Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރުވާނުދީ ލަސްވި މައްސަލަ

ވިލިނގިލީގައި އަންހެނަކަށް ފަރުވާ ނުދީ ލަސްވި ވާހަކަ ހޮސްޕިޓަލުން ދޮގުކޮށްފި

ރައްޓެހިންތަކަކާއެކު ކަސްރަތަށް ގޮސް އުޅެނިކޮށް ހޭނެތުނީ 57 އަހަރުގެ އަންހެނެއް

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2021 | ބުދަ 12:16
ގއ. އަތޮޅު ހޮސްޕިޓަލް

ގއ. އަތޮޅު ހޮސްޕިޓަލް

ގއ. ވިލިނގިލީގައި ރައްޓެހިންތަކަކާއެކު ކަސްރަތަށް ގޮސް އުޅެނިކޮށް ހޭނެތުނު އަންހެންމީހާ ގިނަ އިރުތަކެއް ނުވެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަހުމަދު ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި ރައްޓެހިންތަކަކާއެކު ކަސްރަތަށް ގޮސް އުޅެނިކޮށް ހޭނެތުނީ 57 އަހަރުގެ އަންހެނަކެވެ. އޭނާ ހޭނެތިފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަންހެން މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި ފަރުވާކުޑަކުރި ކަމަށާއި، އެމްބިއުލާންސް ނުފޮނުވާ ވާހަކަ ވަނީ މީޑިއާތަކުގައި ރިޕޯޓްކޮށްފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މިކަމާ ގުޅިގެން ހޮސްޕިޓަލުގެ މެނޭޖަރ ޝަރީފް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ; އަންހެން މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގުޅުމުން ވަގުތުން އެމްބިއުލާންސް ފޮނުވި ކަމަށެވެ. އަދި އެވަގުތު އަންހެން މީހާ ކައިރީގައި ހޮސްޕިޓަލުގެ އެޓެންޑެންޓެއް ހުރި ކަމަށާއި، އެމްބިއުލާންސް ފޮނުވަން ގުޅީ ހޮސްޕިޓަލުގެ އެޓެންޑެންޓް ކަމަށެވެ.

މީޑިއާތަކުގައި އާއިލާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން، އައުޓްޑޯރ ޖިމަށް ކަސްރަތުކުރަން ގޮސް ހުއްޓާ ކުއްލިއަކަށް އެމީހާ ބޯ އަނބުރަން ފެށުމުން, އެތަނުން ބެންޗެއްގައި ބައިންދާފައި އިންދާ ވެއްޓުނުކަމަށެވެ. އަދި ކައިރީގައި ތިބި މީހުން ވަގުތުން އެމްބިއުލާންސްއަށް ގުޅި ކަމަށްވެސް އެމީހާގެ އާއިލާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ޝަރީފް ވިދާޅުވީ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުމާއެކު އެމީހާ އިންކިއުބޭޓަރަށް ލާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުފެންނާތީ, އިމަރޖެންސީކޮށް އާދިއްތަ ދުވަހުގެ ހެނދުނު, އެމްއެންޑީއެފް ސަދަރން އޭރިޔާގެ އެހީތެރިކަމާއެކު ބަލިމީހާ މާލެ ގެންދިއުމުގެ ކަންކަން ހަމަޖެއްސުމަށް ހޮސްޕިޓަލުން މަސައްކަތް ފެށިކަމަށެވެ.

ނަމަވެސް ހޮސްޕިޓަލުން ބަލިމީހާގެ އަސްލު ހާލަތު ސިއްރުކޮށްފައި އޮތުމުން ހެލިކަޕްޓަރު އައުން ލަސްވިކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ. މީގެ އިތުރުން ހޮސްޕިޓަލުން ފޮނުވަން ޖެހޭ ލިޔެކިޔުންތައް ނުފޮނުވާ ކަމަށް ވެސް އެމްއެންޑީއެފްއާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

ހެލިކޮޕްޓަރުން މާލެ ގެނައުމަށްފަހު އައިޖީއެމްއެޗަށް އަންހެންމީހާއަށް ފަރުވާދިނުމަށް ގެންދިއައެވެ. އަދި އިތުރު ފަރުވާއަށް ފަހުން އޭޑީކޭއަށް ވަނީ ގެންގޮސްފައެވެ. އަދި އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް އާއިލާއާއި ހަވާލާދީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަންހެން މީހާގެ ހާލު ވަރަށް ދެރައެވެ. އަންހެން މީހާ ތިން ފަހަރު ސްޓްރޯކް ޖެހިފައިވާ އިރު، ސިކުނޑިއަށް ލޭ އެޅިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު