Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުން

ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި

23 އޮކްޓޯބަރު 2021 | ހޮނިހިރު 13:15

ކުޅުދުއްފުށި އަތުން ގައުމީ ޓީމު މޮޅުވީ 6-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 އޮކްޓޯބަރު 2021 | ހޮނިހިރު 13:15
ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ރައީސް ޞާލިޙް ހުޅުއްވައިދެއްވަނީ

ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ރައީސް ޞާލިޙް ހުޅުއްވައިދެއްވަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދަނޑު ހުޅުވާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުދުއްފުށިން ހޮވާލެވުނު ޓީމަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ޚާއްސަ މެޗުންނެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ބައިވެރިވެވަޑައިގެންނެވިއިރު، މި އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށީގައި އޮންނާނެއެވެ.

ޓާފް ފުޓްބޯޅަ ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވި ނަމަވެސް، އެ ދަނޑުގެ މަސައްކަތް އެއްކޮށް ނިމިފައިނުވާ ކަމަށެވެ. އެގޮތުން ފެންސް ޖެހުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވި ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ދަނޑުގައި ލައިޓް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ފަށަން ރައީސް ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ޓީމުން ޚާއްސަ މެޗެއް ކުޅުނުއިރު، މި މެޗަކީ މި މަހު މާލޭގައި ކުރިއަށްދިޔަ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" އަށްފަހު ގައުމީ ޓީމުން ކުޅުނު ފުރަތަަމަ މެޗެވެ. އެކަމަކު މި މެޗުގެ ސްކޮޑަށް ބައެއް ބަދަލުތައް ގެނައިރު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުވެސް ވަނީ ގައުމީ ޓީމަށް ކުޅެފައެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި، އަލީ ފާސިރު (ސެންޓޭ) އާއި، މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) ގެ އިތުރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ދަނޑު ހުޅުވުއިރު، ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ހިމެނެއެވެ. އަދި މިހާތަނަށް މި ސަރުކާރުން ވަނީ ކުޅުދުއްފުށީ ދަނޑާއެކު ޖުމްލަ 20 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެފްއޭއެމުން ވަނީ މުޅި ރާއްޖެއިން ޕްރިމިއާ ލީގުގައި ވާދަކުރެވޭނެ ފޯމެޓް ދައްކާލާފައެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

ދަނޑު މަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގައި ކުޅުންތެރިޔަކު މަރުވެއްޖެ

16 އޮކްޓޯބަރު 2017
ދަނޑު މަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގައި ކުޅުންތެރިޔަކު މަރުވެއްޖެ
07 އޮކްޓޯބަރު 2017

މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ

07 އޮކްޓޯބަރު 2017
މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ
02 އޮކްޓޯބަރު 2017

އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ

02 އޮކްޓޯބަރު 2017
އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ
02 އޯގަސްޓު 2017

ކުޅުދުއްފުށީގައި ޕެންޓަގްރާމް ހިރަފުސް ކަޕް ފަށައިފި

02 އޯގަސްޓު 2017
ކުޅުދުއްފުށީގައި ޕެންޓަގްރާމް ހިރަފުސް ކަޕް ފަށައިފި
26 ޖުލައި 2017

ސެންޓާރާ ރަސްފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައިފި

26 ޖުލައި 2017
ސެންޓާރާ ރަސްފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައިފި
26 މާރިޗު 2017

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

26 މާރިޗު 2017
ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް