Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް: ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެ

21 އޯގަސްޓު 2024 | ބުދަ 12:47

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވުމުން ތިން ޓީމު ހިމެނޭ ގްރޫޕްގެ ސެމީ ފައިނަލަށް ދިއުމަށް ވަނީ ފުރުސަތު ހަނިވެފަ އެވެ.

ރާއްޖެ އެމްވީ | 21 އޯގަސްޓު 2024 | ބުދަ 12:47
ބޫޓާނާއި ރާއްޖެ ބުދަ ދުވަހު ކުޅުނު މެޗުގެ ތެރެއިން

ބޫޓާނާއި ރާއްޖެ ބުދަ ދުވަހު ކުޅުނު މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ބޫޓާން އަތުން ރާއްޖެ 2-1އިން ބަލިވެއްޖެ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވުމުން ތިން ޓީމު ހިމެނޭ ގްރޫޕްގެ ސެމީ ފައިނަލަށް ދިއުމަށް ވަނީ ފުރުސަތު ހަނިވެފަ އެވެ. ގްރޫޕުގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ އެންމެ ގަދަ އެއް ގައުމު ކަމަށްވާ އިންޑިޔާއާ އެވެ. މި މެޗުން ބަލިވުމުން މި ގްރޫޕުގައި ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ގައުމަކީ ވެސް ރާއްޖެ އެވެ. ބޫޓާނާއި އިންޑިޔާ ކުރެ ކޮންމެ ޓީމަކަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ބޫޓާނުން ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ނިންމާލިއިރު ބަލިވިނަމަ އެ ޓީމު މުބާރާތުން ކަޓާނެ އެވެ. އެއީ ފުރަތަމަ މެޗުގައި އިންޑިޔާ އަތުން ބަލިވެފައިވާތީ އެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ 20 ވަނަ މިނިޓްގައި ބޫޓާންގެ ޖެޓްސުން ޑޯޖީ އެވެ. އެއީ އަރިމަތިން ނެގި ހުރަހަށް ކީޕަރުން ފުންމައިގަތް ނަމަވެސް އެއްވެސް ކުޅުންތެރިއަކު ނުލިބުި ހުސްކޮށް ބޫޓާންގެ ޑޯޖީ އަށް ލިބުމުންނެވެ. އޭނާ މަޑުމަޑުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވެސް ފުރޮޅެމުން ކަހަލަ ގޮތަކަށެވެ. އޭގެ ފަހުން މެޗުގެ 51 ވަނަ މެޗުގައި ބޫޓާންގެ ރިގްޒިން ޓެންޒިން އަށް ރަތްކާޑު ދެއްކުމުން 10 ކުޅުންތެރިންނާއެކު ބޫޓާން ކުޅެން ޖެހުނަސް ރާއްޖެ އަށް އޭގެ އެޑްވާންޓޭޖް ނުނެނުގެނެވެ.

ދޭތެރެދޭތެރެއިން ބޯކޮށް ވާރޭވެހި ފެންހެދެމުންދިޔަ ދަނޑުގައި ކުޅުނު މެޗުގައި ރާއްޖެ ނަތީޖާ ހަމަހަމަކުރީ 56 ވަނަ މިނިޓްގައި އިޝްއާފު އެވެ. އެއީ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ތިރިތިރިން ޖަހައި ގޯލަށް ފޮނުވާލައިގެންނެވެ. ބޫޓާނުން މޮޅުވި ލަނޑު ޖެހީ 90 ވަނަ މިނިޓްގައި ވަގަންގް ޗޮޕެލް އެވެ. މިވެސް ރާއްޖޭގެ ކީޕަރު އަތުން ހެދުނު ގޯހެކެވެ. ގޯލް ދޫކޮށް ޕެނަލްޓީ އޭރިޔާ ތެރެއަށް ކުރިއަށް ނުކުމެ އޭނާ ނަގަން އުޅުނު ބޯޅަ ހޯދައި ހުސްކޮށް އޮތް ގޯލަށް ބޫޓާން ކުޅުންތެރިން ފޮނުވާލީ އެވެ.

މި ނަތީޖާއެކު އިންޑިޔާ އަށް އެއްވަނަ ލިބެނީ ތިން ޕޮއިންޓާއެކު ފައިދާ އެއް ގޯލާއެކުގަ އެވެ. ބޫޓާނަށް ތިން ޕޮއިންޓާއެކު ފައިދާ ގޯލެއް ނެތެވެ. ރާއްޖެ އަށް މައިނަލް ގޯލަކާއެކު ޕޮއިންޓެއް ނުލިބެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް