Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީރިއާ ހަނގުރާމައަށް ދިއުން

އޮޅިގެން ސީރިއާއަށް ދެވުނުކަމަށް ބުނި ފައިޒާންގެ މައްސަލައިގެ އަޑުއެހުން ކެންސަލް

20 އޮކްޓޯބަރު 2021 | ބުދަ 08:50

އޭނާއަކީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހެއްކަމަށް ތުހުމަތު ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޮކްޓޯބަރު 2021 | ބުދަ 08:50
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާ އުުފުލާފައިވާ ޙަސަން ފައިޒާން

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާ އުުފުލާފައިވާ ޙަސަން ފައިޒާން

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް ދިޔަ މައްސަލައިގައި މއ. މާރަނގަ ޙަސަން ފައިޒާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ބުދަ ދުވަހުގެ ހެނދުނު 09:30ށް ތާވަލުކުރި މި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދިފާޢީ ވަކީލުގެ އެދިލެއްވުމަކަށް ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

ޙަސަން ފައިޒާން ނޮވެމްބަރު 2017 ގައި ރާއްޖެއިން ފުރައިގެން ތުރުކީއަށްގޮސް، ތުރުކީގައި ޙަރަކާތްތެރިވަމުން ދަނިކޮށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރުން އޭނާ ހައްޔަރުކޮށް އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. ދައުލަތުން ވަނީ އޭނާއަކީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހެއްކަމަށް ތުހުމަތުކޮށްފައެވެ. އޭރު ފައިޒާން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ވެސް ކޮށްފައެވެ. ކޯޓުގައި ފައިޒަން ބުނެފައިވަނީ ތުރުކީއަށް ދިޔައީ ޓޫރިސްޓެއްގެ ގޮތުގައި ކަމަށާއި ސީރިޔާއަށް ދާން ގަސްދެއް ނުކުރާ ކަމަށެވެ. އަދި ތުރުކީ ސިފައިން އޭނާ އަތުލައިގެންފައިވަނީ އޮޅިގެން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދައުވާ އުފުލައި އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 17 ޖެނުއަރީ 2018 ގައެވެ. އެހެންނަމަވެސް ކޯޓުން އޭރު ވަނީ ފައިޒާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފައެވެ.

އެހެންނަމަވެސް، ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ހައިކޯޓުން 14 ފެބްރުއަރީ 2021 ގައި ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލުކޮށް، މި ދައުވާ އަލުން ކުރިއަށް ގެންދިއުމަށް ޙުކުމް ކޮށްފައެވެ. އެއާއެކު ކްރިމިނަލް ކޯޓުގައި އަނެއްކާވެސް މި މައްސަލަ މިވަނީ ކުރިއަށް ގެންދަން ފަށާފައެވެ.

އޭނާގެ މައްޗަށް ހުށަހެޅި ދައުވާތައް ސާބިތު ކުރުމުގެ ގޮތުން ދައުލަތުން ވަނީ ގިނަ ހެކިތަކެއްވެސް އޭރު ހުށައަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
26 އެޕްރީލު 2017

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
26 އެޕްރީލު 2017

ފައިސާ ގޯނި ބެހިކަމަށް ބުނި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި

26 އެޕްރީލު 2017
ފައިސާ ގޯނި ބެހިކަމަށް ބުނި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި
10 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް