Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިކޮނޮމިކް މިނިސްޓްރީ

ސިންގަޕޫރޫ ބިޒްނަސް ފޯރަމް - ނަތީޖާ ސުމެއް

5 ޖުލައި 2025 | ހޮނިހިރު 12:53

މިހާތަނަށް ދުނިޔޭގެ އެތައް މިތާނގާއި 7 ބިޒްނަސް ފޯރަމް ބާއްވައިފި ކަމަށް ސަރުކާރުން ބުނާ އިރު އެެއިން އެއްވެސް ފޯރަމަކުން ލިބުނު ފައިދާ އެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވޭ

ރާއްޖެ އެމްވީ | 5 ޖުލައި 2025 | ހޮނިހިރު 12:53
މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު އާއި މިނިސްޓަރ ސައީދު ސަލާން ކުރައްވަނީ - މިހާތަނަށް ބޭއްވި އެއްވެސް ބިޒްނަޒް ފޯރަމް އަކުން ނުކުތް ނަތީޖާ އެއް ނުފެނޭ - 1 ޖުލައި 2025

މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު އާއި މިނިސްޓަރ ސައީދު ސަލާން ކުރައްވަނީ - މިހާތަނަށް ބޭއްވި އެއްވެސް ބިޒްނަޒް ފޯރަމް އަކުން ނުކުތް ނަތީޖާ އެއް ނުފެނޭ - 1 ޖުލައި 2025

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމް އިން އެއްވެސް އައު އިންވެސްޓްމަންޓެއް ރާއްޖެ އަށް ކަށަވަރުވެފައި ނުވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.

ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމް އިން ސަރުކާރަށް އެއްވެސް އިންވެސްޓްމަންޓެއް ޔަގީން ކުރެވުނުތޯ ދެންނެވުމުން އޭނާ ވިދާޅުވީ، އެފަދަ ކަމެއް ޔަގީން ކުރެވިފައި ނުވާ ކަމަށެވެ.

ފޯރަމްގައި ބައިވެރިވި އޮފިޝަލް، ނަން ނުޖެހުމަށް ޝަރުތު ކޮށް މައުލޫމާތު ދެމުން ބުނީ، އެއްވެސް ފަރާތަކުން ރާއްޖޭގައި އެއްވެސް ކަމެއްގައި އިންވެސްޓް ކުރާނެ ކަމުގެ އެއްވެސް ކޮމިޓްމަންޓެއް މި ބައްދަލުވުމުގެ ތެރޭގައި ދިންކަން އެނގިފައި ނުވާކަމަށެވެ.

ސަރުކާރުން ބުނާ ގޮތުގައި ސިންގަޕޫރުގައި މި ބޭއްވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ސިލްސިލާގެ 7 ވަނަ ބިޒްނަސް ފޯރަމް އެވެ.

ސަރުކާރުގެ އެތައް މިނިސްޓަރުންނާއި، އެކިވަރުގެ އޮފިޝަލުންނާއި މީޑިއާ ތައް ގޮވައިގެން ބޭރުގެ ގައުމުތަކުގައި ބޮޑެތި ޚަރަދު ކޮށްގެން މި ބާއްވާ އިންވެސްޓްމަންޓް ފޯރަމް ތަކުން ނުކުތް އެއްވެސް ނަތީޖާ އެއް މިހާތަނަށް ސަރުކާރަށް ދެއްކިފައެއް ނެތެވެ.

އެންމެ ފަހުން ފޯރަމް މި ބޭއްވި ސިންގަޕޫރަކީ އަގުބޮޑު ތަނަކަށްވާއިރު، މިކަމަށް ބޮޑު ހޭދަ އެއް ވެފައިވާނެ ކަމަށް ބެލެއެވެ.

ރާއްޖެ އިން ސިންގަޕޫރަށް ގޮސް އެތަނުގައި ބިސްނަސް ފޯރަމް އެއް ބާއްވާނީ އެތަނުގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާ ގުޅިގެން ނުވަތަ ވަކިން ވިޔަސް ސިންގަޕޫރުގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ކޮމިޓްމަންޓް ހޯދުމަށެވެ. އެހެން ނަމަވެސް ސިންގަޕޫރު ފޯރަމް އަކުން އެފަދަ އެއްވެސް ނަތީޖާ އެއް ނުކުމެފައެއް ނުވެއެވެ.

މީގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތައް އިންވެސްޓްމަންޓް ކޮންފަރެންސް ބާއްވާފައިވާއިރު އަދި އެ ކޮންފަރެންސް ތަކުގައި ގައުމުގެ އެންމެ އިސް ވެރިޔާ ބައިވެރިވެވަޑައިގެންފައި ވާއިރު، ކޮންފަރެންސް ނިމިގެން ހުސްއަތާ ވަޑައިގަންނަވަން ޖެހުމަކީ ލަދުވެތި ކަމެކެވެ. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގް އިބްރާހީމް ވިދާޅުވީ ސިންގަޕޫރުގެ ފޯރަމްގެ ސަބަބުން އެ ގައުމުގެ އިންވެސްޓަރުން ދިވެހިރާއްޖޭގައި ފައިތިލަ ފުޅާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ފޯރަމްގައި 200 އަށްވުރެ ގިނަ އިންވެސްޓަރުންނާއި ވިޔަފާރީގެ އިސްވެރިން ބައިވެރިވި ކަމަށް ބުނާއިރު އަދި މިއީ ދިވެހިރާއްޖޭގެ އެކި ބާވަތުގެ އިންވެސްޓްމަންޓް ފުރުޞަތުތައް ދެއްކުމަށް ލިބުނު ފުރުސަތެއް ކަމަށް ބުނެފައިވާއިރު، ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަން ގައި މިނިސްޓަރ ތޯރިޤް ފާހަގަ ކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައި އަލުން ހުޅުވާލާފައިވާ ރައްތަކުގެ ވާހަކަ އެވެ.

ކިރިޔާވެސް އައު ވާހަކަ އަކަށް ސިންގަޕޫރުގެ ވިޔަފާރިވެރިންގެ ޝައުގު ހޯދުމަށް މިނިސްޓަރު ދެއްކެވީ ހަލާލު ޓޫރިޒަމް ފަށާ ވާހަކަ އެވެ. ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގު އިތުރު ކުރުމަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަލާލު ޓޫރިޒަމް ވަރުގަދަ ކުރުމަށް މުހިންމު އަމަލީ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ.

"މި ފޯރަމް މެދުވެރިކޮށް ސިންގަޕޫރުގެ އިންވެސްޓަރުންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި، ދިވެހިރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެ," މިނިސްޓަރ ތޯރިޤް ވިދާޅުވި އިރު ސިންގަޕޫރުގެ އިންވެސްޓަރުން މިހާރުވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކޮށްގެން އެބަތިއްބެވެ. އެހެން ކަމުން ސިންގަޕޫރުގެ ވިޔަފާރިތަކަށް ރާއްޖޭގެ ފަތުރުވެރި ކަމަކީ އައު ވާހަކަ އެއް ނޫނެވެ. އެމީހުން ނުދަންނަ ކަމެއް ވެސް ނޫނެވެ.

ސަރުކާރުން ބޮޑު ހޭދަ އެއް ކޮށްގެން ބޭއްވި ސިންގަޕޫރު ފޯރަމް ގެ އެންމެ މުހިންމު އެއް ނަތީޖާ އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރުން ކަމަށް ބުނެ ސަރުކާރުން ވަނީ ޕްރޮޕަގެންޑާ ފަތުރާ ފައެވެ. އެތައް މީޑިއާ ރިޕޯޓުތަކެއް ގައި މިއީ ސިންގަޕޫރު ބިޒްނަސް ފޯރަމުން ނުކުތް މާ މޮޅު މަޝްރޫއެއް ކަމަށް ދައްކަން އުޅުނެވެ. އެ މޭރުމުން ސަރުކާރުން ވަނީ މީޑިއާ ތަކުގައި އެ ޚަބަރު އެގޮތައް ފަތުރާފައެވެ. ސޯލަރ ސިޓީގެ ނަމުގައި ސިންގަޕޫރުގައި ސޮއި ކުރި ކަމަށް ބުނާ 100 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ޕަވަރ މަޝްރޫޢަކީ ސިންގަޕޫރު ފޯރަމް އާ އެއްވެސް ގުޅުމެއް ނެތް މަޝްރޫއެކެވެ.

ދިވެހިންނަށް އޮޅުވާލުމުގެ ގޮތުން އެތަނަށް ސޮއި ކުރަން މީހަކު ގެންދިޔައީ އެވެ. އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ އެކު މަޝްރޫޢު ގައި ސިންގަޕޫރުގައި ސޮއި ކުރި ކަމަށް ދެއްކި އިރު އޭގެ މާކުރިން އެ ކުންފުންޏަށް މަޝްރޫއު ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނަކުން އޮތީ ފަޅާ އަރާފައެވެ. އަނެއްކޮޅުން މި މަޝްރޫއު ހަވާލު ކުރި ކަމަށް ބުނި ކުންފުންޏަކީ ވެސް އެއްވެސް ތަޖުރިބާ އެއް އަދި މަޝްރޫއެއް ވެސް މިހާތަނަށް ހިންގާފައިވާ ކުންފުންޏެއް ނޫނެވެ.

މި މަޝްރޫޢުގެ އަސާސީ މަސައްކަތްތައް އަވަހަށް ފެށޭނެ ކަމަށާއި އަދި ދެ އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒު ކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. އަޑި ނޭނގޭ މި މަޝްރޫއާ ބެހޭ ގޮތުން މިނިސްޓަރ ތޯރިޤް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒުގެ ސީދާ އެހީތެރިކަން މަޝްރޫއު މިހިސާބަށް އައުމުގައި ވަނީ ލިބިފައެވެ. އަދި މި މަޝްރޫޢު އަވަސް ކުރުމަށް އަޅަން ޖެހޭ އިދާރީ ފިޔަވަޅުތައް އެޅުމަށް ވެސް ރައީސް ވަނީ ހުއްދަ ދެއްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

08 މާރިޗު 2018

މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި

08 މާރިޗު 2018
މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި
11 ފެބުރުއަރީ 2018

މޯލްޑިވްސް އެޗްއާރް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

11 ފެބުރުއަރީ 2018
މޯލްޑިވްސް އެޗްއާރް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
21 ޑިސެމްބަރު 2017

އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!

21 ޑިސެމްބަރު 2017
އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!
14 ޑިސެމްބަރު 2017

އިންވެސްޓްމަންޓް ފޯރަމް ފެށެން 3 ދުވަސް – އަޑެއް ބަޑެއް ނީވޭ!

14 ޑިސެމްބަރު 2017
އިންވެސްޓްމަންޓް ފޯރަމް ފެށެން 3 ދުވަސް – އަޑެއް ބަޑެއް ނީވޭ!
31 އޮކްޓޯބަރު 2017

އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ

31 އޮކްޓޯބަރު 2017
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ
23 ޖޫން 2017

ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ

23 ޖޫން 2017
ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ
14 މެއި 2017

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ރަޖިސްޓްރީކޮށް ބޯޑް އިއުލާނުކޮށްފި

14 މެއި 2017
ބިޒްނަސް ސެންޓާ ކޯޕަރޭޝަން ރަޖިސްޓްރީކޮށް ބޯޑް އިއުލާނުކޮށްފި
17 އެޕްރީލު 2017

އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި

17 އެޕްރީލު 2017
އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް