Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް / ހައިކޯޓުގެ ބަޔާން

ހައިކޯޓުން އެބުނީ ރަނގަޅަށް، "ސީދާ" ރައީސް ނަޝީދުގެ އެއްވެސް ވާހަކައެއް ނުދައްކަވާ!

ފަނޑިޔާރު ޝަހީދު ސުވާލު ކުރެއްވީ ސުޕްރީމް ކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނެރުނު އަމުރަކާ ގުޅިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2020 | ހޯމަ 11:40
ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު

ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައި، ދައުލަތުގެ އެތައް މިލިއަން ފައިސާއަކަށް ހިޔާނާތްތެރިވެވަޑައިގެންވިކަމަށް ތުހުމަތުކުރެވޭ، އަދި މަނީ ލޯންޑަރިންގ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިއަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ހައިކޯޓުގައި ވަނީ ބާއްވާފަ އެވެ. އެދުވަހުގެ ޝަރީއަތުގެ އަޑުއެހުމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންނާއި, ރައީސް ޔާމީނަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުންނާއި, ރައްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ބޮޑެތި ހުރިހާ ނިއުސް އެޖެންސީތަކުގެ ނޫސްވެރިންވެސް ވަޑައިގެންނެވި އެވެ.

އެ ދުވަހުގެ ޝަރީއަތާއި ގުޅޭ ގިނަ ހަބަރުތަކެއް ނޫސްތަކުން ގެނެސްދީފައިވާއިރު، ހައިކޯޓަށް އަޅައިގަތީ "ރާއްޖެއެމްވީ"ގައި އަޅުގަނޑު ލިޔުނު "ރައީސް ޔާމީންގެ ޝަރީއަތް: ރައީސް ނަޝީދުގެ މައްސަލާގައި، ފަނޑިޔާރު ޝަހީދުގެ ގިނަ ސުވާލުތަކެއް"، މި ސުރުހީގެ ދަށުން ލިޔުނު ޚަބަރެވެ.

އެ ޚަބަރާއި ގުޅިގެން، ހައިކޯޓުން ނެރުނުު ބަޔާނުގައި އަޅުގަނޑު ލިޔުނު އެ ޚަބަރަކީ "ދިވެހިރާއްޖޭގެ ހައިކޯޓާ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދުގެ އަގު ވައްޓާލާ ރައްޔިތުންގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދުއާ މެދު ނުބައި ތަސައްވުރެއް ދެއްކުމަށް މަސައްކަތްކޮށް، އަދި ހަމަ އެހެންމެ، ޝަރީޢަތުގެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތާއި ޚިލާފަށް ލިޔެފައިވާ ޚަބަރެއް" ކަމަށް ބުނެފައި ވެއެވެ. މީގެއިތުރުން، "ދިވެހިރާއްޖޭގެ ހައިކޯޓުގައި، 28 ޖަނަވަރީ 2020 ވަނަ ދުވަހު ބޭއްވުނު، ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން އިސްތިއުނާފުކުރެވުނު މައްސަލައިގެ އަޑު އެހުން ކުރިއަށްގެންދިޔައީ އާއްމުކޮށް ހުޅުވާލައިގެންނެވެ. މި މައްސަލައިގެ އަޑު އެހުމަށް ވަންނަން ބޭނުންވި ހުރިހާ ނޫސްވެރިންނަށާއި އާންމުންނަށް ފުރުސަތު ދީފައިވާނެއެވެ. އަދި ހުޅުވާލައިގެން ބޭއްވޭ ހުރިހާ ޝަރީޢަތްތަކަށްވެސް ނޫސްވެރިންނާއި އާއްމުން ވަނުމަކީ ހައިކޯޓުން ހިއްވަރުދޭ، އަދި އެކަމަށް މަގުފަހިވެސް ކޮށްދޭކަންކަން" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އާންމުކޮށް ހުޅުވާލައިގެން ބޭއްވުނު މި ޝަރީޢަތުގެ މަޖިލީހުގެ އެއްވެސް ހިސާބެއްގައި ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމާއި ގުޅޭގޮތުން ނުވަތަ އެ ނޫން ގޮތަކުންވެސް ރައީސް ނަޝީދުގެ އެއްވެސް ވާހަކައެއް ފަނޑިޔާރުންގެ ބެންޗުންވެސް އަދި މައްސަލައިގެ ޚަސްމުންވެސް ފާހަގަކޮށްފައެއް ނުވެއެވެ." ހައިކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ، "އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ދެކެނީ، މި ޚަބަރަކީ ކަނޑައެޅިގެން ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދުގެ އަބުރާއި އިއްޒަތަށް ހުތުރުވާގޮތަށް ގެނެސްދީފައިވާ ޚަބަރެއް ކަމަށެވެ."

ރަނގަޅެވެ. ހައިކޯޓުގެ އެއަޑުއެހުމުގައި "ސީދާ" ރައީސް ނަޝީދު އާގުޅޭ އެއްވެސް ވާހަކައެއް ފަނޑިޔާރުންގެ ބެންޗުގެ އެއްވެސް ފަނޑިޔާރަކު އަދި މައްސަލައިގައި ހިމެނޭ އެއްވެސް ޚަސްމަކުވެސް ދައްކަވާފައެއް ނުވެއެވެ. ނަމަވެސް ހައިކޯޓަށް އޮޅުން އަރާފައިވާ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ކޯޓުތަކުގެ ޝަރީޢަތުގައި ފަނޑިޔާރުންނާއި ދެ ފަރާތުގެ ގާނޫނީ ވަކީލުން ދައްކަވާ ވާހަކަތައް ސީދާ އެވިދާޅުވާ ގޮތަށް ޚަބަރު ގެނެސްދޭނަމަ ރައްޔިތުންނަށް އޮޅުން އެރުމަކީ އެކަށީގެންވާ ކަމެކެވެ. ލިޔުންތެރިން ނުވަތަ ނޫސްވެރިން ޚަބަރު ލިޔާއިރު ޝަރީޢަތުގެ އަޑުއެހުމުގައި ހިނގާދިޔަ ކަންކަކަމާއި، ފަނޑިޔާރަކު ނުވަތަ ވަކީލަކު ވިދާޅުވިޔަސް އެވިދާޅުވި ވާހަކައެއްގެ މާނަ ނުގެއްލޭގޮތަށް، އެވިދާޅުވި ވާހަކައެއް އެންމެ "ތިލަކޮށް" ރައްޔިތުން މީހާއަށް އެންމެ ފަސޭހައި އެ ޚަބަރު "ފަހުމް" ވާނެ ގޮތަށް ގެނެސްދިނުމަކީ މުހިންމު ކަމެކެވެ. އަދި ޝަރީއަތުގެ އަޑުއެހުންތަކުގައި ޝަރުއީ ދާއިރާގެ ކޯޓުތަކުން ކޮށްފައި ހުންނަ ހުކުމްތަކާ ހަވާލާދެއްވާއިރު، ގިނަ ފަހަރު ފަނޑިޔާރުން އަދި ގާނޫނީ ވަކީލުން ވިޔަސް ހަވާލާ ދެއްވާނީ އެ ޤަޟިއްޔާ ނަމްބަރަކަށެވެ. އެ ޤަޟިއްޔާ ނިސްބަތްވާ ފަރާތެއްގެ ނަން ވަރަށް ބޭނުންކުރުމަކީ ކޮށް އުޅޭކަމެއް ނޫނެވެ. އަދި ގާނޫނަށް ރިއާޔަތް ކުރެއްވިޔަސް އާންމުކޮށް ވިދާޅުވާނީ ގާނޫނު ނަމްބަރާއި ގާނޫނުގެ މާއްދާގެ ނަމްބަރެވެ. ޤާނޫނުގެ ނަންވެސް ވިދާޅުވާނީ މަދު ފަހަރަކު އެވެ.

މިސާލަކަށް:ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ނަމްބަރު: 60 ސީއާރުސީ 2019 ޤަޟިއްޔާގައި ޤާނޫނު ނަމްބަރު 10/2014ގެ 53 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުން ކޮށްފައިވާ ހުކުމް ބާތިލްކަމަށް ހައި ކޯޓުގެ މިމައްސަލަ ބައްލަވާ ފަަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާކަމަށް ބުނުމުން، ކިޔާ މީހާއަށް ނުވަތަ އަޑު އަހާ މީހާއަށް އެނގުނު އެއްޗެއް އެބައޮތްތޯ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރކުރުމުގެ ކުށް ސަބިތުވާކަމަށް ނިންމާފައިވާ ހުކުމް ބާތިލްކަމަށް، މިމައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާކަަށް ޚަބަރުގައި ލިޔުމުން އެމައްސަލަ ވަރަށް ސާފުކޮށް ކިޔާ މީހާ ނުވަތަ އަޑު އަހާ މީހާއަށް އެނގޭނެ ނޫންތޯ އެވެ. މިވާހަކަ މިގޮތަށް މިފާހަގަކޮށްލީ މިސާލެއްގެ ގޮތުންނެވެ.

ރާއްޖެ.އެމްވީގައި ޝާއިރުކޮށްފައިވާ ހަބަރުގައިވެސް ޖެހިގެން އުޅެނީ މި ބުނެވުނު މައްސަލަ އެވެ.

ހައިކޯޓުގެ ބަޔާނުގައިވާގޮތަށް، ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމުގައި "ސީދާ" ރައީސް ނަޝީދުގެ ވާހަކައެއް އެއްވެސް ފަނޑިޔާރަކު އަދި އެއްވެސް ޚަސްމަކުވެސް ނުދައްކަވަ އެވެ. ނަމަވެސް، ބައެއް ސިޔާސީ ބޭފުޅުންގެ މައްޗަށްކޮށްފައިވާ ޖަލު ހުކުމްތައް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައިވާއިރު، އެކަން ރިވިއުކުރަން ނުވަތަ އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅިތޯ އޭ ވިދާޅުވެ، ފަނޑިޔާރު ޝަހީދު، ޕީޖީ އޮފީހުގެ ވަކީލުންނާ ސުވާލު ނުކުރައްވާތޯ އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރުގެ ދަށުން ހުކުމް ތަންފީޒު ކުރުން ފަސްކުރި މައްސަލަތަކުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނޭ ޓެރަރިޒަމްގެ ކުށް ސާބިތުވެފައި ތިބި ބޭފުޅުން ވެސް ހިމެނޭ ނޫންތޯ އޭ ވިދާޅުވެ، ޝަހީދު ސުވާލު ނުކުރައްވާތޯ އެވެ. ޔާމީނަކީ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ދައުލަތުން ދެކެނީތޯއޭވިދާޅުވެ ޝަހީދު ސުވާލު ނުކުރައްވާތޯ އެވެ.

ސުޕްރީމް ކޯޓުން ކުރިން ގާނޫނާ ޚިލާފަށް ނިންމި ނިންމުންތަކާ ގުޅިގެން ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އެޅިއިރު، ބައެއް ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރި މައްސަލާގައި އެއްވެސް ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅިތޯ އޭ ވިދާޅުވެ ފަނޑިޔާރު ޝަހީދު ސުވާލު ނުކުރައްވާތޯ އެވެ.

އެ ސުވާލުތައް ނުކުރައްވާނަމަ، އަޅުގަނޑު ލިޔެފައިވާ ހަބަރަކީ ދޮގު މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ޚަބަރެކެވެ. ފަނޑިޔާރު ޝަހީދު ރައީސް ނަޝީދު މައްސަލައާ ގުޅޭ ގިނަ ސުވާލުތަކެއް ކުރެއްވި ކަމަށް ބުނެ، ވަކި ޚަބަރެއްގެ ގޮތުގައި އަޅުގަނޑު އެޚަބަރު ގެނައީ، ފަނޑިޔާރު ޝަހީދުގެ ސުވާލުތަކުންނާއި އަދި އެސުވާލުތަކާއި ގުޅިގެން ޕީޖީ ވަކީލު ދެއްވި ޖަވާބުގައި އެވިދާޅުވަނީ، ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ 2018 ގައި އޭރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ސިޔާސީ ބޭފުޅުގެ މައްޗަށް ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ނެރުނު އަމުރުކަން އެނގެ އެވެ.

ސުޕްރީމް ކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނެރެނު އަމުރުގައި ޓެރެރިޒަމްގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވީ ރައީސް ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އަދި އެ ދެ ބޭފުޅުންގެ ތެރެއިން "ޕަބްލިކް އިންޓަރެސްޓް" އެންމެބޮޑަށް އޮތީ ރައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމް ކަމަށްވާތީ، އަޅުގަނޑު ލިޔުނު ޚަބަރުގައި "ރައީސް ޔާމީންގެ ޝަރީއަތް: ރައީސް ނަޝީދުގެ މައްސަލާގައި، ފަނޑިޔާރު ޝަހީދުގެ ގިނަ ސުވާލުތަކެއް" ސުރުހީގައި އަދި ޚަބަރުގެ ތެރޭގައި އެގޮތަށް އިބާރާތްކުރުމަކީ "ޝަރީޢަތުގެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތާއި ޚިލާފަށް ލިޔެފައިވާ ޚަބަރެއް" ކަމަށް ހައިކޯޓުން ދެކޭނަމަ އެއީ ހިތާމަކުރަންޖެހޭކަމެކެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އެޑުއެހުމާ ގުޅޭ ޚަބަރުތައް ގެނެސްދިން ބައެއް އެހެން ނޫސްތަކުގައިވެސް ހަމަ މި ވާހަކަތައް ގެނެސްދީފައިވެއެވެ. ބައެއް ނޫސްތަކުގައި ހައިކޯޓުގެ އެ އަޑުއެހުމާ ގުޅޭގޮތުން ފަނޑިޔާރު ދެއްކެވި ވާހަކަތައް ގެނެސްދީފައިވަނީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ޚަބަރުގެ ތެރެއިންނެވެ. ތަފާތަކީ، "ރާއްޖެއެމްވީ"ގައި "ރައީސް ޔާމީންގެ ޝަރީއަތް: ރައީސް ނަޝީދުގެ މައްސަލާގައި، ފަނޑިޔާރު ޝަހީދުގެ ގިނަ ސުވާލުތަކެއް" މިސުރުހީގެ ދަށުން އަޅުގަނޑު ވަކި ޚަބަރެއްގެ ގޮތުގައި އެވާހަކަތައް ގެނައުން ނޫންތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު