Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޮޑުފޮޅުދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން

ރައީސްގެ އއ. ދަތުރުފުޅު: މިނިމަމްވޭޖަށް، ބަޖެޓުގައި 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވާނެ - ރައީސް

އަންނަ އަހަރުގެ ބަޖެޓުގައި 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ މިނިމަމްވޭޖް ދިނުމަށްޓަކައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 12:20
ރައީސް ޞާލިޙު ބޮޑުފޮޅުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސް ޞާލިޙު ބޮޑުފޮޅުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

މިނިމަމް ވޭޖްގެ ގޮތުގައި 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ 6 ރަށަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އއ. ބޮޑުފޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އާންމު ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, މިނިމަމް ވޭޖާއެކު ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ބޮޑު ބައެއްގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މިނިމަމް ވޭކް ކަނޑައެޅުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން, މިހާރު ކުރެވޭ މަސައްކަތަކީ މިނިމަމް ވޭޖް ފައިނަލް ކުރެއްވުން ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި މިނިމަމް ވޭޖަށް ބޮޑު އަދަދެއް ކަނޑައެޅިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓް ކުރެވިފައިވާ ކަމަށެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ އެންމެ ފަހު މަރުހަލާގައި މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު، މިނިމަމް ވޭޖް ކަނޑައެޅުމުގެ ކުރިން ވިޔަފާރިވެރިންނާއި، ވަޒީފާ ދޭ ފަރާތްތަކާއި އަދި ވަޒީފާ އަދާ ކުރާ ފަރާތްތަކާ މަޝްވަރާ ކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ފަރާތްތަކާ މަޝްވަރާ ނުކުރައްވައި މިނިމަމްވޭޖް ކަނޑަނާޅުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން މިނިމަމް ވޭޖް ބޯޑުން ދެއްވާފައިވާ ލަފަޔަށް، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ޚިޔާލު ބޭނުންފުޅުވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޚިޔާލު ނެތި މިނިމަމް ވޭޖް ކަނޑަނާޅުއްވާނެކަމަށެވެ. އަދި މިނިމަމް ވޭޖްގެ ގޮތުގައި އަދަދުތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. މިނިމަމްވޭޖް ކަނޑައެޅުމުގެ ކުރިން އެއްވެސް ފަރާތެއްގެ ވިސްނުމުގައި އެކަމުގެ ޚިޔާލެއް އޮތްނަމަ ހިއްސާކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން މިނިމަމްވޭޖް ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ, އިކޮނޮމިކް މިނިސްޓްރީން ވަނީ ދިރާސާކުރަން ފަށާފައެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭންޖެހޭ އަދަދު ކަނޑައެޅުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މިގޮތުން މިނިމަމް ވޭޖް ބޯޑުުން މިނިސްޓަރަށް އެރުވި ލަފާގައި ވަނީ; ޕްރައިވެޓް ސެކްޓަރގައި, ކުދިފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. ޕްރައިވެޓް ސެކްޓަރގައި، މެދުފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ.

ޕްރައިވެޓް ސެކްޓަރގައި، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، 8،900 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމުގެ އިތުރުން ޕަބްލިކް ސެކްޓަރގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ލަފާދީފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށް ފަހު ލަފާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދީފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެ މިނިސްޓްރީން ދިރާސާކުރަމުން ގެންދާ ކަމަށެވެ. މި ދިރާސާއަށްފަހު ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅައި އާންމުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

17 މާރިޗު 2017
ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި

ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި

14 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު