Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް

ހިޔާ ފްލެޓާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް

27 އޮކްޓޯބަރު 2021 | ބުދަ 08:46

ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވި އިސްލާހު ފާސްކުރީ، 43 މެމްބަރުންގެ ވޯޓުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އޮކްޓޯބަރު 2021 | ބުދަ 08:46
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓް

ހިޔާ ފްލެޓް އެޅުމުގައި މަކަރާއި ހީލަތް އެކުލެވޭތީ އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙުއެވެ. މި މައްސަލަ ކަމާ ގުޅުންހުރި ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވި އިސްލާހު ފާސްކުރީ، 43 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީއަށް ފޮނުވުމަށް ނުފެންނަ ކަމަށް ވޯޓްދެއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

Advertisement - newsAdvertisement

ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންނަށް ފަސޭހައިން އަގުހެޔޮކޮށް ބޯހިޔާވިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުގައި ރައްޔިތުންނަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކުރުމުން ރައްޔިތުންނަށް އެކަމުގައި ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.

މަޝްރޫއު ހިންގުމުގައި މަކަރާއި ހީލަތާއި، ކޮރަޕްޝަން އެކުލެވިގެންވާ ކަމަށާއި، ރައްޔިތުން ދިރިއުޅުމަށް އިމާރާތްކުރާ ތަނެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންކަން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކަންކަން ހަމަޖައްސައި ދިނުމުގެ ބަދަލުގައި، ގަސްދުގައި ހިންގާފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުންނާއި، ދިވެހި ދައުލަތަށް ނުހަނު ބޮޑެތި ގެއްލުން ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އަދި މަޝްރޫޢު ހިންގާފައިވާ ގޮތާއި، އަގު ކަނޑައަޅާފައިވާ ގޮތުން ރައްޔިތުންގެ ހިތުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދިފައިވާކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

އެ މަޝްރޫއުގެ ކަންކަން ހިނގާފައިވާ ގޮތް ހައުސިންގ މިނިސްޓްރީން ދިރާސާކުރުމަށްފަހު، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް އެކިފަހަރު މަތިން އެއީ ޞައްޚަ މައުލޫމާތެއް ނޫންކަން ދެއްކުމަށް މަސައްކަތްކޮށް ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައި ހަގީގަތް ފޮރުވަން ބަޔަކު މަސައްކަތްކޮށް، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދާފައިވާކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން ހިޔާ މަޝްރޫއުގެ ކަންކަން ހިނގާފައިވާގޮތް ދެނެގަނެ، މަޝްރޫޢުގެ ޖުމްލަ އަގު ދެނެގަތުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އޮޑިޓް ރިޕޯޓުން މިހުރިހާ ކަމެއް ސާފުވާ ކަމަށެވެ. ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި މަކަރާއި ހީލަތާއި، ކޮރަޕްޝަނާއި، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުން ކުރުން ފަދަ ޖަރީމާތައް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވާން އޮތް ކަމަށް ވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މިކަމުގައި ޖިނާއީ ތަހުގީގެއް ހިންގައި، މިކަމުގައި އިސްކޮށް ތިބި މީހުންގެ މައްސަލަތައް ބެލުމަށްވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް