Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިންމަފުށީ ޖަލުގެ ހާލަތު

ހިންމަފުށީ ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށް އަންގައިފި

އެތަނަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއްނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 06:39
ގައިދީންތަކަކާއި ހޯމް މިނިސްޓަރު އިމްރާނާއި، ކަރެކްޝަންސްގެ ބައެއް އޮފިސަރުން ބައްދަލުކުރައްވަނީ

ގައިދީންތަކަކާއި ހޯމް މިނިސްޓަރު އިމްރާނާއި، ކަރެކްޝަންސްގެ ބައެއް އޮފިސަރުން ބައްދަލުކުރައްވަނީ

ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގައިފިއެވެ.

އެޗްއާރްސީއެމުން ބުނީ، ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރް.ސީ) އާއި ޔުނައިޓެޑް ނޭޝަންސް ސްޓެންޑަރޑް މިނިމަމް ރޫލްސް ފޮރ ދަ އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް (ދަ ބެއިޖިންގް ރޫލްސް) އާއި ސީ.އާރް.ސީކޮމިޓީގެ ޖެނެރަލް ކޮމެންޓް ނަންބަރު 24 ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ކުޑަކުދިންގެ ހައްގުތައްގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން އެކުދިންނަށް ލިބިދޭ ތަނެއް ނޫންކަމަށެވެ. އަދި ދަ ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަރޑް މިނިމަން ރޫލްސް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް) އަށް ރިއާޔަތްކުރާއިރު އެތަނަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއްނޫން ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

2020 ނޮވެމްބަރު 8ން 10ށް ހިންމަފުށީ ޖަލަށްކުރި ޒިޔާރަތުގައި އައްސޭރި ޖަލުގައި ބިނާކުރަމުންދާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ، 2021 ސެޕްޓެމްބަރު 16ވަނަ ދުވަހު ޖަލަށް ޒިޔާރަތް ކުރިއިރު ވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ.

އެހެންކަމުން 2021 އޮކްޓޫބަރު 14 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހިންމަފުށީ ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް އެޗްއާރްސީއެމުން ވަނީ އަންގާފައެވެ. އަދި އެކޮމިޝަނުން ވަނީ އެ ތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން ޖަލުގައި ގާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން މިމަހުގެ 14 ގައި ކަރެކްޝަންސް އަށް ގާނޫނީ އެންގުމެއް އަންގާފައެވެ.

މީގެ އިތުރުން ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ކަރެކްޝަންސްއިން ކަނޑައަޅާ ޕްލޭނެއް މިމަހުގެ 24 ގެ ކުރިން އެޗްއާރްސީއެމްއަށް ފޮނުވުމަށް ވެސް އެކޮމިޝަނުން އަންގާފައިވެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި

01 ފެބުރުއަރީ 2017
ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު