Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯމް މިނިސްޓްރީގެ ދަށުން ޕޮލިސް ވަކިކުރުން

ކަންކަން ރަނގަޅުކުރަން އުޅޭއިރު ލައްކަ ގިނަ ކަންތަކާ ދިމާވާނެ – ޢިމްރާން

ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2021 | އަންގާރަ 14:18
ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ (ކ) އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު (ވ)

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ (ކ) އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު (ވ)

ކަންކަން ރަނގަޅުކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

27 މާޗް 2021ން ފެށިގެން, ދިވެހި ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގެ ޒިންމާގެ ދަށުން ވަކިކޮށްފައިވާކަމަށް, 14 އޮކްޓޯބަރުގައި ހޯމް މިނިސްޓަރަށް ފޮނުވި ސިޓީއާ ގުޅިގެން އިމްރާން ވިދާޅުވީ, ކަންކަން ރަނގަޅުކުރަން އުޅޭ އިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ ޠަބީޢީ ކަމެއް ކަމަށެވެ. އަދި ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް ކަމަށެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ; 34/2020 ދިވެހި ފުލުހުންގެ ޚިދުމަތް ކަމުގައި ގާނޫނުގައި ބަޔާން ކުރާތީއާއި، 34/2020ގައި ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއްކަމުގައި ކަނޑައަޅާފައި ނުވާތީ, މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް ހިނގަމުންދާގޮތަށް ހަމަޖައްސާފައިވާ އޮތް އޮތުން, 27 މާޗް 2021 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން 27 މާޗް 2021ން ފެށިގެން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތް, ލިޔުމުން ފޮނުވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުން ހިންގަވަމުން ގެންދެވުމަށް ދަންނަވަން ރައީސް ވިދާޅުވިކަމަށް މި ސިޓީގައި ވިދާޅުވެފައިވެއެވެ.

34/2020 ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބުނާ ގޮތުން، ފުލުހުންގެ މުއައްސަސާގެ ކަންކަން ބަލަހައްޓަން ވަކި މިނިސްޓްރީއެއް ހަމަޖައްސާފައެއްނެތެވެ. އޭގެ ބަދަލުގައި މިނިސްޓަރެއް ހުންނަވާނެކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 12 ވަނަ ބާބު (ވަޒީރުގެ ދައުރު)ގެ 68 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ; މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރެވެ. ފުލުހުންގެ ޚިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވަޒީރެވެ. ނަމަވެސް ވަކި ވަޒީރެއް ނުވަތަ ވުޒާރާއެއްގެ ނަމެއް ގާނޫނުގައި ނެތެވެ.

މި މާއްދާގެ ށ ގައި ބުނެފައިވަނީ މި މާއްދާގެ ހ ގެ ބޭނުމަށްޓަކައި، ވަޒީރު އެ ޒިންމާ އުފުލާނީ، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން ކަނޑައަޅާ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓާއި އެކިއެކި އާންމު ސިޔާސަތުތަކާއި، ދޭ އާންމު އިރުޝާދުތަކާއި، ކަނޑައަޅާ މިންގަނޑުތަކާއި، އެކަށައަޅާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅަންވާނީ އިތުބާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ދިނުމަށާއި، ފުލުހުންގެ ވާޖިބުތައް ތަންފީޒުކުރެވޭނެ މާހައުލެއް ކަށަވަރުކޮށްދިނުމަށާއި، ވަސީލަތް ކަށަވަރުކޮށްދިނުމަށާއި، އަދި ފުލުހުން އަދާކުރާ ވަޒީފާ ޕްރޮފެޝަނަލްކަމާއެކު އަދާކުރަމުންދާ މިންގަނޑު ބަލައި ދެނެގަނެވޭނެ އުސޫލުތައް ތަޢާރުފުކޮށް، އެ އުސޫލުތައް ތަންފީޒުކުރުމަށެވެ. "ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫގައި ވަޒީރު ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.

ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު