Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތައް

ބަންގްލަދޭޝްގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކުގައި އެތައް ސަތޭކަބަޔަކު ހައްޔަރުކޮށްފި

19 އޮކްޓޯބަރު 2021 | އަންގާރަ 19:08

މިހަމަނުޖެހުންތަކުގައި މަދުވެގެން 6 މީހުން މަރުވެފައިވާއިރު 100ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޮކްޓޯބަރު 2021 | އަންގާރަ 19:08
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތައް

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތައް

ބަންގްލަދޭޝްގައި ދިރިއުޅޭ ހިންދޫ ބަޔަކު ހިންދޫ ދީނުގައި ފާހަގަކުރާ ފެސްޓިވަލެއްގައި ކީރިތި ޤުރުއާންގެ ހުރުމަތްކެނޑޭގޮތަށް އަމަލުކުރުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ބަންގްލަދޭޝްގެ އިރުމަތީ ޑިސްޓްރިކްޓެއްކަމުގައިވާ ކަމިލާގައި ހިންދޫ ދީނުގައި ފާހަގަކުރަމުން އަންނަ ދުރުގާ ޕޫޖާ ފެސްޓިވަލްގެ ތެރެއިން އެމީހުން އަޅުކަންކުރަމުން އަންނަ ކަލާނގެއެއްގެ ފައިދަށަށް ކީރިތި ޤުރުއާން ލުމަށްފަހު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި އަންނަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. މިކަމާގުޅިގެން ބަންގްލަދޭޝްގެ މުސްލިމުން ރުޅި އައިސްގެން ނިކުމެ ހިންދޫން އަޅުކަންކުރާ ފައްޅިތައް ހަލާކުކޮށް ހިންދޫންނަށް އަންނަނީ ހަމަލާދެމުންނެވެ. މިހަމަނުޖެހުންތަކުގައި ހިންދޫ ދީނުގެ ދެމީހަކު ވަނީ މަރާލާފައެވެ. މިކަމާގުޅިގެން މަދުވެގެން 300 މީހުން ހައްޔަރުކޮށްފައިވާކަމަށް ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ.

ފާއިތުވި ހަފްތާގެ ފަހުކޮޅުން ފެށިގެން ބަންގްލަދޭޝްގައި ހިނގަމުންމިދާ ހަމަނުޖެހުންތަކުގައި ފާއިތުވި ދުވަސްތަކުގައި ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި, ހިންދޫ ދީނަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށް އަންނަނީ ހަމަލާތައްދެމުންނެވެ. މިހަމަނުޖެހުންތަކުގައި މަދުވެގެން 6 މީހުން މަރުވެފައިވާއިރު 100ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނާގޮތުގައި ދެކުނު އިރުމަތީގެ ޓައުނެއް ކަމުގައިވާ ބޭގުމްގާންޖީގައި ފައްޅި ކޮމިޓީގެ އެގްޒެކެޓިވް މެމްބަރުންނަށް ވަނީ 200ށްވުރެ ގިނަ މީހުން ހަމަލާދީފައެވެ.

އޭއެފްޕީ ނިއުސްއިން ބުނާގޮތުގައި ހޮނިހިރު ދުވަހު ވަނީ ފައްޅި ކައިރީގައިވާ ކޯރަކުން ހިންދޫއެއްގެ ހަށިގަނޑު ފެނިފައެވެ. މިމީހުން މަރާލި މީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެޑިސްޓްރިކްޓްގެ ޕޮލިސް ޗީފް ޝާހިދުލް އިސްލާމް ވަނީ ބުނެފައެވެ.

ބުދަ ދުވަހު ވަނީ ހަމަނުޖެހުންތަކުގައި ހަތަރު މީހުން މަރުވެފައެވެ. މިމީހުން މަރުވެފައިވަނީ ހިންދޫ ފައްޅިއަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް މަސައްކަތްކުރަމުންދިޔަ 5000އެއްހާ މީހުންނަށް އަމާޒުކޮށް ފުލުހުން ބަޑިޖެހުމުންނެވެ. މިހަމަނުޖެހުންތައް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައިވެސް އަންނަނީ ކުރިޔަށެވެ. ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ފުލުހުން އަންނަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ޖަހަމުންނެވެ. މީގެއިތުރުން އިންޓަރނެޓްގެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ.

ކީރިތި ޤުރުއާންގެ ހުރުމަތް ކަނޑާލާއި އިސްލާމްދީނަށް ފުރައްސާރަކުރި މީހުންނަށް ހައްޔަރުކޮށް އެމީހުންނަށް އަދަބު ދިނުމަށް އިސްލާމީ ޖަމާއަތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ބަންގްލަދޭޝްގެ އާބާދީގެ 165 މިލިއަން މީހުންގެ ތެރެއިން ހިންދޫ ދީނަށް އުޅެމުން އަންނަނީ 10 އިންސައްތަ މީހުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް