Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޯލްޑް ޓްރެވަލްސް އެވޯޑް 2021

އިންޑިއާ ކަނޑުގެ ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް

މިއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ މަސައްކަތުން ލިބުނު އެވޯޑެއް

އަތޫފް އާތިފް
އަތޫފް އާތިފް | 22 އޮކްޓޯބަރު 2021 | ހުކުރު 02:37
އިންޓާރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް، ރާއްޖެއިން ވަނީ އިންޑިއަން އޯޝަން ކެޓަގަރީން ހަތަރު އެވޯޑް ހާސިލްކޮށްފައި

އިންޓާރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް، ރާއްޖެއިން ވަނީ އިންޑިއަން އޯޝަން ކެޓަގަރީން ހަތަރު އެވޯޑް ހާސިލްކޮށްފައި

ވޯލްޑް ޓްރެވަލްސް އެވޯޑް 2021 ގައި ރާއްޖެއަށް އިންޑިއަން އޯޝަން ކެޓަގަރީން ހަތަރު އެވޯޑެއް ލިބިއްޖެއެވެ.

އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ލިބިފައިވާ އެވޯޑްތަކަކީ، އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން އެވޯޑް 2021، އިންޑިއަން އޯޝަން ލީޑިންގ ބީޗް ޑެސްޓިނޭޝަން އެވޯޑް 2021، އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2021 އަދި އިންޑިއަން އޯޝަން ލީޑިން ޓުއަރިސްޓް ބޯޑް އެވޯޑެވެ.

Advertisement - newsAdvertisement

އިންޑިއަން އޯޝަން ލީޑިންގ ޓުއަރިސްޓް ބޯޑްގެ އެވޯޑް ލިބިފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނަށެވެ.

މި އެވޯޑްތައް ރާއްޖެއަށް ލިބުމާއެކު އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ވޯލްޑް ޓްރެވަލްސް އެވޯޑް ހަފްލާގައި ރާއްޖެއިން މިއަހަރު ވެސް ފަޚުރުވެރި ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކަމަށާއި، ހާއްސަކޮށް އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ހާސިލްކުރުމަކީ ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. ތޮއްޔިބު ވަނީ މި ކާމިޔާބީ ހާސިލްކުރެވުނީ ފަތުރުވެރި ކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުންކަން ފާހަގަ ކުރައްވައި އެ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

މީގެ އިތުރުން ތޮއްޔިބް ވަނީ އެމްއެމްޕީއާރުސީއަށް އިންޑިއަން އޯޝަން ލީޑިން ޓުއަރިސްޓް ބޯޑްގެ އެވޯޑް ލިބުމާއެކު އެމްއެމްޕީއާރްސީގައި މަސައްކަތްކުރާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ޝުކުރުއަދާ ކުރައްވާފައެވެ. ތޮއްޔިބް ވިދާޅުވީ މި އެވޯޑާ ހަމައަށް އެމްއެމްޕީއާރްސީއަށް ދެވުނީ އެ ކުންފުނީގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތުންކަން ފާހަގަ ކުރައްވައި އެމްއެމްޕީއާރްސީއަށް ވޯޓުދެއްވި ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

ކޮވިޑް-19 ގެ ހާލަތާއެކު ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް 555،494 ފަތުރުވެރިން 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، މިއަހަރުގެ މިހާ ހިސާބަށް 923،146 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއިން ވަނީ މިދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން އެވޯޑް 13 ފަހަރު ހޯދާފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު