Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނުން

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ހިމަނައިފި

27 އޮކްޓޯބަރު 2021 | ބުދަ 04:46

މަޖިލީހުގެ ޕާޓީތަކަށް އައި ބަދަލާ ގުޅިގެން ކޮމިޓީތަކަށް އަންނަ ބަދަލު ފާސްކުރުމަށް ހުށަހަޅާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އޮކްޓޯބަރު 2021 | ބުދަ 04:46
އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުމުގެ ތެރެއިން

އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މިކަން އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ ގޮތުގައި ތިއްބެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އިލެކްޝަން ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ މެމްބަރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާތީ އާއި، އެކަމާ ގުޅުންހުރި ލިޔުންތައް މަޖިލީހަށް ލިބިފައިވާތީ، މި ތިން މެމްބަރުންނަކީ އެމްއެންޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ރަސްޓްރީކޮށް، މަޖިލީހުގެ ދަފްތަރުގައި އެ ޕާޓީ ހިމަނާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއާއެކު މިހާރު މަޖިލީހުގައި ޕާޓީތައް ބެހިފައިވާ ގޮތަކީ، އެމްޑީޕީގެ 65 މެމްބަރުން، ޕީޕީއެމްގެ 7 މެމްބަރުން، ޖުމްހުރީ ޕާޓީގެ 3 މެމްބަރުން، ޕީއެންސީ 3 މެމްބަރުން، އެމްއެންޕީގެ 3 މެމްބަރުން، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައަންސްގެ 2 މެމްބަރުން، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 5 މެމްބަރުންނެވެ. މަޖިލީހުގެ ޕާޓީތަކަށް އައި ބަދަލާ ގުޅިގެން ކޮމިޓީތަކަށް އަންނަ ބަދަލު ފާސްކުރުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވުނުތާ 2 މަހާއި 12 ދުވަހުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކުރުމަށް ބޭނުންވާ ހުރިހާ ގާނޫނީ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ރަޖިސްޓްރީ ކުރީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، ޕާޓީގެ ރަޖިސްޓްރޭޝަންގެ ކަންތައް ބާރު ސްޕީޑުގައި ކުރިޔަށްދިޔައީ ދިވެހި ރައްޔިތުން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށާއި، ޕާޓީ ރަޖިސްޓްރީ ކުރެވުމާއެކު، މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ޕާޓީން މިހާރު އަމާޒު ކަނޑައަޅާފައިވަނީ 10،000 މެމްބަރުން ހަމަކުރުމަށް ކަމަށާއި، އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން 5000 މެންބަރުންނަށް ވުރެ ގިނަ ފޯމާއެކުއެވެ. އިލެކްޝަންސް ކޮމިޝަނުން, މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 15 ޖުލައި 2021 ގައެވެ. އެގޮތުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެމްއެންޕީއާ ގިނަ އަދަދެއްގެ މެންބަރުން ދިޔައީ ގުޅެމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް