Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕަލާސްޓިކު ކޮތަޅާއި އޭގެ ހަގީގަތް

ޕްލާސްޓިކު ކޮތަޅު، ދުނިޔެ ސަލާމަތް ކުރުމަށްޓަކައި އެޅުނު ކަތި ފިޔަވަޅު!

20 އޮކްޓޯބަރު 2021 | ބުދަ 10:56

ޕަލާސްޓިކު ކޮތަޅު އުފެއްދުމުގެ ކުރިން ދުނިޔޭގައި ބޭނުންކުރީ ފޮތި ކޮތަޅާއި ކަރުދާސް ކޮތަޅު

އައިޝަތު ހިދާޔާ
އައިޝަތު ހިދާޔާ | 20 އޮކްޓޯބަރު 2021 | ބުދަ 10:56
ޕްލާސްޓިކު ކޮތަޅަކީ ދުނިޔޭގެ ތިމާވެއްޓަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ

ޕްލާސްޓިކު ކޮތަޅަކީ ދުނިޔޭގެ ތިމާވެއްޓަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ

ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއްމައްސަލައަކީ ތިމާވެށީގެ މައްސަލަތަކެވެ. ޕްލާސްޓިކުން މުޅި ދުނިޔެ ތަޣައްޔަރުވެފައި ވާއިރު ޕްލާސްޓިކު ކޮތަޅަކީ ދުނިޔޭގެ ހަތުރެކެވެ. ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުގައި ޕްލާސްޓިކު ކޮތަޅު ބޭނުންކުރުން މަނާކޮށްފައި ވާއިރު، ހުރިހާ ގައުމެއްގައި ވެސް ޕްލާސްޓިކު ނޫން ގޮތެއް އިިޚުތިޔާރުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެއެވެ. އެގޮތުން ފޮތި ކޮތަޅާއި ކަރުދާސް ކޮތަޅު ބޭނުންކުރުމަށް ގޮވާލާއިރު، މިއީ ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ގޮތްތޯ ހިތުގައި ސުވާލެއް ނުއުފެދޭހެއްޔެވެ؟ އަދި ދުނިޔޭގެ ނާޒުކު ތިމާވެއްޓަށް މިހާ ނުތައްކާތެރި އެއްޗެއް އުފެއްދުމުގެ ބޭނުމަކީ ކޮބައިބާވައޭ ހިތަކަށް ނާރާތޯއެވެ؟

ޕްލާސްޓިކު ކޮތަޅުގެ ހަގީގަތަކީ ބައެއް މީހުނަށް ވަރަށް އަޖައިބު ކުރުވަނިވި ވާހަކައަކަށް ވެދާނެއެވެ. ސަބަބަކީ ޕްލާސްޓިކު ކޮތަޅު އުފެއްދުމުގެ މަގުސަދާއި މިއަދު ފެންނަ މަންޒަރުތަކާއި ތަފާތުވުމުންނެވެ. ނަވާރަސަތޭކައިގެ ކުރީކޮޅު ދުނިޔޭގައި އެންމެންވެސް ބޭނުންކުރަމުން ގެންދިޔައީ ފޮތި ކޮތަޅާއި ކަރުދާސް ކޮތަޅެވެ. ކަރުދާސް ކޮތަޅަކީ އެ އުފެއްދުމަށްޓަކައި ގިނަ އަދަދެއްގެ ގަސް ބޭނުންވާ އެއްޗަކަށްވުމުން ކަރުދާސް ކޮތަޅަކީ ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ގޮތްކަމުގައި ނުވެދާނެއެވެ.

ޕްލާސްޓިކު ކޮތަޅު ނެތް ދުނިޔެއެއްގައި ދެން އޮތް ގޮތަކީ ފޮތި ކޮތަޅެވެ. ފޮތި ކޮތަޅު އުފެއްދުމަށްޓަކައި ބޭނުންވާ "ކޮޓަން" އަކީ ބުރަ މަސައްކަތުންނާއި ގިނަ ދުވަހުން ހެއްދޭ އެއްޗެކެވެ. އަދި ފޮތި އުފެއްދުމަށްޓަކައި ގިނަ އަދަދެއްގެ ފެން ބޭނުންވެއެވެ. މީގެ އިތުރުންވެސް އެންމެ ފޮތި ކޮތަޅެއް އުފެއްދުމަށްޓަކައިވެސް ޖައްވުގެ ތެރެއަށް ގާތްގަނޑަކަށް 272 ކިލޯގްރާމުގެ ކާބަންޑައިއޮކްސައިޑް ދޫކުރެއެވެ.

މިއާ ޚިލާފަށް ޕްލާސްޓިކު ކޮތަޅު އުފެއްދުމަކީ ބުރަ މަސައްކަތެއް ނޫނެވެ. ކުޑަ މަސައްކަތަކުން އުފައްދާ މިކޮތަޅަކީ ގެންގުޅެން ފަސޭހަ، ލުއި އަދި ގިނަދުވަހު ބޭނުންކުރެވިދާނެ އެއްޗެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކަރުދާސް ކޮތަޅެއް އެއްފަހަރަށްވުރެ ގިނައިން ބޭނުންކުރާނަމަ އެންމެ ރަނގަޅީ ތިން ފަހަރެވެ. އަދި ފޮތި ކޮތަޅެއް ސަތޭކަތިރީސްއެއް ފަހަރު ބޭނުންކުރެވޭއިރު، ފޮތި ކޮތަޅެއް ގިނަ ފަހަރަށް ބޭނުންކުރުމާއި ޕްލާސްޓިކު ކޮތަޅެއް ގިނަ ފަހަރަށް ބޭނުން ކުރުމުން ތިމާވެއްޓަށް ކުރާނީ އެއް އަސަރެއް ކަމަށް މާހިރުން ބުނެއެވެ.

އެހެންކަމުން 1959ވަނަ އަހަރު ސްވިޑަންގެ އިންޖީނިއަރެއް ކަމަށްވާ ސްޓެން ގަސްޓަފް ޓޫލިން ނަމަކަށް ކިޔާ މީހަކު ދުނިޔެއަށް އުފަންކުރި ޕްލާސްޓިކު ކޮތަޅަކީ، ކަރުދާސް ކޮތަޅު އުފެއްދުމަށްޓަކައި ގަސްތައް ކަނޑައިގެންނާއި ފޮތި ކޮތަޅު އުފެއްދުމަށްޓަކައި ޖައްވަށް ބޭރުކުރާ ވިހަ މާއްދާތަކުގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެދާނެ ނުރައްކަލަކުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ޕްލާސްޓިކު ކޮތަޅުގެ ހަގީގީ މަގުސަދަކީ ހަލާކު ވަންދެން ބޭނުން ކުރުން ނަމަވެސް މިއަދު ޕްލާސްޓިކު ކޮތަޅުގެ މަގުސަދަކަށްވެފައި ވަނީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލައިލުމެވެ. މިކަމުގެ ސަބަބުން މިއަދު ދުނިޔެ މިކަމުން އަރައިނުގަނެވޭވަރުގެ ފުން ވަޅުގަނޑަކަށް ވެއްޓިފައިވާއިރު، ބޭނުންކުރަން އެންމެ ރަނގަޅީ ކޮންކަހަލަ ކޮތަޅެއްތޯ ވިސްނާލަމާ ހިނގާށެވެ.

މާހިރުން ލަފާދޭގޮތުގައި އެންމެ ރަނގަޅު ގޮތަކީ އަތުގައި އޮތް ކޮތަޅެއް ހަލާކުވަންދެން ބޭނުންކުރުމެވެ. އެއީ ފޮތިކޮތަޅަކަސް، ކަރުދާސް ކޮތަޅަކަސް އަދި ޕްލާސްޓިކު ކޮތަޅަކަށްވި ނަމަވެސްމެއެވެ. އަދި އެ ހަލާކުވުމުން އެއްލައިލުމުގެ ބަދަލުގައި އޭގެން އިތުރު ބޭނުމެއް ކުރެވޭނަމަ ބުއްދިވެރި ގޮތަކީ އޭގެ ބޭނުން އެހެން ގޮތަކަށް ހިފުމެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް

06 މާރިޗު 2017
ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
19 ފެބުރުއަރީ 2017

ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

19 ފެބުރުއަރީ 2017
ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް