Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސައްކަތްތެރި ޒުވާނުން މަދުވުން

ގައުމުގެ ކުރިމަގާއިމެދު ސުވާލު އުފެދެން ފަށައިފި!

28 އޮކްޓޯބަރު 2021 | ބުރާސްފަތި 10:27

މިއަދު މި ގައުމުގައި ބިދޭސީންގެ ހިއްސާ ބޮޑު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 10:27
މަސައްކަތްތެރި ދިވެހި ޒުވާނުން މަދުވުން

މަސައްކަތްތެރި ދިވެހި ޒުވާނުން މަދުވުން

މީހުން ބުނެ އުޅެއެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ބޭއްވުމުގެ އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ ޒުވާނުންނެވެ. އެ ގައުމަކަށް ބޭނުންވާ ތަރައްގީއާއި އިގްތިސާދީ ކުރިއެރުންތައްވެސް ގެނެސްދެނީ ޒުވާނުންނެވެ. މިކަންކަން ކުރާނެ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް އެންމެ ތުއްތު އިރުން ފެށިގެންވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެކުދިންނަށް ކިޔަވައިދީ، މޮޅު ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރެއެވެ. ސަރުކާރުގެ ހިއްސާއާއި މައިންބަފައިންގެ ހިއްސާ މިކަމުގައި އޮންނައިރު، މިކަން ކުރަނީ ބޮޑެތި އުންމީދުތަކަކާއެކުއެވެ. އެކުދިން ބޮޑުވެގެން ގައުމަށް ޚިދުމަތްކޮށްދީ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށެވެ.

އެހެންނަމަވެސް މިއަދު ރާއްޖޭގެ ހާލަތަށް ބަލާލާއިރު، ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ގައުމުގެ ކަންކަމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވަމުންދަނީ ޒުވާނުންނެއް ނޫނެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެންދިޔައީ ޒުވާނުންގެ ދުވަހާއި ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތަކުންނެވެެ. ރާއްޖޭގެ އާބާދީގެ 257،215 މީހުންނަކީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންކަމަށްވާއިރު، މީގެތެރެއިން 56 އިންސައްތަ ޒުވާނުންނަކީ ވަޒީފާއާއި ތަމްރީނު ނެތް, އަދި ތައުލީމު ހާސިލުކުރުމުގައިވެސް ހަރަކާތްތެރިނުވާ ޒުވާނުން ކަމަށް ވަނީ ދައްކާފައެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ މިކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި މުޖުމައުގައި އެއްވެސް މަސައްކަތެއް ނުކޮށް ވަރަށް ގިނަ ޒުވާނުން އެބަތިބި ކަމަށާއި، މިއި ސީރިއަސް ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ވަޒީފަގެ ބާޒާރުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުންދާތީ މިކަމުން ވެސް އެނގެނީ މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، ވަޒީފާގެ ބާޒާރުގައި ތަފާތު އެކި ފުރުސަތުތައް ހުރިކަންކަމަށް ރައީސް ވިދާޅުވިއެވެ.

މަސައްކަތުގެ ބާޒާރުގައި ބިދޭސީ މަސައްކަތްތެރިން ބޮޑު ރޯލެއް އަދާކުރާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެވެ. މިކަމާ ހިތްހަމަ ނުޖެހިފައި ވާހަކަދައްކާ މީހުން ގިނަ ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ ރާއްޖޭގެ ވަޒީފާގައި ބާޒާރުގައި ހަރަކާތްތެރިވާ ޒުވާނުން ނިސްބަތުން މަދުއިރު، މި ގައުމު ނުހުއްޓި ހިނގަ ހިނގާ މި އޮންނަނީ އެކި އެކި ވަޒީފާތަކުގައި ހަރަކާތްތެރިވާ ބިދޭސީންގެވެސް ބޮޑު ހިއްސާއަކާ އެކުގައި ކަމެވެ.

މިހިސާބުން އުފެދޭ ސުވާލަކީ އެއްވެސް މަސައްކަތެއް ނުކޮށް ޒުވާނުންގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުން އުޅެނީ ކީއްވެގެންތޯއެވެ. އެންމެ ކުރިން ފެށިގެންވެސް ދިވެހިން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކޮށް އުޅުނު މަސައްކަތްތަކަކީ ދަނޑުވެރިކަމާއި މަސްވެރިކަމެވެ. މިއަދު މި ދެ ސިނާއަތަށް ބަލާލާއިރު، މި މަސައްތަކުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ. މި މަސައްކަތްތަކުގައި ހަރަކާތްތެރިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެމީހުންނާއެކު އިތުރު މަސައްކަތްތައް ކުރުމުގައި ގިނަ ފަހަރަށް ހަރަކާތްތެރިވަނީ އަނެއްކާވެސް ހަމަ ބިދޭސީންނެވެ. ތެދަށް ބުނާނަމަ ރާއްޖޭގައި ބިދޭސީން ހަރަކާތްތެރިނުވާ ދާއިރާއެއް ނެތެވެ. ބައެއް މީހުން ބުނާގޮތުގައި މިހާރުގެ ޒުވާނުންނަށް ކުރެވެނީ ހަމައެކަނި އޮފީހެއްގެ ތެރޭގައި ކޮމްޕިއުޓަރެއް ކުރިމަތީގައި އިނދެގެން ކުރެވޭ މަސައްކަތްތަކެވެ. މިއީ ތެދަކަށް ވެސް ވެދާނެއެވެ.

މިއަދުގެ މުޖުތަމައަށް ބަލާލާއިރު މަސްތުވާތަކެތީގެ އަަވައިގައި ޖެހިގެން އެކަމުގައި މުޅި ދުވަސް ހޭދަކުރާ ޒުވާނުންވެސް މަދެއް ނޫނެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް އެތިކޮޅެއް ހޯދަން އުޅޭ ތަން ނުވަތަ މީހެއް ކައިރީ ލާރި ދޭން ކިޔާތަނެވެ. މިއީ މިއަދު މި ގައުމުގެ ހާލަތަށް ވާއިރު، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައިވެސް ޒުވާނުންނާއި ކުޑަކުދިން ހަރަކާތްތެރިވާ މިންވަރު ދަނީ ދުވަހަކަށްވުރެ ދުވަހެއް މަތިވަމުންނެވެ.

މިގޮތަށް މިކަން ވާނަމަ މި ގައުމުގެ ކުރިމަގާއިމެދު ވިސްނައި ފިކުރުކުރަންޖެހެއެވެ. މާދަމާގެ ޒުވާނުންނަކީ މި ގައުމުގެ ހުންގާނާ ހަވާލުވެވޭ ވަރުގެ ބަޔަކަށް ވެދާނެތޯ ސުވާލު އުފެދެއެވެ. ކޮންމެ އަހަރަކު އެތައް ބަޔަކު މަތީ ސާނަވީ ތައުލީމު ހާސިލްކޮށް ގްރެޖުއޭޓް ވަމުން އަންނައިރު، މި ޒުވާނުންނަކީ ވަޒީފާ އަދާނުކުރާ ބައެއްތޯވެސް ސުވާލު އުފެދެއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

23 ޖޫން 2018

ސިޔާސީ ހަރަކާތް ހުއްޓުވުން: ހުސް ސުވާލު! ފުލުހުންނަށް ޖަވާބެއް ނުދެވުނު

23 ޖޫން 2018
ސިޔާސީ ހަރަކާތް ހުއްޓުވުން: ހުސް ސުވާލު! ފުލުހުންނަށް ޖަވާބެއް ނުދެވުނު
10 ޖޫން 2018

އިދިކޮޅު ކެނޑިޑޭޓެއް ނެރުން: ޖަވާބު ނުލިބޭ ސުވާލު!

10 ޖޫން 2018
އިދިކޮޅު ކެނޑިޑޭޓެއް ނެރުން: ޖަވާބު ނުލިބޭ ސުވާލު!
15 ފެބުރުއަރީ 2018

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު
26 އޮކްޓޯބަރު 2017

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!
19 އޮކްޓޯބަރު 2017

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
12 ޖުލައި 2017

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް