Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ އޮޑިޓިންގ ދާއިރާ އެމްއޯޔޫ

އޮޑިޓިންގ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި އިންޑިއާއާ ދެމެދު އެމްއޯޔޫއެއް

24 އޮކްޓޯބަރު 2021 | އާދީއްތަ 08:10

އިންޑިއާގެ އޮޑިޓަރ ޖެނެރަލް އޮފީހަކީ މި ރޮނގުން ތަޖުރިބާހުރި މުއައްސަސާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޮކްޓޯބަރު 2021 | އާދީއްތަ 08:10
ރާއްޖެއާއި އިންޑިއާގެ އޮޑިޓަރ ޖެނެރަލް އޮފީހާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ރާއްޖެއާއި އިންޑިއާގެ އޮޑިޓަރ ޖެނެރަލް އޮފީހާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު

އޮޑިޓިންގއާ ގުޅޭ އައު ބާވަތްތަކުގެ މައްސަލަތައް ޙައްލުކުރުމާއި، އެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮޑިޓިންގއާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު އޮޑިޓަރ ޖެނެރަލް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ "ކޮމްޕޓްރޯލަރ އެންޑް އޮޑިޓަރ ޖެނެރަލް" (ސީއޭޖީ) ގިރިޝް ޗަންޑްރަ މުރުމޫއެވެ.

Advertisement - newsAdvertisement

ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، މިއީ ނުހަނު އުފާފުޅުވާ ވަގުތުކޮޅެއް ކަމަށެވެ. އެގޮތުން އިންޑިއާގެ އޮޑިޓަރ ޖެނެރަލް އޮފީހަކީ މި ރޮނގުން ތަޖުރިބާހުރި މުއައްސަސާއެއްކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.

ނިޔާޒީ ވިދާޅުވީ، ރާއްޖޭގެ ދައުވަތަކަށް އިންޑިއާގެ ގިރިޝް ޗަންޑްރަ މުރުމޫ ކުރެއްވި މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ރާއްޖެއާ ދެމެދު ބަހައްޓަވާ ގާތްކަން ކަމަށެވެ. އަދި މީގެ ކުރިންވެސް އިންޑިއާއާއި ރާއްޖެ މިފަދަ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި، މިހާރު އެމްއޯޔޫ އަލުން އައު ކުރުމުން، ޚިދުމަތްތައް ފުޅާ ކުރުމުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމުގެ އުއްމީދު ކުރެއްވޭކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އިލްމާއި ތަޖުރިބާ ހިއްސާކޮށް، ރާއްޖެއަށް ވެސް އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެއްވޭކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މިހާރު ހުރި އެކި ގޮންޖެހުންތަކާއި، އޮޑިޓިންގއާ ގުޅޭ އައު ބާވަތްތަކުގެ މައްސަލަތަކާއެކު ޚިދުމަތްތައް ފުޅާ ކުރުމުގެ ބޭނުން ވެސް ނުހަނު ބޮޑުވެފައިވާކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.

ނިޔާޒީ ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަަތުތައް ބައްޓަންކޮށް ފޮރިން މިނިސްޓްރީއާއި، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި އެމްއޯޔޫގެ ދަށުން ޕަބްލިކް އޮޑިޓިންގ ގެ ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އިލްމާއި ޤާބިލުކަން އިތުރުކުރުމާއި، ތަޖުރިބާ ހިއްސާ ކުރުމާއި، ޚިދުމަތްތައް ފުޅާކުރުން ހިމެނިފައިވެއެވެ. އިންޑިއާގެ ކޮމްޕޓްރޯލަރ އެންޑް އޮޑިޓަރ ޖެނެރަލް (ސީއޭޖީ)އާއި، ރާއްޖޭގެ އޮޑިޓަރ ޖެނެރަލް އޮފީހާ ދެމެދު އެންމެ ފުރަތަމަ ގުޅުން ބަދަހިކޮށް މިފަދަ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
11 މެއި 2017

މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި

11 މެއި 2017
މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް