Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅު ކެނޑިޑޭޓް

އިދިކޮޅު ކެނޑިޑޭޓެއް ނެރުން: ޖަވާބު ނުލިބޭ ސުވާލު!

އިދިކޮޅު ފަރާތްތަކުގެ ހިޔާލު ވަނީ ތަފާތުވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 10 ޖޫން 2018 | އާދީއްތަ 10:35
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް ފަރާތްތައް

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް ފަރާތްތައް

ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް ތިން މަހެއްހާ ދުވަހަށް ކައިރިވެފައިވާ އިރު، އަދިވެސް އެންމެ ބޮޑަށް ރައްޔިތުން ދައްކާ ވާހަކައަކީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭނެ ކެނޑިޑޭޓެއްގެ ވާހަކަ އެވެ. މިކަން މުޅި ގައުމުގައި ބޮޑު ބަހުސަށް ވެއްޖެއެވެ. ހޮޅުއަށިތަކުން އެސްއެމްއެސްތަކުން ފޯނާ ހަމައަށް ބަހުސް ތިލަވެއްޖެއެވެ.

އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގުޅިގެން އެއް ކެނޑިޑޭޓް ނެރެން މަސައްކަތްކުރާ އިރު އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރިކަން މީޑިއާއަށް ތިލަވަމުންދާ ބަޔާންތަކުންނާއި އިސްވެރިންގެ މެދުގައި ކުރެވޭ ޓްވީޓްތަކުން ވަރަށް ސާފުކޮށް އެނގެއެވެ.

ޖަލުހުކުމެއް އޮތް ނަމަވެސް އެއްބަޔަކު އުންމީދާއެކު ކިޔަމުންދަނީ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅެވެ. އަނެއް ބަޔަކު ބުނަނީ ރައީސް ނަޝީދު ފަހަތަށް ޖެހިވަޑައިގެން އެހެން ބޭފުޅެއް ދައްކަވަން ޖެހޭ ކަމަށެވެ. ވަކިވަކިން ކެނޑިޑޭޓުން ނެރުން މިހާރު ހާލަތު އޮތް ގޮތުން ރަނގަޅުވާނެ ކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ. ކޮންމެޕާޓީއަކުން ވެސް ޝަރުތު ހަމަވާ ކެނޑިޑޭޓުން ނެރެގެން ފުރަތަމަ ބުރުގައި ވަކިން ވާދަ ކުރަންވީ ކަމަށް އެމީހުން ބުނެއެވެ. ދެވަނަ ބުރުގައި އެކައްޗެއް ކިޔޭނެ ކަމަށާއި މާޒީގައި ވެސް އެކަން ތަކުރާރުވެފައި ވެސް އެބަހުރި ކަމަށް ވެސް ބުނެއެވެ.

އާންމު ގޮތެއްގައި ވެސް ގައުމުގައި އާންމުކޮށް ހިނގާ ހުރިހާ ކަމަކަށް ފާޑުވިދާޅުވެ ނުވަތަ އަމިއްލަފުޅު ހިޔާލު ޓްވީޓްގެ ޒަރިއްޔާއިން ހާމަކުރައްވާ، ރައީސް ނަޝީދު މިކަމާ ގުޅިގެން އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު މިހާރު ވަނީ އެއްޗެއް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެއްކެނޑިޑޭޓަކު ނެރުމަށް ހުރަހަކަށް އެމަނިކުފާނުވެވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގެންނެވި ކަމަށް ސާފުކޮށް އަދި ވިދާޅުވެފައެއް ނެތެވެ. އެވިދާޅުވާ ބަސްފުޅުގެ ތަފްސީލެއްވެސް އަދި ނުދެއްވައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްކެނޑިޑޭޓެއް ނެރުމުގެ މައްސަލަ ވަކިކޮޅެއްގައި ނުޖެހި ދިގުލަމުން ދިޔަޔަސް ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އިންތިހާބަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ޓިކެޓް ހަވާލުކޮށްފައި އޮތުމުންނެވެ.

ގުޅިފައިވާ ޕާޓީތަކުން ނެރެން މަސައްކަތްކުރާ އެއް ކެނޑިޑޭޓްގެ މައްސަލައިގައި ގާސިމް އިބުރާހިމް ވެސް މިހާރު ވަނީ އެމަނިކުފާނުގެ ހިޔާލުފުޅު ހިއްސާ ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވަނީ ގުޅިފައިވާ ޕާޓީތަކުން ނެރުން ބުއްދިވެރީ އެއްވެސް ދައުވާއެއް ނުކުރާ ހުކުމެއް ތަންފީޒު ކުރަމުން ނުދާ ސާފު ބޭފުޅެއް ކަމަށެވެ. މި ވާހަކައިން ޔަގީންވަނީ މިވަގުތުގެ ހާލަތަށް ބަލާއިރު ގާސިމް އިބުރާހިމަށް ވެސް އަދި މުހައްމަދު ނަޝީދަށް ވެސް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުޝަތު ގެއްލިވަޑައިގެންފައިވާ ކަމަށާ އަވަހަށް އާ ބޭފުޅަކު ދައްކަންޖެހޭކަން އެމަނިކުފާނު ގަބޫލު ކުރައްވައިފި ކަމެވެ. އަދި ނަޝީދަށް ވާދަ ނުކުރެއްވޭ އިރު ސާފު ކެނޑިޑޭޓެއް ދެއްކުމުގެ ފުރުޝަތު ޖޭޕީއަށް ދިނުމަށް އެވަނީ އެދިވަޑައިގެންފައެވެ.

ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދާ ގާސިމް އިބުރާހިމަށް އިންތިހާބުގައި ވާދަކުރެއްވުމަށް އޮތް ފުރުޝަތު ހުކުމަކާ ގުޅިގެން ގެއްލިވަޑައިގަތަސް ސާފު ބޭފުޅަކު ނުވަތަ ދައުވާއެއް ނުކުރައްވާނެ ކަމަށް ، ބަންދު ނުކުރާނެ ކަމަށް ބަލައިގެން މިހާރު މިރާއްޖޭގައި ކެނޑިޑޭޓެއް ނެރުމުގެ ވިސްނުމަކީ އެހާ މުހިންމު ކަމެއް ނޫނެވެ. ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް އެތައް ކަމެއް ހިނގާ ފަސްގަނޑެއްގައި ހަމަޔާ އުސޫލުން ކަމެއް ހިނގާނެ ކަމަށް ގަބޫލު ނުކުރުމަށް ގޮވާނަގާ ބަޔަކު ވެސް އެބަތިއްބެވެ.

ސޯޝަލް މީޑިއާގައި ހުރި ބައެއް ހިޔާލުތަކަށް ބަލާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ނަން ވެސް ވަނީ ތިލަވެގެން އައިސްފައެވެ. އެއީ ސަބަބުތަކެއް އޮތުމުންނެވެ.

އިބޫގެ ނަމަށް ތާއީދުކޮށް ވާހަކަދައްކަވައިފައިވާ ބައެއް ބޭފުޅުންނަށް ބަލާއިރު ގިނަބައެއްގެ ލޯބި ހޯއްދަވައިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ކުރީގެ ބަންޑާރަނައިބު އަދި މަސްހޫރު ގާނޫނީ ވަކީލު ހުސްނު ސުއޫދު ފަދަ ބޭފުޅުން ހިމެނެއެވެ.

ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެވޭ ނަމަ ދެން އެންމެ ގާބިލް ކެނޑިޑޭޓަކީ އިބޫ ކަމަށް އެފަރާތްތަކުން ގަބޫލުކުރެ އެވެ. އިބޫއަކީ ރައްޔިތުންގެ މަޖިލީހުގައި 24 އަހަރު މެދުކެނޑުމެއްނެތި ޚިދުމަތް ކުރެއްވި އިރު ތަފާތު ހިޔާލުގެ ބޭފުޅުން ގޮވައިގެން މަސައްކަތް ކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެއް ގޮތުގައި މަހުލޫފް ވަނީ ސިފަކުރައްވައިފައެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އައި ހިސާބުގެ ކުރިން ވެސް ޕާޓީތައް ގުޅިގެން ކުރަން ޖެހޭ ކަންކަމުގައި އެމްޑީޕީން ދައްކައިފައިވާ މޫނަކީ އެއީއެވެ. އަދި ރައީސް ނަޝީދާ އިބުރާހިމް މުހައްމަދު ޞާލިހްއާ ދެމެދު އުފެދިފައިވާ އިތުބާރަކީ މިފަދަ ކަންކަމުގައި ވަރަށް ބޮޑު ދައުރެއް ކުޅޭނެ އެއްޗެއް ކަމަށް އެންމެން ވެސް ގަބޫލު ކުރެއެވެ. އެހެން ނަމަވެސް ގާސިމް އެވިދާޅުވާ ޝަރުތު އިބޫގެ ވެސް ފުރިހަމަ ނުވާނެއެވެ. ހުކުމެއް ކޮށްފައި އޮތުމަކުންނޫނެވެ. ދައުވާ ކޮށްފައިވާ މައްސަލައެއް އޮތުމުންނެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތެއް އެބައޮތެވެ. ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކާ ދައުވާކުރާ މައްސަލައެއް ރައްދުވާ ފަރާތަކާ މެދު ދެކެން ޖެހޭ ގޮތް ތަފާތެވެ. ތަހްގީގީމަރުހަލާއެއްގައިވާ މައްސަލައަކާ ގުޅުން އޮތް ފަރާތަކާ ޖަލުގައި ހުކުމް ތަންފީޒު ކުރާ ފަރާތަކާ ތަފާތެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ތާއީދު އޮތް ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގެ ޓިކެޓް މިހާރު ހަވާލު ކުރައްވައިފައިވާ މުހައްމަދު ނަޝީދަށް ކުރިމަތި ނުލެވޭނެކަން ޔަގީންވާނެ ހިސާބު ނިންމާނެ ތާރީހެއް ދުވަހެއް އަދި ނޭންގެއެވެ. އެހެން ނަމަވެސް ނަޝީދަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު ހޯއްދަވާނެ ކަމަށް ބެލެވޭ ލިސްޓްގައި އިބުރާހިމް މުހައްމަދު ޞާލިހްގެ ނަން އެބައޮތެވެ. އަދި ތާއީދު އޮތް އެހެން ބޭފުޅުންގެ ނަންތައް ވެސް ހިމެނެ އެވެ. އަބުދުﷲ ޝާހިދާ މުހައްމަދު ޝިހާބް ފަދަ ބޭފުޅުންގެ ނަމަކީ ވެސް އެކި މީހުންގެ ތުންތުން މަތިން އިވެމުންދާ ނަންތަކެވެ.

ނަޝީދަށް އިންތިހާބަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި ކިޔާނެ ނަންތަކެއް މުހިންމެއް ނޫނެވެ. މުހިންމީ ރައްޔިތުން ގަބޫލު ކުރާނެ ކެނޑިޑޭޓެއް ގޮވައިގެން ތާއީދު ހޯދުމަށް ކުރަން އޮތް މަސައްކަތަށް ނިކުތުމެވެ. ދޫދޭންޖެހޭ ބޭފުޅަކު ދޫދެއްވުމަށް ފަހު ގެންނަންޖެހޭ ބަދަލެއް ގެނަސް ނަތީޖާއާ ހަމައަށް ދިޔުމަށް ބޭނުންވާ ކެނޑިޑޭޓަކާއެކު މަސައްކަތް ފެށުމެވެ. މުހައްމަދު ނަޝީދު ކަމަށް ވިޔަސް އިބުރާހިމް މުހައްމަދު ޞާލިހް ކަމަށް ވިޔަސް ރައްޔިތުންގެ ގިނަ ބަޔަކަށް އެނަމަކާ ދިމާލުގައި ފާހަގަޖަހާލެވޭނެ ކަމުގެ އުންމީދު އޮތް ނަމެއް ދައްކާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017
ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު