Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތް

ތިމާވެއްޓަށް ތިމާ ކުރާ އަނިޔާ ހުއްޓާލާ!

މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް އަންނަނީ ވަރަށް ބޮޑަށް ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 10:10
ތިމާވެއްޓަށް ތިމާދޭ ގެއްލުން ހުއްޓުމަށް މަސައްކަތްކުރަންޖެހޭ

ތިމާވެއްޓަށް ތިމާދޭ ގެއްލުން ހުއްޓުމަށް މަސައްކަތްކުރަންޖެހޭ

އެންމެ ކުޑައިރުއްސުރެވެސް ކޮންމެ ދިވެއްސަކުވެސް އަޑުއަހާ އާންމު ވާހަކައެއް އޮވެއެވެ. އެއީ ރާއްޖޭގެ ރަށްތައް އަޑިއަށްދާ ވާހަކައެވެ. ރާއްޖެ އަޑިއަށްދާ ވާހަކައެވެ. ރަށް އަޑިއަށް ދަނީ ކިހިނެއްހެއްޔެވެ؟ ކަނޑުގެ ލޮނުގަނޑު އުފުލިގެންނެވެ. ކަނޑުގެ ލޮނުގަނޑު އުފުލެނީ ކިހިނެއްހެއްޔެވެ؟ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވެ ދެ ތަނޑީގައި ހުރި ގަނޑުފެންތައް ވިރިގެންނެވެ. މިއީ ހަމަ ކޮންމެ ދިވެއްސަކަށް ހެންވެސް އެނގޭނެ އާންމު މައުލޫމާތެވެ. ސްކޫލް ދައުރުގައި ކިޔެވި ފޮތްތަކުން އެނގޭ މައުލޫމާތެވެ. އެއްބަޔަކަށް މިއީ މަޖާ ވާހަކައެކެވެ. އެމީހުން ބުނާ ގޮތުގައި އެއީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ބޭރު ދުނިޔޭގައި ދައްކާނެ ވާހަކައެއް ނެތިގެން ދައްކާ ވާހަކައެކެވެ. ސަމާލުކަން ހޯދުމަށެވެ. ފައިސާ ހޯދުމަށެވެ. ކަނޑުގެ ލޮނުގަނޑެއް ނުއުފުލޭނެއެވެ. ރަށެއް އަޑިއަކަށް ނުދާނެއެވެ. ރާއްޖެ އަޑިއަކަށް ނުދާނެއެވެ.

ނަމަވެސް ދުނިޔެއިން ފެންނަމުންދާ ކަންތައްތަކަށް ބަލާލާއިރު މިއީ މަޖަލަށް ހަދައިގެން ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫންކަން އަންނަނީ ފެންނަމުންނެވެ. ދުނިޔެ އަންނަނީ އެއް ދުވަހުން އަނެއްދުވަހަށް ހޫނުވަމުންނެވެ. ކަނޑުގެ ލޮނުގަނޑު އަންނަނީ އުފުލެމުންނެވެ. މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު މިދަނީ ދިވެހިން އަމިއްލައަށް ތަޖުރިބާ ކުރަމުންނެވެ. މީގެ ދިހަވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު ރާއްޖެއަށް ވިއްސާރަކުރަމުންދިޔަ ގޮތާއި އުދައެރުމާއި ރަށްތައް ގިރުމާއި މިފަދަ ހުރިހާ ކަމަކަށް ބަދަލުތައް އެބައާދެއެވެ. ކުރީގައި ބުނެ އުޅެއެވެ. ވިއްސާރަކުރާނީ ހުޅަނގު މޫސުމުގައެވެ. ޖޫން ޖުލައިގެ ގަދަ ވިއްސާރައަކީ އަބަދުވެސް ދައްކާ ވާހަކައެވެ. ނަމަވެސް މިހާރު އަބަދުހެން އޮންނަނީ ޖޫން ޖުލައިގެ ގަދަ ވިއްސާރައެވެ. ޔެލޯ އެލަރޓުން ނުކަތައިގެން އޮރެންޖް އެލަރޓްގައެވެ. ވަށައިގެން ކަނޑުއޮތް ގައުމެއްގައި ކަނޑުމައްޗަށް ނޭރޭވަރަށް މޫސުން ގޯސްވެގެންދާ ދުވަސްތައް ގިނަވާން ފަށައިފިއެވެ. މިހުންނަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކަށް ރާއްޖެ ވާނެތީ ޒަމާނުއްސުރެވެސް ރާއްޖެދިޔައީ ބައިނަލްއަގްވާމީ މުޖުތަމައުގައި އެވާހަކަ ދައްކަމުންނެވެ. އަބަދުވެސް ދިވެހިން ބުނަމުން ދިޔައީ ބޮޑެތި މުއްސަނދި ގައުމުތަކުން ތަރައްގީއަށް ކުރަމުންދާ ކަންކަމުގެ އަގު އަދާކުރަންވީ ދިވެހިންގެ ފުރާނައިންހެއްޔެވެ؟ ދުނިޔެ ހޫނުވަމުން އަންނަކަމާއި އެކަމުގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަކަމުގެ އަޑުތައް ދިވެހިން އަބަދުވެސް ދިޔައީ އިއްވަމުންނެވެ. އެކަމަށް ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަންވެސް ވަނީ ލިބިފައެވެ. ނަމަވެސް ދެން އުފެދޭ ސުވާލަކީ ދިވެހިންނަށް މިކަން އިހުސާސްވޭ ހެއްޔެވެ؟

ތެދެކެވެ. ދުނިޔެ ހޫނުވުމަށް ދިވެހިން އަދާކުރަނީ ވަރަށްވެސް ކުޑަ މިންވަރެއްގެ ދައުރެކެވެ. ރާއްޖެއިން ޖައްވަށް ބޭރު ކުރާ ވިހާ ގޭހުގެ އަދަދަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ 0.003 އިންސައްތައެވެ. އެއީ ހަގީގަތުގައި ދުނިޔެ ހޫނުވަމުންދާ ދިޔުމުގައި ދިވެހިން ތަހައްމަލުކުރަން މިޖެހޭ ކަންކަމާއި އަޅާބަލާއިރު ވަރަށްވެސް ކުޑަ މިންވަރެކެވެ. ނަމަވެސް މީގައި ދެން އުފައްދަން އޮތް ސުވާލަކީ މިވާހަކަ ބޭރު ދުނިޔޭގައި ދައްކާލުމުން އެހިސާބުން ދިވެހިންގެ ޒިންމާ އަދާކުރެވުނީ ހެއްޔެވެ؟ ދުނިޔެ ހޫނުވުމުގެ ޒިންމާ ބޮޑެތި ގައުމުތަކުގެ ބޮލުގައި އަޅުވާފައި ތިބެންވީހެއްޔެވެ؟ ދިވެހިންނަށް ތިމާގެ ވަށައިގެންވާ ވެއްޓަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ދިވެހިންނަށް ދިވެހިންގެ ވެށި ރައްކާތެރިކުރުމަށް، ހިމާޔަތްކުރުމަށް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟

އެންމެ ކުޑައިރުއްސުރެވެސް ދަސްކޮށްދޭ އާދައެއް އޮވެއެވެ. ކުނި ނާޅާށެވެ. ކުނި އަޅާނީ ކުނި އަޅަން ޚާއްސަކޮށްފައި ހުންނަ ތަންތަނަށެވެ. ޖެހުނު ތާކަށް ކުނި ނާޅާށެވެ. ކުނި ނާޅަން ޖެހެނީ ކީއްވެހެއްޔެވެ؟ އުޅޭ މާހައުލު ހަޑިވާތީއެވެ. ނަމަވެސް އުޅޭ މާހައުލު ހަޑިވުން ފިޔަވައި ކުނިން ތިމާވެއްޓަށް ކުރާ އަސަރު އެނގެނީ ކިތައް ދިވެހިންނަށް ހެއްޔެވެ؟ ތިމާ އުފައްދާ ކުންޏަށް ތިމާ ޒިންމާވާންޖެހޭކަން ވިސްނާލެވިފައިވަނީ ކިތައް ދިވެހިންނަށް ހެއްޔެވެ؟ އުފައްދާ ކުނީގެ ނިސްބަތް މަދުކުރުމާމެދު ވިސްނާލަނީ ކިތައް ދިވެހިން ހެއްޔެވެ؟ ގުދުރަތީ ގޮތުން ރަށަކަށް ލިބިފައި އޮންނަ އެންމެ ރީތި އެކައްޗަކީ އެރަށެއްގެ ގޮނޑުދޮށެވެ. ނަމަވެސް މަދު ރަށެއްގައި ނޫނީ ގޮނޑުދޮށުން ފެންނާނީ ކުންޏެވެ. ގިނައިން ޕްލާސްޓިކުގެ ބާވަތްތަކެވެ. ގިނަ ދުވަހުން ނެތި ފަނާވާ ޒާތުގެ ކުންޏެވެ. ކީއްވެހެއްޔެވެ؟ ޒަމާނުއްސުރެވެސް ދިވެހިންނަށް ދިރިއުޅުމުގައި ބޭނުންކުރެވެމުން އަންނަނީ ގިނަދުވަހުން ހަލާކުވާ ޒާތުގެ ތަކެއްޗެވެ. ގިނައިން ޕްލާސްޓިކެވެ. ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅިއެވެ. އޭގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި ތަކެތި ބޭނުންކޮށް ކުނި އުފެދޭ މިންވަރު މަދުކޮށް ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ ނިޒާމަކަށް ދިވެހިން ދާން އަދިވެސް އަވަހީތޯއެވެ. އެކަމަށް ދިވެހިން ސަމާލުކަން ދޭންޖެހޭ ދުވަސް އަދިވެސް ނާންނަނީ ހެއްޔެވެ؟

ކުނީގެ ސަބަބުން ދިވެހިން ފަހުރުވެރިކަމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ ގާތުގައިވެސް ބުނާ ރީތި މޫދާއި ކަނޑާއި ފަރުތަކާއި ފަޅުތައް ހަޑިވެ ހަލާކުވަނީއެވެ. ފަރުތައް ޕްލާސްޓިކުގެ އެކި ބާވަތްތަކުގެ ކުނިން ފުރި މަރުވަނީއެވެ. ފަރުތައްމަރުވާ ހަމައެކަނި ސަބަބަކީ ދުނިޔެ ހޫނުވުމެއް ނޫނެވެ. އެހެންކަމަށްވާއިރު ކުނި އަޅައިގެން ކަނޑުގެ ދިރުން އަމިއްލަ އަތުން ހަލާކުކުރަނީ ކީއްކުރަން ހެއްޔެވެ؟ ކަނޑުގެ ހުންނަ ކުނިތައް ކަނޑުގައި ދިރިއުޅޭ މަސްމަހާމެހި ކާއިރު މަސް ހިފައިގެން ދިވެހިން ކަމުންދާއިރު އަމިއްލަ ހަށިގަނޑަށް މިވަންނަ ކާނާއާ މެދު ވިސްނާލެވޭ ހެއްޔެވެ؟ ތިމާ އުފައްދާ ކުނި އަނބުރާ ތިމާގެ ހަށިގަނޑަށް ވަދެދާނެކަމާމެދު ވިސްނާލީ ކިތައް ދިވެހިން ހެއްޔެވެ؟

ހޭޅި ފަށުން ގަސް ކަނޑަން ނުވާނެކަމަށް ސްކޫލްގައިވެސް ކިޔައިދެއެވެ. އެތައް ދުވަހެއް ވަންދެން ހުންނަ ގަސްތައް ނުކަނޑާވާނެ ގޮތެއް ހޯދަންޖެހޭކަމަށް ބުނެދެއެވެ. ނަމަވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. ތަރައްގީގެ ނަމުގައި ކޮންމެވެސް ކަމެއްކުރަން ގަސް ކަނޑާލަނީއެވެ. އެތައް އަހަރެއް ވަންދެން ރަށަށް ހިމާޔަތްދެމުން ދިޔަ ގަސްތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަނޑާލަނީއެވެ. ފަޅު ރަށްރަށުންވެސް ގަސް ކަނޑަނީއެވެ. ހޭޅި ފަށުން ވެލި ނަގަނީއެވެ. ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކަށް ބޮޑެތި ފަޅުތަކާއި ފަރުތައް ހިއްކަނީއެވެ. ކުޅިތަކާއި ފާތައްވެސް ތަރައްގީގެ ނަމުގައި ހަލާކުކުރަނީއެވެ. އޭގެ އަސަރު ރަށްތަކަށް ކުރަމުންދަނީ ހީވެސް ނުކުރާ މިންވަރަށެވެ.

ކުރިޔަށް އޮތީ ކޮޕް26އެވެ. ތިމާވެއްޓާ ގުޅޭގޮތުން ދުނިޔޭގެ ހުރިހާ އެންމެން އެއްތާކަށް އެއްވެ އަނެއްކާވެސް ވާހަކަތައް ދައްކާ ގޮތްތަކެއް ނިންމާނެއެވެ. ރާއްޖެއިންވެސް ބޮޑު ވަފުދެއް ކޮންފަރެންސްގައި ބައިވެރިވެއެވެ. ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެހެންކަމުން ކޮޕް26 ގައިވެސް ރާއްޖޭގެ އަޑު އިވިގެންދާނެެއެވެ. ނަމަވެސް ބޭރު ދުނިޔޭގައި އުފުލަމުންދާ އަޑުތަކާއި އެއްވަރަށް ގައުމުގައި ކަންކަން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަންވާން ޖެހެއެވެ. އަމިއްލަ ވެއްޓަށް އަމިއްލަ އަތުން އަނިޔާ ދެވޭކަމާއި އެކަން މިހާރުން މިހާރަށްވެސް ހުއްޓަންޖެހޭކަން ދިވެހިންނަށް އެނގެން އެބަޖެހެއެވެ. މިކަން ހުރިހާ އެންމެންނަށް ވިސްނެން އެބަޖެހެއެވެ. އެގޮތަށް އަމަލުތައް ބައްޓަންކުރެވެން އެބަޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެވެށި އަނިޔާ އަކީ ކޮބައިކަން ދެނެގަންނާނެ ގޮތްތައް !

ގެވެށި އަނިޔާ އަކީ ކޮބައިކަން ދެނެގަންނާނެ ގޮތްތައް !

04 ނޮވެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު