Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

މާސޭ އާއި ޕީއެސްޖީގެ ކުރިމަތިލުން އެއްވަރު

25 އޮކްޓޯބަރު 2021 | ހޯމަ 00:53

ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 28 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 އޮކްޓޯބަރު 2021 | ހޯމަ 00:53
މާސޭ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

މާސޭ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ އޮލިމްޕިކް މާސޭ އާއި ޕީއެސްޖީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މާސޭގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ދެ ލަނޑުވެސް ބަލައިގެންފައެއް ނުވެއެވެ. އެގޮތުން މެޗު ފަށައިގެން 14 ވަނަ މިނެޓުގައި މާސޭގެ ލުއާން ޕެރޭސް އަތުން ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް، ޕީއެސްޖީގެ ނޭމާ އޮފްސައިޑުގައި ހުރުމުން ވީއޭއާރުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި އޭގެ ހަ މިނެޓު ފަހުން މާސޭގެ ޕޮލް ލިރޮލާ ހުރަސްކޮށްދިން ބޯޅައަކުން އާކަންޑިއުޝް މިލިކް ލަނޑެއް ޖަހައިދިން ނަމަވެސް، ލިރޮލާ އޮފްސައިޑުގައި ހުރުމުން އެ ލަނޑުވެސް ބަލައިގެންފައެއް ނުވެއެވެ.

އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، މާސޭގެ ގޯލްކީޕަރު ޕައު ލޮޕޭޒް ވަނީ އެ ހަމަލާ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށް އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ޕީއެސްޖީއަށް މަސައްލަތަކެއް ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެ ޓީމުގެ އަޝްރަފް ހަކީމީއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފުރީ އޭނާއަށް ރަތް ކާޑެއް ދެއްކީ މާސޭގެ ޗެންގިޒް އުންޑާއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެކަމަކު އޭގެ ފަހުން ޕީއެސްޖީން ވަނީ ރަނގަޅަށް ޑިފެންސްކޮށް މާސޭ ހުއްޓުވާފައެވެ.

މި ނަތީޖާއާއެކުވެސް ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. މި ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުންވެސް ޕީއެސްޖީ ބަލިވެފައި ނުވާއިރު، އެ ޓީމުން ވަނީ 28 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ލެންސްއަށް 11 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއާ އެއްވަރުކުރި މާސޭ އޮތީ ތާވަލުގެ ހަތަރުވަނައިގައި 10 މެޗުން 18 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް