Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންގެ ދުވަސް 2021

"ހައި ސްޕީޑު ފެރީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ، ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓްވެސް އަޅާނެ"

24 އޮކްޓޯބަރު 2021 | އާދީއްތަ 11:03

ދެ މަސް ދުވަހުގެތެރޭގައި ކުޅުދުއްފުށި ސަރަހައްދުގައި ހައި ސްޕީޑު ފެރީގެ މަސައްކަތް ފެށޭނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 24 އޮކްޓޯބަރު 2021 | އާދީއްތަ 11:03
އިބްރާހިމް މުހައްމަދު ސާލިހު ޒުވާނުންގެ ދުވަހުގެ ޖަލްސާގައި

އިބްރާހިމް މުހައްމަދު ސާލިހު ޒުވާނުންގެ ދުވަހުގެ ޖަލްސާގައި

ކުރިއަށް އޮތް 2 މަސް ދުވަހުގެތެރޭގައި ކުޅުދުއްފުށި ސަރަހައްދުގައި ހައި ސްޕީޑު ފެރީގެ މަސައްކަތް ފެށޭނެ ކަމަށާއި، އަދި މިހާރު ތަރައްގީ ކުރަމުންދާ ޓާޝަރީ ހޮސްޕިޓަލުގެ ސަބަބުން ކުޅުދުއްފުށީގެ އިތުރުން އެ ސަރަހައްދުގައި އިތުރު ވަޒީފާތައް އުފެދިގެން ދާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސާލިހު ވިދާޅުވީ، ކުޅުދުއްފުށީގެ މޭޔަރު ވެސް ފާހަގަކުރެއްވި ފަދައިން ބޮޑު ތިލަދުންމައްޗަށް އޮތް އެއްމެ ބޮޑު މައްސަލައަކީ ވަޒީފާގެ ފުރުުސަތު ނެތުން ކަމަށެވެ. އެއީ ތެދުފުޅެއް ކަމަށާއި، އެފަދަ ފުރުސަތު ނެތް މީހުން ތިބެދާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ އެ ސަރަހައްދަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިގްތިސާދުގެ ކުޑަމިންވަރެއް އަދި ހިއްސާ ކުރާތަނެއް ކަމަށެވެ. އެމަނިކުފާނު އެ ފާހަގަކުރެއްވީ ޓުއަރިޒަމްގެ ވާހަކައެވެ. ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓުއަރިޒަމް ފަތުރާލުން އެއީ ސަރުކާރުގެ ސިޔާސަތެކެވެ. ނަމަވެސް އެކަން ކުރެވެން އަންނަނީ ދަތުރުފަތުރު މިހާރަށްވުރެ ފަސޭހައިން ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވިގެންނެވެ.

އެގޮތުން ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރާއްޖޭގައި ފަށާ ހައި ސްޕީޑުގެ ފެރީގެ އެންމެ ފުރަތަމަ ޕްރޮޖެކްޓް ފެށިގެން އަންނަނީ ބޮޑު ތިލަދުންމަތިން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ތަކެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން ބަޖެޓުގައި ހިމަނައިގެން، ސީދާ ކުޅުދުއްފުއްޓަށް 400 ހައުސިން ޔުނިޓް ރިޒާވް ކޮށްފައި ވާނެ ކަމަށެވެ. އޭގެ އިތުރުން 1000 ހައުސިން ޔުނިޓް އެޅުމުގެ އަގުގެ މަޝްވަރާތައް ބޭރުގެ ފަރާތްތަކާއެކު ކުރެވި ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ކޯވިޑް-19ން އަރައިގަނެ އިގްތިސާދު އާރާސްތުކުރުމަށް ކުރާ މަސައްކަތުގައި ރިސޯޓްތައް ދަނީ ހުޅުވެމުން ކަމަށާއި، ވަޒީފާ އިންތިހާއަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނަކީ ރާއްޖެ މިއިން ދުވަހަކުވެސް ނުދެކޭ ވަރުގެ ރަނގަޅު ޓުއަރިސްޓު ސީޒަނަކަށް ވެދާނެ ކަމުގެ ފޯކާސްޓް މިއަދު ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިވަގުތަކީ ޒުވާނުން ނުކުމެ ރިސޯޓްތަކާއި މިއާއި ގުޅުންހުރި ކަންތައްތަކުގައި ހިތްވަރާއެކު މަސައްކަތް ކުރަންޖެހިފައި އޮތް ވަގުތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް