Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުގެންޑާ ކޮވިޑް ޙާލަތު

ޔުގެންޑާގެ ސުކޫލުތައް ހުޅުވާލާނީ އަންނަ ޖެނުއަރީގައި

ސުކޫލުތައް ބަންދު ކުރީ 2020 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޮކްޓޯބަރު 2021 | ހުކުރު 08:36
ޔުގެންޑާގެ ސުކޫލުތައް އަލުން ހުޅުވާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން

ޔުގެންޑާގެ ސުކޫލުތައް އަލުން ހުޅުވާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން

ޔުގެންޑާގެ ސުކޫލުތައް އަންނަ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށް އެ ޤައުމުގެ ރައީސް ޔުވޭރީ މުސޭވެނީ ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ސަބަބުން އެ ޤައުމުގެ ސުކޫލުތައް ބަންދު ކުރީ 2020 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. އެ ޤައުމުގެ ރައީސްއާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ޤައުމުގެ ސުކޫލުތައް އަލުން ހުޅުވާލުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި އިޤްތިސާދީ އެހެނިހެން ހަރަކާތްތައް ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަނެއްކާވެސް ފެށިގެންދާނެ ކަމަށް މުސޭވެނީ ވިދާޅުވިއެވެ.

މުސޭވެނީ އެހެން ވިދާޅުވެފައިވާއިރު، ޔުގެންޑާގެ 45 މިލިއަނެއްހާ މީހުންގެ އާބާދީގެ ތެރެއިން ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 3 މިލިއަނަށް ވެސް ނާރާ ކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ.

އެ ޤައުމުގެ ރައީސް ވަނީ އަލުން އިޤްތިސާދު ހުޅުވާލުމަށް އޮތް މަގަކީ ވެކްސިން ކަމަށް ވިދާޅުވެ، ވީހާވެސް ގިނަ މީހުން ވެކްސިން ޖެއްސެވުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން މިހާރުވެސް 4.7 މިލިއަނަށްވުރެ ގިނަ ޑޯޒް ވެކްސިން ހޯދާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު 23 މިލިއަން ޑޯޒް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މުސޭވެނީ ވިދާޅުވެއެވެ.

އަދި ޑިސެމްބަރު މަސް ނިމެންވާއިރަށް އެ ޤައުމުން މަދުވެގެން 12 މިލިއަން މީހުން ވެކްސިން ފުރިހަމަ ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ވެކްސިން ފުރިހަމަ ނުކުރި ނަމަވެސް ސުކޫލުތަކާއި އިޤްތިސާދީ ޙަރަކާތްތަކަށް އަލުން ހުޅުވާލާނެ ކަމަށް ވިދާޅުވެ، ރައްޔިތުން އަދާ ކުރަންޖެހޭ ފަރުދީ ޒިންމާ އަދާ ކުރުމަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2018

ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާދިން ރަޝިޔާގެ ޖާސޫސުގެ ޙާލު އަންނަނީ ރަނގަޅުވަމުން: އިނގިރޭސިވިލާތް

06 އެޕްރީލު 2018
ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާދިން ރަޝިޔާގެ ޖާސޫސުގެ ޙާލު އަންނަނީ ރަނގަޅުވަމުން: އިނގިރޭސިވިލާތް
20 މާރިޗު 2018

މުއްސަނދި ކަމަކަށް އެދިގެން އަންނަ ދާއިރާއަކަށް ސިޔާސީ ދާއިރާ ނަހައްދަވާ: ރަނިލް

20 މާރިޗު 2018
މުއްސަނދި ކަމަކަށް އެދިގެން އަންނަ ދާއިރާއަކަށް ސިޔާސީ ދާއިރާ ނަހައްދަވާ: ރަނިލް
12 މާރިޗު 2018

ރަމަޟާން މަސް އަންނަންވާއިރަށް ގަތަރަކީ އެ ގައުމަށް ބޭނުންވާ މިންވަރަށް ކިރުގެ އުފެއްދުންތައް އުފެއްދޭ ގައުމަކަށްވާނެ

12 މާރިޗު 2018
ރަމަޟާން މަސް އަންނަންވާއިރަށް ގަތަރަކީ އެ ގައުމަށް ބޭނުންވާ މިންވަރަށް ކިރުގެ އުފެއްދުންތައް އުފެއްދޭ ގައުމަކަށްވާނެ
01 މާރިޗު 2018

ގަތަރުގެ އަމީރު އަންނަ މަހު އެެމެރިކާއަށް ވަޑައިގަންނަވަނީ

01 މާރިޗު 2018
ގަތަރުގެ އަމީރު އަންނަ މަހު އެެމެރިކާއަށް ވަޑައިގަންނަވަނީ
22 ނޮވެމްބަރު 2017

ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް

22 ނޮވެމްބަރު 2017
ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު