Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ ސްމާޓް މީޓަރ

މިއަހަރު ނިމުމުގެ ކުރިން ސްޓެލްކޯއިން ސްމާޓް މީޓަރ އެޕް ނެރެ، އަންނަ އަހަރު އާންމުންނަށް ދޫކުރަނީ

25 އޮކްޓޯބަރު 2021 | ހޯމަ 10:12

އެޕްލިކޭޝަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ސްޓެލްކޯއިން ގެންދަނީ ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޮކްޓޯބަރު 2021 | ހޯމަ 10:12
ސްޓެލްކޯ- ސްމާޓް މީޓަރު ބޭނުންކުރުމަށްޓަކައި ބޭނުންވާ އެޕްލިކޭޝަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ސްޓެލްކޯއިން ގެންދަނީ ކުރަމުން

ސްޓެލްކޯ- ސްމާޓް މީޓަރު ބޭނުންކުރުމަށްޓަކައި ބޭނުންވާ އެޕްލިކޭޝަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ސްޓެލްކޯއިން ގެންދަނީ ކުރަމުން

ކަރަންޓު ބޭނުންކުރެވޭ މިންވަރު ވަގުތުން ބަލައިލެވޭ "ސްމާޓް މީޓަރ" ބޭނުންކުރުމަށްޓަކައި ބޭނުންވާ އެޕްލިކޭޝަން މިއަހަރު ނިމުމުގެ ކުރިން ނިންމައި، ނެރޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މާލޭ ސަރަޙައްދުގައި އެންމެ ފުރަތަމަ ސްމާޓް މީޓަރުތައް އިންސްޓޯލްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓް ތަކުގައި ކަމަަށެވެ. އެގޮތުން މިހާރު ސްމާޓް މީޓަރު ތަޢާރަފުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައި ސްމާޓް މީޓަރު ވަނީ ހަރު ކުރެވިފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ސްމާޓް މީޓަރު ބޭނުންކުރުމަށްޓަކައި ބޭނުންވާ އެޕްލިކޭޝަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ސްޓެލްކޯއިން ގެންދަނީ ކުރަމުންނެވެ. އެ މަސައްކަތް ނިމި، މި އަހަރު ނިމުމުގެ ކުރިން އެޕްލިކޭޝަން ނެރެވޭނެކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސްމާޓް މީޓަރު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ. އެގޮތުން މި ފުރުސަތު ހުޅުވާލެވޭނީ ސްޓެލްކޯގެ ޚިދުމަތްދޭ 35 ރަށް ވެސް ހިމެނޭގޮތަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްމާޓް މީޓަރުގެ ޚިދުމަތް ބޭނުންކުރުމަށް ތައްޔާރުވަމުންދާއިރު، މި ޚިދުމަތް ފަސޭހައިން ބޭނުން ކުރެވޭނެގޮތަށް ފަރުމާކުރާ އެޕްލިކޭޝަނަކީ ސްމާޓް މީޓަރާއެކު ތަޢާރަފުކުރާ ޚާއްސަ މޯބައިލް އެޕްލިކޭޝަނެކެވެ.

މި ޚިދުމަތް ތަޢާރަފުކުރުމުން ކަސްޓަމަރުންނަށް އެމީހުންގެ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރާއި، ބިލަށް އަރާވަރު ކޮންމެތަނެއްގައި ހުރެގެން ވެސް ރިއަލް ޓައިމްކޮށް ބަލައިލެވޭނެއެވެ. އަދި ބިލަށް އެންމެ މަތިން އަރާނެ ޢަދަދެއް ކަނޑައަޅައި، ކަރަންޓް ޔޫސޭޖް އެ ޢަދަދަކާ ގާތްވުމުން ކަސްޓަމަރަށް އެކަން ނޮޓިފައިކޮށްދިނުމާއި، ބޭނުންވާ ވަރަށްވުރެ އިތުރަށް އަރާފައިވާނަމަ ޚިދުމަތް މެދުކަނޑާލަން އެދުންފަދަ ލުއިފަސޭހަތައް ކަސްޓަމަރުންނަށް މި ޚިދުމަތާއެކު ލިބިގެންދާނެއެވެ.

ސްމާޓް މީޓަރުގެ ޚިދުމަތް ތަޢާރަފުކުރުމާއެކު ސްޓެލްކޯގެ މަސައްކަތްތަކަށް ވެސް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އެގޮތުން މި ޚިދުމަތް ގިނަ ގޭބިސީތަކަކަށް ތަޢާރަފުކުރެވިއްޖެނަމަ، ކަސްޓަމަރުން އާއްމުކޮށް އެންމެ ގިނައިން ކަރަންޓް ބޭނުންކޮށް އުޅޭ ވަގުތުތަކާއި، ކަރަންޓް ބޭނުންކުރާ މިންވަރު ވަގުތުން ބަލައިލެވޭނެއެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް