައި އެ ވެލިއުއެއްކޮށްގެން، އިންޓެގްރިޓީއެއް ހުރެދާނެކަމަކަށް ނުބަލާނެ، ތިމަންނަ ބުނެފިއްޔާ މި ނިމުނީއޭ މިގޮތަށޭ މިކަން ވާންވާނީ، އެއަށް ޗެލެންޖް ކުރި މީހަކު އެ ދެން އެ ހިސާބުން ބްލެކް ލިސްޓްވީ" ރިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ އިންތިހާއަށް ޝައްކުކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވަމުން ރިޔާޒް ވިދާޅުވީ، ޕީޕީއެމް މަޖިލިސް މެންބަރުންގެ ތެރެއިން ބޭފުޅުންކޮޅެއް ނައިބު ރައީސަށް ވެރިކަން ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވިކަމަށްވެސް އެމަނިކުފާނު ޝައްކު ކުރެއްވިކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސްޔާމީނަކީ، އެމަނިކުފާނު ވިދާޅުވާ ކޮންމެ އެއްޗެއް އެއީ ގަބޫލުކުރަން ޖެހޭ އެއްޗެއްގެ ގޮތުގައި ބައްލަވާ ބޭފުޅެއްކަމަށެވެ. މިފަދަ ކަންކަމާއި ހުރެ މިއަދު އެމަނިކުފާނު ހުންނަވަން ޖެހިަފއިވަނީ، އަރިހުގައި ތިބި އެންމެން ދުރަށް ޖެހި، ހުރިހާ ކާޑްތައް ހުސްވެ، އެކަނި ކަނަކަށް ޖެހިފައިކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް