Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދުބާއީ އެކްސްޕޯ

ކުރިއަށްއޮތް ދެ އަހަރު ރާއްޖެއިން ފަތުރުވެރިކަމާއި އިންވެސްޓެމެންޓުގެ ބޮޑު "ޖަމްޕެއް" ޖަހާނެ: މައުސޫމް

ރާއްޖޭގެ 18 ރަށެއް ވަނީ އިންވެސްޓަރުންނަށް ހުޅުވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 08:15
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަދައްކަވަނީ

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަދައްކަވަނީ

2022 އަދި 2023 ވާނީ ރާއްޖެއިން އިންވެސްޓްމެންޓުގެ ގޮތުންނާއި، ފަތުރުވެރިކަމުގެ ގޮތުން ވެސް ބޮޑު ޖަމްޕެއް ޖަހާނެ ދެ އަހަރަށް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދުބާއީގައި ކުރިއަށްދާ ވޯލްޑް އެކްސްޕޯއާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި އެކްސްޕޯގެ ތެރެއިން ރާއްޖެ ވަރަށް ބޮޑަށް އިންވެސްޓަރުންނަށް ހުޅުވާލާފައިވާކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ އެކި ކަންކަމަށް އިންވެސްޓުކުރުމަށާއި، ރިސޯޓުތައް ތަރައްގީކުރުމަށް ރާއްޖޭގެ 18 ރަށެއް ހުޅުވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން އެކްސްޕޯގެ ތެރެއިން އެކި ފަހަރުމަތިން ރަށްތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ހަފްތާގެ ތެރޭގައި މި ރަށްތައް އިތުރަށް ޕްރޮމޯޓްކުރުމަށް މައުލޫމާތު ދިނުން ކުރިއަށްދާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ މިހާރު ހުޅުވާލާފައި އޮތް ރަށްތަކުގެ އިތުރުން އިތުރު ރަށްތައް ވެސް އެކްސްޕޯއަށް ހުޅުވާލެވިގެންދާނެ ކަމަށެވެ. މި މަސައްކަތަކީ ރަށްރަށުގެ ކައުންސިލްތަކާ ވެސް ގުޅިގެން ކުރާ މަސައްކަތެއް ކަމަށާއި، ރަށްތައް ހުޅުވާލާފައިވަނީ ޓޫރިޒަމްގެ އިންވެސްޓްމެންޓުތައް ބޭނުންވާ ސަރަހައްދުތަކަށް ބަލައިގެން ކަމަށް ވިދާޅުވިއެވެ. ހދ. އަތޮޅަށް ފަތުރުވެރިކަމުގެ އިންވެސްޓްމެންޓުތައް ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމަށް ބާރުދެއްވައި މިނިސްޓަރ ވިދާޅުވީ ހއ. އަދި ހދ. އަތޮޅުން ވެސް ރަށްތަކެއް އެކްސްޕޯއަށް ހުޅުވާލާފައިވާކަމަށެވެ.

މިއާއެކު ރާއްޖެއަށް އިތުރު އިންވެސްޓްމެންޓުތައް އަންނާނެ ކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ރާއްޖެ މިއޮތީ ވަރަށް ބޮޑަށް ހަމަހިމޭން ވެފައި ކަމަށާއި، މިވަގުތު ދުނިޔޭގައި ތިބި ފައިސާވެރިން ތިބީ މިފަދަ ފުރުސަތަކަށް ވަރަށް ބޮޑަށް ބަލަބަލައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން 2022 އަދި 2023 ވާނީ އިންވެސްޓްމެންޓުގެ ގޮތުންނާއި، ފަތުރުވެރިކަން ގޮތުން ވެސް ބޮޑު ޖަމްޕެއް ޖަހާނެ ދެ އަހަރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުބާއީ އެކްސްޕޯއަކީ ދިގު މުއްދަތަކަށް ދެމިގެންދާ އެކްސްޕޯއަކަށްވުމުން މި ރަށްތަކަށް ބިޑް ކުރުމަށާއި، ރަށްތައް ބަލާލުމަށް ވެސް ދިގު މުއްދަތެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ގިނަ އިންވެސްޓަރުން ލިބުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.

މި ރަށްތަކަށް ބިޑު ހުށަހަޅާއިރު ވެސް ރާއްޖޭގެ އިންވެސްޓަރުންނާއި، ބޭރުގެ އިންވެސްޓަރުން ގުޅިގެން ބިޑު ކުރާނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރަށްތައް ހެދި 2024 ގެ ތެރޭގައި ރަށްތައް ހުޅުވާލެވޭނެ ކަމަށް ވެސް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު