Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން

ރައްޔިތުންނަށްޓަކައި ކުރާ ކޮންމެ ކަމަކީ އޭގެ ކޮލިޓީ ހިފެހެއްޓިގެން، އެންމެ ބޭނުންތެރި ގޮތަށް ކުރާކަމަކަށްވުމީ ރައީސް ބޭނުންފުޅުވާ ގޮތް - ނައިބުރައީސް

ފުވައްމުލަކު ސްކޫލްގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް، އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާ އަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އޮކްޓޯބަރު 2021 | ބުދަ 12:26
ފުވައްމުލައް ސިޓީގެ މަސްޖިދުލް ހުދާ ބިނާ ކުރުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ފައިޞަލް ނަސީމް ވާހަކަފުޅުދައްކަވަނީ

ފުވައްމުލައް ސިޓީގެ މަސްޖިދުލް ހުދާ ބިނާ ކުރުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ފައިޞަލް ނަސީމް ވާހަކަފުޅުދައްކަވަނީ

ރައްޔިތުންނަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކީ އޭގެ ކޮލިޓީ ހިފެހެއްޓިގެން، އެންމެ ބޭނުންތެރި ގޮތަށް ކުރާ ކަމަކަށްވުމީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު މަސްޖިދުލް ހުދާ ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ބިނާކުރާ މި މިސްކިތުގައި އެއް ވަގުތަކު 450 މީހުނަށް ނަމާދުކުރުމުގެ މަގުފަހިވެގެންދާނެއެވެ. މިސްކިތް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 8 އޮގަސްޓް 2021ގައެވެ. މިއީ ދައުލަތުގެ ބަޖެޓުން 8.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. 2 ފަންގިފިލާއަށް އިމާރާތްކުރާ މިސްކިތް ނިންމުމަށް ދީފައިވަނީ 333 ދުވަހުގެ މުއްދަތެކެވެ.

ނައިބުރައީސް ވަނީ ބުދަ ދުވަހު ފުވައްމުލަކު ސްކޫލަށް ޒިޔާރަތް ކުރައްވައި, އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފައެވެ. ފުވައްމުލަކު ސްކޫލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުއްވުމަަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި, ސަރުކާރުން ރާއްޖޭގައި ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ގެންގުޅުއްވާ ވިސްނުމަކީ ސްކޫލްތަކުގައި ފަސޭހަކަމާއެކު ރަނގަޅު މާހައުލެއްގައި ކުދިންނަށް ކިޔަވައިދިނުމުގެ ފުރުޞަތު ހޯދައިދީ އަދި މުވައްޒަފުންނަށް އެކަންކަން ކުރެވޭނެފަދަ މާހައުލެއް ގާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ޙާފިޒް އަޙްމަދު ސްކޫލަށް ވަޑައިގެން، ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ, ތައުލީމު ފޯރުކޮށްދޭން ތިއްބަވާ އެންމެހާ ފަރާތްތަކުން ރަށުގެ މަސްލަހަތާއި ކުދިންގެ މުސްތަޤުބަލު އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކުގެ 4 އަވަށުގެ 4 ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެން އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެކަންކަމާއިމެދު މަޝްވަރާކުރައްވައިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވަނީ ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާމެދު ސަރުކާރުން ގެންގުޅުއްވާ ވިސްނުމާއި ސިޔާސަތުތައް ހިއްސާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު