Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ކޯލީޝަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބުރަ، އެހާމެ އުނދަގޫ!

ހަަތަރު ލީޑަރުންގެ ބައްދަލުވުމެއް މި ހަފްތާގެ މެދު ތެރޭގައި ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2019 | އާދީއްތަ 12:52
ހަތަރު ލީޑަރުން ނިމިދިޔަ ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ހަތަރު ލީޑަރުން ނިމިދިޔަ ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިއީ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ކޯލީޝަނެކެވެ. ދެކަފި އެތައް ފިކުރެއްގެ މައްޗަށް އެކުލެވިގެން ވިޔަސް އެންމެންގެ ވެސް އުންމީދުތައް ގުޅިފައި ވަނީ ގާތްގަނޑަކަށް އެއް ކަންތައްތަކަކަށެވެ. ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމާއި، އަދުލު އިންސާފު ގާއިމުކުރުން ފަދަ އަސާސީ ކަންތައްތަކެއްގެ މައްޗަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ އަގުލަބިއްޔަތުގެ އުންމީދުތައް ގުޅިފައިވާ ކޯލީޝަން ދެމެހެއްޓުމުގައި މި ވަނީ އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައެވެ. ކޯލީޝަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބުރައެވެ. ޒިންމާ ވެސް ބޮޑެވެ.

އާ އަހަރު ފެށުމާ އެކު ފެންނަނީ ކޯލިޝަންގެ ތެރޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީގެ މެދުގައި ކަންބޮޑުވުންތަކެއް އޮތް މަންޒަރެއެވެ. ކޯލިޝަންގައި ރެނދުލާފައިވާ މަންޒަރެއެވެ. ފެންނަނީ ކޯލިޝަންގައި ހިމެނޭ ބޮޑު ދެ ޕާޓީގެ ތެރެއިން، ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީން ކެނޑިނޭޅި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ބަހުގެ ހަމަލާތައް ދޭން ފެށި މަންޒަރެއެވެ. ކަލަވެސް ގޮވަން ފެށީއެވެ. ހީކުރެވުނީ މިކަމަށް ހައްލެއް ހޯދައިދޭން ކޯލިޝަން ލީޑަރުން އަވަސްވެގަންނާނެ ކަމަށެވެ. ވާނީ ވެސް އެހެންތާއެވެ. އެއީ ކޯލިޝަންގައި ހިމެނޭ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއްފަހަރު ރައީސް ސޯލިހާ އެކު ބައްދަލުވުމެއް ބޭއްވުމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ މެދުގައި ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އެހެންކަމުން އެންމެން ވެސް އިންތިޒާރުކުރަމުން އަންނަނީ ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އާ އަހަރު ފެށުމާ އެކު ބާއްވާނެ ދުވަހަކަށެވެ. ފާއިތުވި އަހަރު ފެނިގެންދިޔައީ ކޯލިޝަންގެ ލީޑަރުންގެ މެދުގައި މަހަކު އެއް ފަހަރު ބައްދަލުވުމެއް ބާއްވައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމަމުން ދިޔަ މަންޒަރެއެވެ. ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އެއްގޮތް ކުރެވޭތޯ މަސައްކަތްކުރިތަން ފެނިގެން ދިޔައެވެ. އެހެންކަމުން އެންމެނަށް ވެސް ހީކުރެވިފައި އޮތީ ކޯލިޝަންގެ މެދުގައި ބޭއްވުނު ބައްދަލުވުންތަކަކީ ދުރާލާ ޕްލޭންކޮށްގެން ރޭވިގެން ބޭއްވުނު ބައްދަލުވުންތަކެއް ކަމަށެވެ.

މަހަކު އެއްފަހަރު ބޭއްވުމަށް ނިންމި ބައްދަލުވުން މި މަސް ނިމިގެންދާން ކުޑަތަން ވެފައިވާ އިރު ވެސް ބޭއްވިފައި ނުވުމުގައި އޮތީ ކޮން ސަބަބެއް ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެ ބައްދަލުވުމާ މެދު އުންމީދު ކުޑަވެފައިވާ މައިގަނޑު ސަބަބަކީ ބައްދަލުވުން އިންތިޒާމްކުރާނެ ފަރާތެއް ކަނޑައެޅިފައި ނެތުމެވެ. ހީކުރެވިފައި އޮތީ ކޯލިޝަންގެ ބައްދަލުވުންތަށް އިންތިޒާމް ކުރަނީ ރައީސް އޮފީހުން ކަމަށެވެ. ނަމަވެސް ލިބުނު މައުލޫމާތަކަށް ބަލާއިރު ބައްދަލުވުންތައް އިންތިޒާމް ކުރަނީ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީންނެވެ. ރައީސް އޮފީހުގެ ވިސްނުމަކީ އެއީއެވެ.

ނަމަވެސް ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީން، މި ކަން ސާފުކުރުމަށް މަސައްކަތް ކުރުމުން އެ ޕާޓީތަކުން ބުނެފައި ވަނީ، ހަތަރު ލީޑަރުންގެ ބައްދަލުވުމުގެ ކަންތައްތައް އިންތިޒާމް ކުރަނީ ރައީސް އޮފީހުން ކަމަށެވެ. އެއީ ޕާޓީތަކުން ކުރާ ކަމެއް ނޫން ކަމަށެވެ. މިކަމުން ދޭހަވީ ރައީސް ސޯލިހާ އެކު ހަތަރު ލީޑަރުން، ބޭއްވި ބައްދަލުންތަކަކީ އެއްވެސް އިންތިޒާމެއް ދަށުން ބޭއްވުނު ބައްދަލުވުންތަކެއް ނޫން ކަމެވެ. އަދި ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވެވަޑައިގެންފައި އޮތް ކަމުގައި ވިޔަސް، މި ކަމަށް ޝެޑިއުލްއެއް ހަދައި ޕްލޭން ކުރެވިފައި ނެތް ކަމެއެވެ. އަދި ކޯލިޝަންގައި ރޯވެފައިވާ ހުޅުގަނޑު ނިއްވާލުމަށް މަސައްކަތް ކުރުމުގައި އިސްކަމެއް ދެވިފައި ނެތް ކަމެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމެއް މި މަހު ދެން ނޯންނާނެ ކަމަށް ބެލެވިފައި ވަނިކޮށް، ޖެނުއަރީމަހުގެ 24 ވަނަ ދުވަހު ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ އެ ބައްދަލުވުން މި ހަފްތާގެ މެދު ތެރޭގައި ބޭއްވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދިވެސް ތާރީޚެއް ކަނޑައެޅިފައެއް ނެތެއެވެ. އިތުރު މައުލޫމާތެއް ވެސް ނެތެވެ.

މާޒީގައި އުފެދުނު ކޯލިޝަންތަކާއި މި ކޯލިޝަން ކޮންމެ ގޮތަކުން ބެލިޔަސް ތަފާތެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިމެނޭ އެންމެ ތަޖްރިބާކާރު ބޭފުޅުން މި ކޯލިޝަންގައި ހިމެނިވަޑައިގަންނަވައެވެ. ރާއްޖޭގެ ވެރިކަން ކޮށްފައިވާ ދެ ރައީސުން ކޯލިޝަންގައި ހިމެނިވަޑައިގަންނަވައެވެ. ތަޖްރިބާގެ ގޮތުން ބަލާއިރު، މިއީ މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ކޯލިޝަނެއެވެ. އެހެންކަމުން ޑިމޮކްރަސީގެ ރިވެތި އުސޫލުން މަޝްވަރާގެ ރީތި ގޮތުން ކޯލިޝަންގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ނައްތާލުމަކީ ނުވާނެ ކަމެއް ނޫނެވެ. ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ސިޔާސީ ފިކުރަށް އިހްތިރާމްކޮށް ގޮތް ދޫކޮށް އެކުގައި ކުރިއަށް ދެވޭނެ ގޮތްތައް ހޯދައި ބަލައި ކުރިއަށްދާން ޖެހެއެވެ. ކީހާ ޅެމެއް ފަރިއްސަށް ނަހަދާށެވެ.

މި ހަފްތާ މެދު ތެރޭގައި އޮންނާނެ ކަމަށް ބެލެވޭ ކޯލިޝަން ލީޑަރުންގެ ބައްދަލުވުމުގައި ރޯވެފައިވާ އަލިފާންގަނޑަށް ފިނިކަމެއް ހޯދުން މުހިންމެވެ. ކޯލިޝަންތަކަށް ގެއްލިފައިވާ އިތުބާރު ހޯދައިދެވޭނީ ހަތަރު ލީޑަރުން ރައީސް ސޯލިހުއާ އެކު ކޯލިޝަން ދެމެހެއްޓުމަށް އަތުކުރި އޮޅާލައިގެންނެވެ. ހަތަރު ލީޑަރުންގެ ބައްދަލުވުންތައް ޕްލޭނެއްގެ ދަށުން ގެންގޮސްގެންނެވެ. ނޫން ނަމަ މިހާރު އުފެދިފައިވާ ކޯޅުންގަނޑު އިތުރަށް ގޯސްވެ މީގެ ކުރިން ވެސް ކޯލީޝަންތަކަށް ކުރަންޖެހުނު ތަޖުރިބާ ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ މި ވަގުތު ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017
ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ

21 އޮކްޓޯބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު