Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވޯރލްޑް ބޭންކް

ވޯރލްޑް ބޭންކުގެ އިސް 2 ބޭފުޅަކު ރާއްޖެއަށް!

29 އޮކްޓޯބަރު 2021 | ހުކުރު 17:15

ރާއްޖެ ވަޑައިގެން އުޅުއްވަނީ ވޯލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް އަދި އެގްޒެކިއުޓިވް ޑައިރެކްޓަރ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 އޮކްޓޯބަރު 2021 | ހުކުރު 17:15
ވޯރލްޑް ބޭންކުގެ ދެ ބޭފުޅަކު ރާއްޖެ ވަޑައިގެންނެވުން - ފިނޭންސް މިނިސްޓްރީ

ވޯރލްޑް ބޭންކުގެ ދެ ބޭފުޅަކު ރާއްޖެ ވަޑައިގެންނެވުން - ފިނޭންސް މިނިސްޓްރީ

ވޯރލްޑް ބޭންކުގެ އިސް ދެ ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ވޯރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ހަރޓްވިގް ޝެއިފާ އަދި އެ ބޭންކުގެ އެގްޒެކިއުޓިވް ޑައިރެކްޓަރ ޑރ. މަރްޒާ ޙަސަން ހުކުރު ދުވަހު ރާއްޖެ ވަޑައިގެންފައިވާކަމަށެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާއި، ވޯރލްޑް ބޭންކުގެ ފަރާތުން ރާއްޖޭގައި މަސައްކަތްކުރައްވާ އިސް ބޭފުޅުން ވަނީ މި ދެ ބޭފުޅުންނަށްވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން މަރުހަބާ ވިދާޅުވެފައެވެ.

މި ދެ ބޭފުޅުންވެސް ރާއްޖެ ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވޯރލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ހާޓްވިގް ޝެއިފާ ވަނީ, ދެ އަހަރު ފަހުން ރާއްޖެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް ސަރުކާރުގެ ފަރާތުންނާއި، ޕްރައިވެޓް ކުންފުނިތަކުންނާއި، ސްޓޭކްހޯލްޑަރުން ކުރަމުންދާ މަސައްކަތްތަކާއި، މި މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވައި ހަރޓްވިގް ދެއްވި ވީޑިއޯ އިންޓަރވިއުއެއްގައި ވިދާޅުވީ, ރާއްޖެ ވަޑައިގެންނެވުމުގެ މައިގަނޑު މަގުސަދަކަށް ވާނީ ކުރިމަގުގައި އިގްތިސާދު ކުރިއެރުވުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވާކަން ފާހަގަކުރައްވައި ޝެއިފާ ވިދާޅުވީ, ރާއްޖޭގެ ފަތުރުވެރިކަން އަލުން އާރާސްތުވަމުން އަންނާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ވަކިވަކި ފަރުދުންނަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ޕެންޑެމިކްގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، މުވައްޒަފުންނަށް އިންކަމް ސަޕޯރޓް ދިނުމަށް ވޯރލްޑް ބޭންކުން ދިން އެހީތެރިކަން ޝެއިފާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ވޯލްޑް ބޭންކުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ލިބޭނެކަން ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް